ހުޅުދެލީ އަލިފުޅު ޢީދު އުފާ މަސްރޭހުގެ ދެވަނަ އެސްއެސްޓީވީ ޓީމަށް

ހުޅުދެލި ޢީދު އުފާ މަސް ރޭސް 1447 އިން ދެވަނަ ހޯދި އެސްއެސްޓީވީ ޓީމް.....

އަޟްޙާ ޢީދުގެ މުނާސަބަތުގައި ދ. ހުޅުދެލީގައި ކުރިއަށް ގެންދިޔަ ފޯރިގަދަ މަސްރޭސް، "ހުޅުދެލީ އަލިފުޅު ޢީދު އުފާ 1447 މަސްރޭސް" ގެ ދެވަނަ މަގާމު ސަން ސިޔާމް މީޑިއާގެ އެސްއެސްޓީވީ ޓީމުން ހޯދައިފިއެވެ.

ހުޅުދެލި ޢީދު އުފާ މަސްރޭހުގެ ތެރެއިން ---

މިއީ އެ ރަށުގެ ޢީދު ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު އެންމެ ފޯރިގަދަ އެއް ހަރަކާތެވެ.

މިފަހަރުގެ ޢީދުގައި ހުޅުދެލީގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، މަސްރޭހަކީ ރަށުގެ ރައްޔިތުންނާއި ޒިޔާރަތްކުރި ފަރާތްތަކުގެ ބޮޑު ތަރުހީބެއް ލިބުނު ހަރަކާތެކެވެ.

ހުޅުދެލީ ޢީދު އުފާ މަސް ރޭހުގެ ތާވަލް ---

މި މަސްރޭހުގައި ޖުމުލަ އަށް ޓީމަކުން ވާދަކޮށްފައިވެއެވެ. އޭގެ ތެރޭގައި ނައިސް ފެމިލީ، ޓީމް ބޮޑުމަސް، ޓީމް އެވަރގުޑް، އެސްއެސް ޓީވީ ޓީމް، ވައި ނޮޓް، ކަވާކީ، ޗަން ޗިން ޗޮން ޓީމް އަދި ޓީމް ކުންތުމް ތާސް ހިމެނެއެވެ.

މުބާރާތުގެ ވަނަތައް ހޮވާފައިވަނީ ބޭނި މަހުގެ ޖުމުލަ ބަރުދަނަށާއި، އެންމެ ބަރު މަހަށް ބަލައިގެންނެވެ. އެގޮތުން އެސްއެސްޓީވީ ޓީމުން ވަނީ ވާދަވެރި މަސްވެރިކަމަކަށްފަހު މުބާރާތުގެ ދެވަނަ ކަށަވަރުކޮށްފައެވެ.

މަސްރޭހުން ތިން ވަނަ ހޯދި އެސްއެސްޓީވީ ޓީމް ---

އެސްއެސްޓީވީ ޓީމުން ދެވަނަ ހޯދީ ކިލޯގެ ގޮތުން އެންމެ ގިނަ މަސް ބާނައިގެެންނެވެ. އެއީ ޖުމުލަ 20.10 ކިލޯ އެވެ.

މުބާރާތުގެ އެއްވަނަ ހޯދީ ނައިސް ފެމިލީ ޓީމުންނެެވެ. އެޓީމުން އެއްވަނަ ހޯދީ ކިލޯގެ ގޮތުން އެންމެ ބަރު މަސް ބާނައިގެންނެވެ. އެއީ 13.75 ކިލޯގެ މަހެއް ބާނައިގެންނެވެ.

އެނެމް ބަރުމަސް ބޭނި ޓީމް ---

ކިލޯގެ ގޮތުން އެންމެ ގިނަ މަސް ބާނައިގެން މަސް ރޭހުގެ ތިންވަނަ ހޯދީ ކަވާކީ ޓީމުންނެވެ. އެއީ 18.50 ކިލޯއެވެ.

މަސް ރޭހުން ތިން ވަނަ ހޯދި ޓީމް ---

މުބާރާތުގައި ބައިވެރިވި އެހެން ޓީމުތަކުންވެސް ވަނީ ބޮޑެތި މަސްތަކެއް ބާނައި، ރޭހުގެ ފޯރި ގަދަކޮށްފައެވެ.

ހުޅުދެލީގައި ކުރިއަށްދިޔަ މި މަސްރޭހަކީ އެ ރަށުގެ ޢީދު އުފާ ފާހަގަކުރުމަށް ބޭއްވުނު މުހިންމު ހަރަކާތެކެވެ. މި ހަރަކާތުގެ ސަބަބުން ރަށުގެ އިޖުތިމާއީ ގުޅުން ބަދަހިވެ، ޢީދުގެ ފޯރި އިތުރުވެގެން ދިޔަކަން ފާހަގަކުރެވެއެވެ.

ދާލު ހުޅުދެލީގައި އަޟްޙާ ޢީދުގެ މުނާސަބަތުގައި ބޭއްވި "ހުޅުދެލީ އަލިފުޅު ޢީދު އުފާ" މަސްރޭހަކީ ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހިކޮށްދިން ވަރަށް ފޯރިގަދަ ޙަރަކާތެކެވެ. މިއީ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރި ގިނަ ބައެއްގެ ބޮޑު ތަރުޙީބެއް ލިބިގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ ވަނަތައް ހޮވާފައިވަނީ ޓީމުތަކުން ބޭނި މަހުގެ ޖުމުލަ ބަރުދަނަށާއި، އެންމެ ބަރު މަހަށް ބަލައިގެންނެވެ.

  • މުބާރާތުގައި ޖުމުލަ 8 ޓީމަކުން ވަނީ ވާދަކޮށްފައެވެ.
  • އެންމެ ބަރު މަސް ބާނައިގެން މުބާރާތުގެ އެއްވަނަ މަޤާމު ހޯދީ ނައިސް ފެމިލީ ޓީމުންނެވެ. އެ ޓީމުން ވަނީ 13.75 ކިލޯގެ މަހެއް ބާނާފައެވެ.
  • ޖުމުލަ ބަރުދަނަށް ބަލައިގެން ދެވަނަ މަޤާމު އެސްއެސްޓީވީ ޓީމުން ހޯދިއިރު، އެ ޓީމުން ވަނީ ޖުމުލަ 20.10 ކިލޯގެ މަސް ބާނާފައެވެ.
  • 18.50 ކިލޯގެ މަސް ބާނައިގެން މުބާރާތުގެ ތިންވަނަ މަޤާމު ހޯދީ ކަވާކީ ޓީމުންނެވެ.
  • އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށްޓަކައި ޢީދު ފަދަ މުނާސަބަތުތަކުގައި މުޖުތަމަޢު ޝާމިލުވާ މިފަދަ ޙަރަކާތްތައް ރާވައި ހިންގުން.
  • މަސްވެރިކަމުގެ ޘަޤާފަތް ދިރުވައި އާލާކުރުމަށްޓަކައި ރަށްރަށުގައި ވާދަވެރި މުބާރާތްތައް އިންތިޒާމުކުރުން.
  • މީޑިއާތަކާއި އެކިއެކި މުއައްސަސާތަކުން ރަށްރަށުގެ އިޖުތިމާޢީ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، މުޖުތަމަޢުއާ އޮންނަ ގުޅުން ހަރުދަނާކުރުން.
comment ކޮމެންޓް