ޕީއެންސީގެ މަޖިލީސް މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން އެދި ސުޕްރީމް ކޯޓަށް ހުށަހަޅަނީ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހުގެ އިތުރު މެންބަރުންތަކެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަނީ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ހޯއްދެވުމަށްފަހު، ވެރިކަންކުރާ ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންނެވި މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް އިސްކޮށް ފައްޓަވާފައިވަނީ މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، މި މައްސަލަ ބިނާކޮށްފައިވަނީ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ދާދިފަހުން ގެނެވުނު އިސްލާހު ބާތިލުނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގެ މައްޗަށެވެ. އެގޮތުން، އަމިއްލަ ގޮތުން އިންތިޚާބުވި ނަމަވެސް، ޕީއެންސީއާ ގުޅިފައިވާތީ އެ މެންބަރުންގެ ގޮނޑިވެސް ގާނޫނީ ގޮތުން ގެއްލޭނެކަމަށް އަލީ ހުސައިން ގަބޫލުކުރައްވައެވެ.

  • އަމިއްލަ ގޮތުން މަޖިލީހަށް އިންތިޚާބުވުމަށްފަހު ޕީއެންސީއަށް ސޮއިކުރި މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅަން ހުށަހަޅަނީ.
  • މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފައްޓަވާފައިވަނީ ގާނޫނީ ވަކީލު އަލީ ހުސައިން.
  • އެންޓި-ޑިފެކްޝަން އިސްލާހު ބާތިލުނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް މި މައްސަލައިގައި ރިއާޔަތްކޮށްފައިވޭ.
  • އަލީ ހުސައިން ގަބޫލުކުރައްވާ ގޮތުގައި މިނިވަން މެންބަރުން ސިޔާސީ ޕާޓީއަކާ ގުޅުމުންވެސް ގޮނޑި ގެއްލޭނެ.

ރައްޔިތުންގެ މަޖިލީހުގެ އިތުރު މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ފަށައިފިއެވެ.

އަލީ ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަޖިލީހުގައި ގޮނޑި ގެއްލިފައިވާ ބައެއް މެންބަރުން އެބަ ތިއްބެވި ކަމަށާއި އެ މީހުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ މެންބަރުންނަކީ އަމިއްލަ ގޮތުން މަޖިލީހަށް އިންތިޚާބުވެ، ޕީއެންސީއަށް ސޮއިކުރި މެންބަރުންނެވެ.

އަލީ ހުސައިން ސުޕްރީމް ކޯޓުގައި: މަޖިލީހުގެ އިތުރު މެންބަރުންތަކެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަނީ --

މިދިޔަ މަހުގެ 29ގައި ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރެވޭނެ ހަމައެއް ނެތް ކަމަށް ހުކުމްކޮށްފައެވެ.

މިކަމުގެ އިތުރު ތަފުސީލުތައް ކިޔައިދެއްވައި، އަލީ ހުސައިން 'ސަން'އަށް ވިދާޅުވީ، އެ ގޮތަށް ނިންމާފައިވާތީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބުވެޑައިގެން، ޕީއެންސީގައި އެ މެންބަރުން ދެމިތިބި ނަމަވެސް ގޮނޑި ގެއްލޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެހެންވެ، އެ މެންބަރުން ހޯދައި، ދިރާސާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން އަލީ ފާހަގަކުރެއްވިއެވެ.

އަލީ އެ ފަދައިން ވިދާޅުވިއިރު، މަޖިލީހަށް އަމިއްލަގޮތުން ވާދަކުރެއްވި އަށް މެންބަރަކު ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ. އެއީ:

  • ޑރ. އަނާރާ ނައީމް - ހުރާ ދާއިރާ
  • ޔާސީން އަބްދުﷲ - ނައިފަރު ދާއިރާ
  • އާޒިމް އަބްދުލްއަޒީޒް - ވިލިނގިލި ދާއިރާ
  • ހަސަން ޒަރީރު - މަތިވެރި ދާއިރާ
  • އަހުމަދު ޒަމީރު - މައްޗަންގޯޅި މެދު ދާއިރާ
  • މުހައްމަދު ރަޝީދު - ނޮޅިވަރަމް ދާއިރާ
  • ޝާމިން ހަބީބު - ކުރެންދޫ ދާއިރާ
comment ކޮމެންޓް