ފޭކް ސްލިޕުން ވިޔަފާރިކުރުމުގެ ތުހުމަތަށް ހޯދި މީހަކު، ވައްކަމުގެ މައްސަލަތަކެއްގައި ޖަލަށް

ޅ. ނައިފަރު، ސާތީ، އަނޫފް ޢަބްދުލްޣަނީ

ފޭކް ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކުރި މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ ޅ. ނައިފަރު ސާތީ އަނޫފް ޢަބްދުލްޣަނީގެ މައްޗަށް ވައްކަމުގެ ދެ ދައުވާއެއް ސާބިތުވެއްޖެއެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ސައިކަލެއް ވަގަށް ނެގުމާއި އެ ސައިކަލުގެ މަޑިދަށުގައި އޮތް ފޯނެއް ވަގަށް ނެގިކަމުގެ ކުށެވެ. ކޯޓުގައި އޭނާ ކުށަށް އިއުތިރާފުވުމުން، މައްސަލަ ކުރިއަށް ގެންދިޔައީ އަވަސްނިޔާގެ ދަށުންނެވެ. އެގޮތުން ސައިކަލު ވަގަށް ނެގި މައްސަލައިގައި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަދި ފޯނު ވަގަށް ނެގި މައްސަލައިގައި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ. އިއުތިރާފުވުމުގެ ސަބަބުން އަދަބު ލުއިކޮށްދީފައިވާއިރު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން އުނިކުރެވޭނެއެވެ.

  • ސައްޙަ ނޫން ސްލިޕް ބޭނުންކުރި މައްސަލައެއްގައި ހޯދަމުންދިޔަ އަނޫފް ޢަބްދުލްޣަނީ ޖަލަށްލުމަށް ހުކުމްކުރުން.
  • މާލޭ ފަތާ ޓްރެކް ސަރަޙައްދުން ސައިކަލަކާއި އައިފޯނެއް ވަގަށް ނެގިކަން ސާބިތުވުން.
  • ކޯޓުގައި ކުށަށް އިއުތިރާފުވުމުގެ ސަބަބުން އަވަސްނިޔާގެ ދަށުން މައްސަލަ ނިންމުން.
  • ސައިކަލު ވަގަށް ނެގި މައްސަލައިގައި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އައުން.
  • ފޯނު ވަގަށް ނެގި މައްސަލައިގައި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައުން.

ސައްޙަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ތަހުގީގަށް ހޯދަން އިއުލާންކުރި މީހަކު، ވައްކަމުގެ ދެ މައްސަލައެއްގައި ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސައްޙަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ތަހުގީގަށް ހޯދަން ކުރިން އިއުލާންކޮށް، އަދި ވައްކަމުގެ ދެ މައްސަލައެއްގެ ކުށް ސާބިތުވެ ޖަލަށްލާން ހުކުމް ކުރި މީހަކީ، ޅ. ނައިފަރު، ސާތީ، އަނޫފް ޢަބްދުލްޣަނީއެވެ.

އަނޫފް ޖަލަށްލާން ހުކުމް ކުރީ، މިދިޔަ އޮގަސްޓް މަހު، މާލޭ ފަތާ ޓްރެކް ކައިރިން ސްކޫޕީ ސައިކަލެއް ވަގަށް ނެގި މައްސަލައާއި، އެ ސައިކަލުގެ މަޑިދަށުގައި އޮތް އައިފޯނެއް ވަގަށް ނެގި މައްސަލައިގައެވެ. މި ހާދިސާގައި ވައްކަމުގެ ދެ މައްސަލައިގެ ޝަރިއަތް ކުރިއަށް ގެންދިޔައީ އެކުގައެވެ.

އެ މައްސަލައިގެ ޝަރިއަތުގައި އަނޫފް ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރި ވައްކަމުގެ ދެ ދައުވާއަށް އިއުތިރާފުވެފައެވެ.

ދައުވާއަށް އިއުތިރާފުވުމުން މައްސަލަ ކުރިއަށް ގެންދިޔައީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ނިންމި މި ދެ މައްސަލައިގެ ތެރެއިން، ސައިކަލު ވަގަށް ނެގި މައްސަލަގައި އިއްވާފައިވަނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އައިފޯނު ވަގަށް ނެގި މައްސަލައިގައި އިއްވާފައިވަނީ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެކެވެ.

ދެ މައްސަލައިގައި އިއްވި ހުކުމުން ވެސް ބައެއްވަނީ އިއުތިރާފުވުމުން ލުއިކޮށްދީފައެވެ. އަދި މި މައްސަލައިގައި ބަންދުކޮށްފައި ހުރި ދުވަސްތައް ހުކުމުން އުނިކުރާނެއެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި ސައްޙަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ތަހުގީގަށް އަނޫފް ހޯދަން ފުލުހުން އިއުލާން ކުރީ މިދިޔަ އަހަރެވެ. އެއީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރި މައްސަލައެކެވެ.

comment ކޮމެންޓް