ގަދަ ނުވާ ވަރަށް ބަލިވުމުން ޕެންޝަން ފައިސާ ނެގޭ ގޮތަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

ކަސްރަތުކުރަން ނުކުމެ އުޅުނު ދޮށީ އުމުރުގެ މީހެއް: ގަދަ ނުވާ ވަރަށް ބަލިވުމުން ޕެންޝަން ފައިސާ ނެގޭ ގޮތަށް ގެނައި އިސްލާހު ވަނީ ތަސްދީގުކޮށްފަ--

ބަލީގެ ހާލަތު ހުރި ގޮތުން އަހަރަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެކަމުގެ އުއްމީދެއް ނެތް މީހުންނަށް، އެ މީހުންގެ ޕެންޝަން އެކައުންޓުގައި ހުރި ފައިސާ އެއް ފަހަރާ ނެގޭ ގޮތަށް ޕެންޝަންގެ ގާނޫނަށް ގެނައި އިސްލާހު, ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، 2026 މޭ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

އަސާސީ ޕެންޝަނުގެ އުސޫލުތައް މުރާޖާކޮށް، ޕެންޝަން ފަންޑުގައިވާ ފައިސާ ބޭނުންކުރެވޭނެ ހާލަތްތަކާއި، ޕެންޝަން އޮފީހާއި ޕެންޝަންގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ އުސޫލުތައް ޕެންޝަނާބެހޭ ޤާނޫނަށް ހަވަނަ އިޞްލާޙު ގެނައުމުގެ ބިލުން ތައާރަފުކުރެވިފައިވެއެވެ.

https://sun.mv/221976

ބިލަށް ގެނެސްފައިވާ އިސްލާހުތަކަށް ބަލާލާއިރު، "ޓާމިނަލް އިލްނަސް" ނުވަތަ ފަރުވާ ދިން ކަމުގައި ވިޔަސް އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތްތަކުގައި އެ ފައިސާ ނެގޭނެއެވެ.

އަދި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި ލިބިދެވޭ ފައިސާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ، އާމްދަނީގެ ގޮތުގައި އެ މީހަކަށް ލިބޭ ނަމަ، އެމީހެއްގެ އަސާސީ ޕެންޝަން ނުލިބޭނެއެވެ.

މީގެ ކުރިން އޮންނަ ގޮތުން މި ފައިސާ ކޮލެޓްރަލައިޒް ކުރެވެނީ ހަމައެކަނި އިމާރާތްކޮށް ނިންމާފައިވާ ފްލެޓްތައް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށެވެ.

އެހެންނަމަވެސް މިހާރު ގެދޮރު ޢިމާރާތްކުރުމާއި ގެދޮރު މަރާމާތުކުރުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ޙައްޖުވުމަށްޓަކައި ކުރިޔާލައި ޖާގަ ރިޒާވް ކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު ހިންގުން ހަރުދަނާކުރުމަށްޓަކައި، ބުނެވިދިޔަ ޤާނޫނަށް މުހިންމު އިތުރު އިޞްލާޙުތަކެއް ގެނައުމަށް މި ބިލުގައި ހިމަނާފައިވެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައިވާ ހަވަނަ އިޞްލާޙުގެ ސަބަބުން، ޕެންޝަން ފަންޑުގައި ހިމެނޭ ފައިސާ ބޭނުންކުރެވޭނެ ދާއިރާތައް ވަނީ ފުޅާކުރެވިފައެވެ. މި އިޞްލާޙުގެ ދަށުން، ޕެންޝަން އޮފީހުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އަސާސީ ޕެންޝަން ދިނުމުގެ އުޞޫލުތައް ވަނީ މުރާޖަޢާކުރެވިފައެވެ. ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި، މިހާރު ޢަމަލުކުރަން ފަށާފައިވާ މި ޤާނޫނީ ބަދަލަކީ، ރައްޔިތުންނަށް ދިމާވާ ޚާއްޞަ ޙާލަތްތަކުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

  • އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ދިރިހުރުމުގެ އުއްމީދު ނެތްކަމަށް ޑޮކްޓަރުން ކަނޑައަޅާ ބަލިމީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭނެއެވެ.
  • އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ، އެމީހަކަށް އަސާސީ ޕެންޝަން ނުލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.
  • ގެދޮރު ޢިމާރާތްކުރުމަށާއި މަރާމާތުކުރުމަށް ޕެންޝަން ފަންޑުގެ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެއެވެ.
  • ޙައްޖަށް ދިޔުމަށްޓަކައި ކުރިޔާލައި ޖާގަ ރިޒާވްކުރުމަށް ޕެންޝަން ފައިސާ ބޭނުންކުރުމުގެ ހުއްދަ ލިބޭނެއެވެ.
  • ޤާނޫނަށް ގެނެވުނު އިޞްލާޙަށް ގެޒެޓުގައި ޝާއިޢުކުރުމާއެކު ޢަމަލުކުރަން ފަށައިފިއެވެ.
  • ބަލިމީހުންނަށް ފައިސާ ނެގުމުގެ ފުރުޞަތު ފުޅާކުރެވިއްޖެއެވެ.
  • ބޯހިޔާވަހިކަމާއި ޙައްޖުގެ އަޅުކަމަށް ފައިސާ ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެއެވެ.
comment ކޮމެންޓް