ވަރުން ކަހަލަ ފިރިހެން ކުއްޖަކު ކޮންމެ ބައްޕައަކަށް ހައްގު: ޑޭވިޑް

ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން ބައްޕަ ޑޭވިޑް ދަވަންއާ އެކު--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން ފަދަ ފިރިހެން ކުއްޖަކު ކޮންމެ ބައްޕައަކަށް ވެސް ލިބުން ހައްގު ކަމަށް ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ބުނެފިއެވެ.

ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ ޓްރެއިލާ ރިލީޒްކުރުމަށް އިއްޔެ ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން އެ ފިލްމުގެ ޑައިރެކްޓަރު އަދި ވަރުންގެ ބައްޕަ ޑޭވިޑް ބުނީ، އެކްޓަރެއްގެ ހައިސިއްޔަތުން ވަރުންގެ ޕާފޮމެންސަށް ކުރިއެރުން އައިސްފައިވާ ކަމަށެވެ.

ވަރުންއާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަ ދެއްކި ވަގުތު ޑޭވިޑްއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ޑޭވިޑް ވަނީ އޭނާގެ ބަލިހާލަތު ގޯސްވި ދުވަސްވަރު ވަރުން ދިން އަޅާލުމާއި އެހީތެރިކަމަށްޓަކައި ދަރިއެއްގެ ގޮތުން އެކްޓަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ޕީޓީއައި ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދަރިފުޅާ ބެހޭގޮތުން ވާހަކަދައްކަމުން ޑޭވިޑްގެ ލޮލުން ކަރުނަ ހިލުނެވެ. ޑޭވިޑް ބުނީ ވަރުންގެ ބައްޕަގެ ގޮތުގައި ގިނަ ބަޔަކަށް އޭނާ އެނގުމަކީ އެކަމާ ފަޚުރުވެރިވާ ކަމެއް ކަމަށާއި، ވަރުން ކަހަލަ ދަރިއަކުން ކޮންމެ ބައްޕައެއްގެ ދިރިއުޅުމުގައި ވެސް ހުރުން މުހިއްމު ކަމަށެވެ.

ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ ޓްރެއިލާ ރިލީޒްކުރުމަށް ބޭއްވި ހަފްލާގައި އެ ފިލްމުގެ ލީޑް ތަރިން އަދި ފިލްމުގެ ޕްރޮޑަކްޝަން ޓީމް--ފޮޓޯ/އެންޑީޓީވީ

"އަހަރެން ހޮސްޕިޓަލުގައި އޮތްއިރު، އޭނާ ނިދީ ވެސް އަހަރެންގެ ގާތުގައި އެތަނުގައި. އެހެންވީމާ، މިއަށްވުރެ ބޮޑަށް ދެން ބޭނުންވާނީ ކޮން އެއްޗެއް؟ އެކްޓަރެއްގެ ގޮތުން އޭނާ އަންނަނީ ކުރިއަރަމުން، އޭނާ މިހާރު އެވަނީ ބޭނުންވާ ފެންވަރަށް ތަރައްގީވެފައި. އެކަމަކު ބައްޕައެއްގެ ހައިސިއްޔަތުން އަހަރެން ބުނާނީ، ކޮންމެ މީހަކަށްވެސް އެކަހަލަ ދަރިއަކު ލިބެންޖެހޭނޭ" ޑޭވިޑް ބުނެފައިވެއެވެ.

ދެހާސްބާވީސް ވަނަ އަހަރު ޑޭވިޑްގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނީ، އޭނާއަކީ ދިގުމުއްދަތަކަށް ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހަކަށްވުމުންނެވެ.

ޑޭވިޑްއާ އެކު ވަރުން މަސައްކަތްކުރާ ހަތަރު ވަނަ ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން ވަނީ އޭނާގެ ދަރިފުޅު އަދި ކާމިޔާބު އެކްޓަރު ވަރުން ދަވަން ފަދަ ދަރިއަކު ކޮންމެ ބައްޕައެއްގެ ދިރިއުޅުމުގައިވެސް ހުރުން މުހިންމުކަމަށް ބުނެފައެވެ. އާ ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ގެ ޓްރެއިލާ އާންމުކުރުމަށް ބޭއްވި ހަފުލާގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޑޭވިޑް ވަނީ ވަރުންގެ އެކްޓިންގ ހުނަރަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކޮށްފައެވެ. މީގެ އިތުރުން، 2022 ވަނަ އަހަރު ހަކުރު ބަލީގެ ސަބަބުން ޑޭވިޑްގެ ސިއްހީ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާދިން ދުވަސްވަރު ވަރުން ބެހެއްޓި ގާތްކަމާއި ދިން އަޅާލުމުގެ މަތިން ހަނދާންކޮށް ޑޭވިޑް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ޑޭވިޑް ހާމަކުރިގޮތުގައި ވަރުންގެ ބައްޕަގެ ގޮތުގައި މީހުންނަށް އޭނާ އެނގުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ. މިއީ މި ދެބަފައިން އެކުގައި މަސައްކަތްކުރާ ހަތަރުވަނަ ފިލްމުކަމަށްވާއިރު، މި ފިލްމު އަންނަ މަހުގެ ފަސްވަނަ ދުވަހު ސިނަމާތަކަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

  • ޑޭވިޑް ދަވަން ވަނީ އޭނާގެ ދަރިފުޅު ވަރުން ދަވަންގެ ފަރާތުން ލިބުނު އަޅާލުމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
  • "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ފިލްމުގެ ޓްރެއިލާ ނެރުމުގެ ހަފުލާގައި ޑޭވިޑް ވަނީ ވަރުންގެ އެކްޓިންގ ހުނަރު ކުރިއަރާފައިވާކަން ފާހަގަކޮށްފައެވެ.
  • 2022 ވަނަ އަހަރު ޑޭވިޑް ހޮސްޕިޓަލުގައި އެޑްމިޓްކުރި ދުވަސްވަރު ވަރުން ވަނީ ބައްޕަ ގާތުގައި ހޮސްޕިޓަލުގައި ވަގުތު ހޭދަކޮށްފައެވެ.
  • ވަރުންގެ ބައްޕަގެ ގޮތުގައި މީހުންނަށް އެނގުމަކީ ޑޭވިޑްއަށް ލިބޭ ފަޚުރެކެވެ.
  • މި ދެބަފައިންގެ އާ ފިލްމު އަންނަ މަހުގެ ފަސްވަނަ ދުވަހު ސިނަމާތަކަށް ނެރޭނެއެވެ.
comment ކޮމެންޓް