'ދްރިޝްޔަމް 3'އަށް ފުރަތަމަ ދުވަހު ވެސް ބޮޑު އާމްދަނީއެއް

މަޅަޔާލަމް ފިލްމު "ދްރިޝްޔަމް 3"ގެ މަންޒަރެއްގައި އެ ފިލްމުގެ ލީޑް އެކްޓަރު މޯހަންލާލް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ދެކުނު އިންޑިއާގެ ކުޅަދާނަ އެކްޓަރު މޯހަންލާލްގެ ކްރައިމް ތުރިލާ 'ދްރިޝްޔަމް 3'އަށް ފުރަތަމަ ދުވަހު ދުނިޔޭގެ ބާޒާރުން 40 ކްރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެއެވެ.

މޯހަންލާލް ލީޑް ރޯލުން ކުޅެފައިވާ މަލަޔާޅަމް ކްރައިމް ތުރިލާ 'ދްރިޝްޔަމް 3' ސިނަމާތަކަށް އައި ފުރަތަމަ ދުވަހު މިހާ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމު ދައްކައިގެންނެވެ. މި ފިލްމު ރިލީޒްކުރުމުގެ ކުރިން ވެސް އެޑްވާންސްކޮށް ޓިކެޓް ވިއްކައިގެން ފިލްމަށް 35 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ހޯދިފައެވެ.

ފިލްމީ ތަފާސްހިސާބުތައް ބަލާ 'ސެކްނިލްކް'އިން ހާމަކޮށްފައިވާ ގޮތުގައި، އިންޑިއާއިން އެކަނި ވެސް ފުރަތަމަ ދުވަހު 18.37 ކްރޯޑް ރުޕީސް ލިބިފައިވާއިރު، ފުރަތަމަ ދުވަހު ސިނަމާތަކުގެ 51.3 އިންސައްތަ ގޮނޑި ވެސް ވަނީ ފުރިފައެވެ.

މަޅަޔާލަމް ފިލްމު "ދްރިޝްޔަމް 3"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު މި ފްރެންޗައިސްގެ ތިންވަނަ ފިލްމުގައި ދައްކުވައިދަނީ ކުރީގެ ހާދިސާތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނަފްސާނީ ބުރައާއި، ފުލުހުންގެ ކިބައިން އާއިލާ ސަލާމަތްކުރުމަށް ޖޯޖްކުޓީ (މޯހަންލާލް) ކުރާ ވަރުގަދަ މަސައްކަތްތަކެވެ.

މި ފިލްމުގައި މޯހަންލާލްގެ އިތުރުން މީނާ، އަންސިބާ ހަސަން އަދި އެސްތާ އަނިލްގެ އިތުރުން ސިއްދީގު، އާޝާ ޝަރަތު އަދި މުރާލީ ގޯޕީ ވެސް މުހިންމު ރޯލުތައް ކުޅެފައިވެއެވެ.

މި ފިލްމަށް ލިބުނު ކާމިޔާބީއާ ގުޅިގެން މި ފްރެންޗައިސްގެ ދަށުން އުފެއްދި ބޮލީވުޑް ފިލްމުތަކަކީ ވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ފިލްމުތަކެކެވެ. މަޅަޔާލަމް ފިލްމަށް ފަހު ބެލުންތެރިން މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރަނީ ވެސް އަޖޭ ދޭވްގަން، ތައްބޫ އަދި ޖައިދީޕް އަހްލަވާތު މުހިއްމު ރޯލް ކުޅޭ ހިންދީ ރިމޭކަށެވެ.

ދާދި ފަހުން ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ހިންދީ ރިމޭކްގައި ގެނެސްދޭ ވާހަކައަކީ މުޅިން ތަފާތު ވާހަކައެކެވެ. އެހެންކަމުން "ދްރިޝްޔަމް 3"ގެ މުޅީން ތަފާތު ވާހަކައެއް އަނެއްކާ ވެސް ސްކްރީނުން ބަލާލުމަށް ބެލުންތެރިން ތިބީ ކެތްމަދުވެފައެވެ. ހިންދީ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހެވެ.

މޯހަންލާލް ލީޑް ރޯލް ކުޅެފައިވާ މަގުބޫލު މަލަޔާޅަމް ކްރައިމް ތުރިލާ 'ދްރިޝްޔަމް 3' ސިނަމާތަކަށް ނެރުނު ފުރަތަމަ ދުވަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 40 ކްރޯޑަށް ވުރެ ގިނަ ރުޕީސްގެ އާމްދަނީއެއް ވަނީ ހޯދާފައެވެ. މިއީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ފިލްމެކެވެ. ފިލްމު ރިލީޒްކުރުމުގެ ކުރިން އެޑްވާންސްކޮށް ޓިކެޓް ވިއްކައިގެން ވެސް 35 ކްރޯޑު ރުޕީސް ލިބިފައިވެއެވެ. މި ފްރެންޗައިސްގެ ތިންވަނަ ބައިން ފެނިގެންދަނީ ކުރީގެ ހާދިސާތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނަފްސާނީ ބުރައާއި، ފުލުހުންގެ ކިބައިން އާއިލާ ސަލާމަތްކުރުމަށް ޖޯޖްކުޓީ ކުރާ ވަރުގަދަ މަސައްކަތެވެ. ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން، ބެލުންތެރިން މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރަމުންދަނީ ތަފާތު ވާހަކައަކާއެކު އޮކްޓޫބަރު 2 ގައި ނެރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ހިންދީ ރިމޭކަށެވެ.

  • ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު ދުނިޔޭގެ ބާޒާރުން 40 ކްރޯޑަށް ވުރެ ގިނަ ރުޕީސް ލިބިފައިވެއެވެ.
  • އެޑްވާންސް ބުކިންގް މެދުވެރިކޮށް ޓިކެޓް ވިއްކައިގެން 35 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބުނެވެ.
  • އިންޑިއާގެ ސިނަމާތަކުގައި ފުރަތަމަ ދުވަހު 18.37 ކްރޯޑް ރުޕީސް ހޯދައި، 51.3 އިންސައްތަ ގޮނޑި ފުރިފައިވެއެވެ.
  • މޯހަންލާލްގެ އިތުރުން، ފިލްމުގައި މީނާ، އަންސިބާ ހަސަން، އެސްތާ އަނިލް، އަދި ސިއްދީގު މުހިންމު ރޯލުތައް ކުޅެފައިވެއެވެ.
  • މި ފިލްމުގެ ހިންދީ ރިމޭކް ތަފާތު ވާހަކައަކާއެކު މި އަހަރުގެ އޮކްޓޫބަރު 2 ގައި ނެރުމަށް ވަނީ ނިންމާފައެވެ.
comment ކޮމެންޓް