ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް ޑުރަގު އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

ޑްރޯނެއް ބޭނުންކޮށްގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި -- ފޮޓޯ/ ފުލުހުން

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ އެ ތަކެތި އަތުލައިގަތީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 12:45 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަން ހިންގާފައިވަނީ މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 395.92 ގުރާމް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި ޑްރޯން ބޭނުންކޮށްގެން ޑުރަގު އެތެރެކުރަން އުޅުނު ގޮތުގެ އިތުރު ތަފުސީލެއް ފުލުހުން ހާމަނުކުރެއެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޖަލަށް މަނާ ތަކެތި ވެއްދުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ޚާއްސަކޮށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ވައްދާ މައްސަލަ ބޮޑެވެ.

އެ މައްސަލައަށް ހައްލެއް ހޯދަން ފެބްރުއަރީ 28 ގައި ވަނީ އެ ޖަލުގައި ޒަމާނީ ބޮޑީ ސްކޭނިން މެޝިނެއް ވަނީ ބަހައްޓައިފައެވެ.

މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. މި ހާދިސާ ހިނގާފައިވަނީ ފާއިތުވި އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި އޮޕަރޭޝަނުގައި ތިންސަތޭކަ ނުވަދިހަ ފަސް ގުރާމަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާއިރު، މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށެވެ. ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް އަންނަނީ ބޭނުންކުރަމުންނެވެ.

  • މާފުށީ ޖަލަށް ޑްރޯނެއް މެދުވެރިކޮށް މަސްތުވާތަކެތި ވައްދަން އުޅުނު އަމަލު ކާމިޔާބުކަމާއެކު ހުއްޓުވުން.
  • ފަސް ރަބަރު ޕެކެޓުގައި ހުރި 395.92 ގުރާމުގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން.
  • މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވުން.
  • ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށްޓަކައި ޒަމާނީ ބޮޑީ ސްކޭނިންގ މެޝިނެއް ބަހައްޓާފައިވުން.
  • ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ ޒަމާނީ އުކުޅުތަކަށް ސަމާލުވެ، ސެކިއުރިޓީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުން.
  • މުއައްސަސާތައް ގުޅިގެން ހިންގާ އޮޕަރޭޝަންތައް ފުޅާކޮށް، މަނާ ތަކެތި އެތެރެކުރުން ހުއްޓުވުން.
  • މައްސަލައިގައި ޝާމިލުވާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުން.
comment ކޮމެންޓް