ހުޅުމާލެ ފަޅުކައިރި އޮތް ސަފާރީއެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ

ރޯވެ އަނދަމުންދާ އެމްޕެރޯ އެކްސްޕްލޯރާ ސަފާރީ --- ސަން ފޮޓޯ

ހުޅުމާލެ ފަޅު ބޭރުގައި އަޅާފައި އޮތް އެމްޕެރޯ އެކްސްޕްލޯރާ ނަމަކަށް ކިޔާ ސަފާރީއެއްގައި މިއަދު ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެއެވެ. މި ހާދިސާގެ ސަބަބުން ބޯ ދުންތައް މުޅި ސަރަހައްދަށް ފެތުރިފައިވާއިރު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުތަކުން ދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބުވެސް އަދި ދެނެގަނެވިފައެއް ނުވެއެވެ.

  • ހުޅުމާލެ ފަޅު ބޭރުގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވުން.
  • އެމްއެންޑީއެފްއިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދިއުން.
  • އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ ރިޕޯޓެއް ނެތުން.
  • އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ނޭނގުން.

ހުޅުމާލެ ފަޅު ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި މިއަދު ވަރަށް ބޮޑަށް ރޯވެ، އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

މަންޒަރު ދުށް މީހުންނާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ސަން"ގެ ނޫސްވެރިން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ރޯވެފައިވަނީ ހުޅުމާލެ ފަޅު ބޭރުގައި އޮތް އުޅަނދެއްގައެވެ. އެއީ އެ ސަރަހައްދުގައި އަޅާފައި އޮތް އެމްޕެރޯ އެކްސްޕްލޯރާ ސަފާރީއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހުޅުމާލެ ފަޅު ބޭރުގައި އަޅާފައި އޮތް އުޅަނދެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 16:55 އެހައިކަންހާއިރުއެވެ.

މި ހާދިސާގައި އެ އުޅަނދުގައި ވަރަށް ބޮޑަށް ރޯވެ، ބޯ ދުންތައް މުޅި ސަރަހައްދަށް ފެތުރިފައިވާ މަންޒަރު ދުރު ހިސާބުތަކަށްވެސް ދަނީ ފެންނަމުންނެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އުޅަނދުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

comment ކޮމެންޓް