ވޯލްޑް ޓްރެވަލް އެވޯޑްސްގެ 3 ސަރަހައްދެއްގެ އެވޯޑް ހަފްލާ، މިއަހަރު ރާއްޖޭގައި ބާއްވަނީ

މިދިޔަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްއި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑް ވެސް ރާއްޖެއަށް ލިބުނު: މި އަހަރު 3 ސަރަހައްދެއްގެ އެވޯޑް ހަފްލާ ރާއްޖޭގައި ބާއްވަނީ -- ފޮޓޯ/ ވިޒިޓް މޯލްޑިވްސް

މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ ގާލާ ހަފްލާގައި އިންޑިއަން އޯޝަންގެ އިތުރުން އޯޝޭނިއާ އަދި އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުންތައް ފާހަގަކޮށް އެވޯޑު ދިނުމަށް ނިންމައިފިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފްވެރި އެވޯޑު ކަމަށްވާ ޑަބްލިއުޓީއޭގެ މި ތިން ސަރަހައްދުގެ ގާލާ ސެރެމަނީ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ސެޕްޓެމްބަރު 27 ވަނަ ދުވަހެވެ.

މި ޝަރަފްވެރި ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި "މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް ލައިފްސްޓައިލް ރިސޯޓް" ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

މި ރިސޯޓަކީ އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތި ގުޅުވައިދޭ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ރާއްޖެ އޮތް މުއްސަނދި ތާރީޚުގެ މައްޗަށް ބިނާކޮށް ފަރުމާކޮށްފައިވާ ތަނެކެވެ. ކްރޮސްރޯޑްސްގައި ތަފާތު ތިން ރިސޯޓެއް ހިމެނޭއިރު، އޭގެ ތެރޭގައި ސައި ލެގޫން މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި އެސްއޯ މޯލްޑިވްސް ހިމެނެއެވެ.

https://sun.mv/218000

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާނީ ގްރަހަމް ކުކް ވިދާޅުވީ، އިންޑިއާ ކަނޑާއި، އޭޝިއާ އަދި އޯޝޭނިއާގެ ވަނަތައް ހާސިލުކުރާ ފަރާތްތަކަށް އެއް ހަފްލާއަކަށް ދައުވަތު ދިނުމަކީ، ރާއްޖެއިން ބައިނަލްއަގްވާމީ ދާއިރާގައި ދައްކަމުންދާ ނުފޫޒާއި ހަރަކާތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ފުރުސަތެއް ކަމަށެވެ. އަދި މި ހަފްލާ ބާއްވާ ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ މުސްތަގުބަލު ބައްޓަންކުރާ އައު އީޖާދުތަކާއި އުންމީދުތައް ފުރިހަމައަށް ދައްކުވައިދޭ ތަނެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ސައި ލެގޫން މޯލްޑިވްސް އަދި ކްރޮސްރޯޑްސް މެރީނާގެ ޖެނެރަލް މެނޭޖަރު އެލެގްޒެންޑާ ޓްރޭގާ ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހު މިފަދަ ޝަރަފުވެރި އެވޯޑް ހަފުލާއެއް ކްރޮސްރޯޑްސްގައި ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ. މިއީ ތަފާތު ތަޖުރިބާތައް އެއް މަންޒިލަކުން ފޯރުކޮށްދިނުމަށް ގެންގުޅޭ ތަސައްވުރަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

https://sun.mv/214948

ރާއްޖޭގައި އެންމެ ފަހުން ވޯލްޑް ޓްރެވަލް އެވޯޑްސް ބާއްވާފައި ވަނީ 2017 ވަނަ އަހަރެވެ. އޭގެ ފަހުން، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާއިން ރާއްޖެއިން ވަނީ ބައިނަލްއަގްވާމީ ގިނަ އެވޯޑްތަކެއް ހާސިލުކޮށްފައެވެ. ވަކިން ޚާއްސަކޮށް، ފާއިތުވި ހަ އަހަރު ރާއްޖެއަށް ވަނީ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން"ގެ ޝަރަފު ލިބިފައެވެ.

