ހިމަބިހި ކޭސްތަކުގެ އަދަދު 7 އަށް: އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން އެދިއްޖެ

ވެކްސިން ޖެހުން: ހިމަބިހި ކޭސްތަކުގެ އަދަދު ހައަކަށް އަރައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭން ހިމަބިހީގެ ކޭސްތައް ފެންނަމުން އަންނައިރު، އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ހިމަބިއްސަކީ ކުރިން ރާއްޖޭން ނައްތާލާފައިވާ ބައްޔެކެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ޖުމުލަ ހަތް ކޭހެއް ރާއްޖޭން ވަނީ ފެނިފައެވެ. އެ ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ފާހަގަވެފައެވެ.

https://sun.mv/222276

އެ ކަމާ ގުޅިގެން މިއަދު އެޗްޕީއޭއިން ކުރި ޕޯސްޓެއްގައި ވަނީ ހިމަބިހީގެ މުހިންމު މައުލޫމާތުތަކެއް ކިޔައިދީފައެވެ. މިގޮތުން، އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ގައިގައި ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުން ހިމެނެއެވެ.

އެޗްޕީއޭއިން ވަނީ އޭގެ ތެރެއިން އާލާމަތެއް ފެނިއްޖެނަމަ، އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެދިފައެވެ.

މީގެ އިތުރުން، ރަތް ބިހިތައް ފެނުމުގެ ހަތަރު ދުވަސްކުރިންނާއި ފަހުން ވެސް ހިމިބިހި ފެތުރުމުގެ ފުރުސަތު އޮންނަކަން އެޗްޕީއޭއިން ފާހަގަކުރިއެވެ.

މި ބަލި ޖެހެނީ، ހިމިބަހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު، ނޭވާލާ ނިޒާމުގެ ތެރެއިން ކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ. އެހެންވެ، އެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފްކޮށްފައިވަނީ 1983 ވަނަ އަހަރެވެ. އެއަށް ފަހު 2017ވަނަ އަހަރު ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖެއިން ފެނިފައިވެއެވެ.

ދިވެހިރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ، އާންމު ސިއްހަތަށް ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން ވަނީ މުހިންމު އިރުޝާދުތަކެއް އާންމުކޮށްފައެވެ. މިހާތަނަށް މި ބަލީގެ 7 މީހަކު ފެނިފައިވާއިރު، އެ މީހުންނާ ގުޅުންހުރި 74 އަށްވުރެ ގިނަ މީހުން ވަނީ ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައެވެ. މިއީ އާންމުން ސަމާލުކަންދޭންޖެހޭ ސީރިއަސް މައްސަލައެއްކަމުގައި ވަނީ ފާހަގަކޮށްފައެވެ. މި ބައްޔަކީ ނޭވާލާ ނިޒާމުގެ ތެރެއިން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅި ނަމަވެސް، އަލުން މި ބަލި ފެންނަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައެވެ.

  • ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ލޯ ރަތްވުން އަދި ގައިގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
  • ހަށިގަނޑުގައި ރަތް ބިހިތައް ނެގުމުގެ 4 ދުވަސް ކުރިންނާއި، ބިހިތައް ނަގާތާ 4 ދުވަސް ފަހުންވެސް އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ.
  • ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު، ނޭވާލާ ނިޒާމުގެ ޖަރާސީމު މެދުވެރިކޮށް އެހެން މީހުންގެ ގަޔަށް ބަލި އަރައެވެ.
  • މިއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
  • ރާއްޖެއިން ހިމަބިހީގެ 7 ކޭހެއް ފެނި، 74 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ވަނީ ދެނެގަނެވިފައެވެ.
  • ހުން އައުމާއި ރަތް ބިހި ނެގުން ފަދަ އަލާމާތްތަކަށް ހޭލުންތެރިވެ، އަވަހަށް ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
  • 1983 ގައި ވެކްސިން ތައާރަފްކޮށް ބަލި ނައްތާލެވިފައިވީ ނަމަވެސް، އަލުން ކޭސްތައް ފެންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމެވެ.
comment ކޮމެންޓް