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ، "މި ގާލާ ސެރެމަނީގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީގެ އިތުރުން، ޒިންމާދާރު އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކުރާ މަސައްކަތް ދުނިޔޭގެ ކުރިމަތީގައި ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ނަވާރަސަތޭކަ ނުވަދިހަ ތިންވަނަ އަހަރު އުފެއްދި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ މިއަދު ފަތުރުވެރިކަމުގެ ދާއިރާގެ ފެންވަރު ވަޒަންކުރާ އެންމެ އިތުބާރު ހުރި ނިޝާނެވެ.

މި އެވޯޑް ހަފްލާތައް ރާއްޖޭގައި ބާއްވާއިރު، ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި މަޝްހޫރު ރާއްޖެއަށް ޓޫރިޒަމް ދާއިރާއިން ގިނަ އެވޯޑްތަކެއް އަބަދުވެސް އަންނަނީ ލިބެމުންނެވެ. އަދި ރާއްޖޭގެ މަގުބޫލުކަން އަހަރަކަށް ވުރެން އަހަރެއް އަންނަނީ އިތުރުވަމުންނެވެ.

މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ ގާލާ ހަފުލާ، ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 1993 ވަނަ އަހަރު އުފެދުނު މި ޝަރަފުވެރި އެވޯޑުގެ ތާރީޚުގައި، އިންޑިއާ ކަނޑު، އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވާނެ ވަރަށް މުހިންމު ހަރަކާތެކެވެ. މިއީ 2017 ވަނަ އަހަރަށްފަހު ރާއްޖޭގައި މި އެވޯޑު ހަފުލާ ބާއްވާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ހަރަކާތް ކުރިއަށްދާނީ ރާއްޖޭގެ ފުރަތަމަ މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް ލައިފްސްޓައިލް ރިސޯޓު ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މިފަދަ ބޮޑު ހަރަކާތެއް ރާއްޖޭގައި ބޭއްވުމަކީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއިން އަދާކުރާ އިސް ދައުރާއި ނުފޫޒު ރަމްޒުކޮށްދޭ ކަމެކެވެ. ވިޒިޓް މޯލްޑިވްސް އިން ފާހަގަކުރާ ގޮތުގައި، މި ގާލާ ސެރެމަނީގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، މެހެމާންދާރީގެ ފުރިހަމަކަމުގެ އިތުރުން، ދެމެހެއްޓެނިވި އަދި ޒިންމާދާރު ފަތުރުވެރިކަމަށް ކުރަމުންދާ މަސައްކަތްތައް ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ޕްރޮމޯޓުކުރުމަށް މަގުފަހިވެގެންދާނެއެވެ.

  • **ބޭއްވޭ ތަން:** ރާއްޖޭގެ ފުރަތަމަ މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް ރިސޯޓު ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.
  • **ތާރީޚު:** ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމަށްވާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
  • **އެވޯޑު ލިބޭ ސަރަހައްދުތައް:** އޭޝިއާ، އޯޝޭނިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ފަރާތްތަކަށެވެ.
  • **ރާއްޖޭގެ ކާމިޔާބީ:** ފާއިތުވި ހަ އަހަރު ވިދިވިދިގެން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ޝަރަފު ރާއްޖެއިން ވަނީ ހާސިލުކޮށްފައެވެ.
  • ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު ހަފުލާ ރާއްޖޭގައި ބޭއްވުމުން، ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް ބޮޑުވެގެންދާނެއެވެ.
  • ކްރޮސްރޯޑްސް މޯލްޑިވްސް ފަދަ އައު އީޖާދީ މަޝްރޫއުތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބި، ރާއްޖޭގެ ފަތުރުވެރިކަމުގެ ތަސައްވުރު ފުޅާވެގެންދާނެއެވެ.
  • ދެމެހެއްޓެނިވި އަދި ޒިންމާދާރު ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ކުރާ މަސައްކަތްތައް މުޅި ދުނިޔެއަށް ދައްކާލުމަށް ފަހި ފުރުސަތެއް ލިބިގެންދާނެއެވެ.
comment ކޮމެންޓް