ސިޔާސީ މަގާމުތަކުގެ އަދަދު 700ގައި ހިފެހެއްޓުމަކީ މެނިފެސްޓޯގެ ވައުދެއް ނޫން: ސަރުކާރު

ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމުމަށް ބޭއްވި ހިނގާލުމުގައި ރައީސާއި ޕީއެންސީ މެންބަރުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރުނުކުރުމަށް ކަނޑައެޅި ކަނޑައެޅުމަކީ ރިޔާސީ މެނިފެސްޓޯގެ ވައުދެއް ނޫން ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މިއީ ހަމައެކަނި ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި މަސައްކަތްތައް ތަރުތީބުކުރުމަށް ގެންގުޅުނު އަމާޒެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ބުނާގޮތުގައި، މިހާރު ކުރިއަށްދާ އިދާރީ އޮނިގަނޑުގެ އިސްލާހީ ބަދަލުތަކާއެކު ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ. އަދި ކުރީގެ ސަރުކާރުތަކުން ވެސް ސިޔާސީ މަގާމުތަކުގެ ސީދާ އަދަދު ހާމަކޮށްފައިނުވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

  • ސިޔާސީ މަގާމުތައް 700 ގައި ހިފެހެއްޓުމަކީ ރިޔާސީ ވައުދެއް ނޫންކަން ސަރުކާރުން ކަށަވަރުކޮށްދީފި
  • އެ އަދަދަކީ ހަމައެކަނި އިންތިގާލީ މަރުހަލާގައި ކަނޑައެޅުނު އަމާޒެއްކަމަށް ސަރުކާރުން ބުނެފި
  • މިހާރު ކުރިއަށްދާ އިދާރީ އޮނިގަނޑުގެ ބަދަލުތަކާއެކު ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރެވޭނެ
  • ކުރީގެ ސަރުކާރުންވެސް ސިޔާސީ މަގާމުތަކުގެ ސީދާ އަދަދު ހާމަކޮށްފައިނުވާކަން ފާހަގަކޮށްފައިވޭ

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރުނުވާނެ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން، އެއީ މެނިފެސްޓޯގައި ހިމެނޭ ރަސްމީ ވައުދެއް ނޫން ކަމަށާއި އެއީ ހަމައެކަނި އިންތިގާލީ މަރުހަލާގައި ބޭނުންކުރެވުނު މިންގަނޑެއް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން "ދަ ފީޑްސް"ގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން ބުނި ގޮތުގައި، މިހާރުގެ މެނިފެސްޓޯގައި ހިމެނޭ ހުރިހާ ވައުދުތަކަކީ އާންމުކޮށް ފެންނަން ހުރި ލިޔެކިޔުންތަކެކެވެ. އަދި 700 ގެ އަދަދަކީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި މަސައްކަތްތައް ތަރުތީބު ކުރުމަށް ގެންގުޅުނު އަމާޒެއް ކަމަށް ވެސް ސަރުކާރުން ފާހަގަކުރިއެވެ.

މީގެ އިތުރުން، ސިޔާސީ މަގާމުތަކުގެ ސީދާ އަދަދު ހާމަކުރުމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ސަރުކާރުން ބުނީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް ސިޔާސީ މަގާމުތަކުގެ ހަގީގީ އަދަދުތައް ހާމަކޮށްފައި ނުވާ ކަމަށެވެ. މިއީ ކުރީގެ ސަރުކާރުތަކުގައި ވެސް އަމަލުކުރަމުން އައި ގޮތްކަން ސަރުކާރުން ފާހަގަކުރެއެވެ.

ސަރުކާރުގެ އޮނިގަނޑަށް މިހާރު ގެންނަމުންދާ އިސްލާހީ ބަދަލުތަކާއެކު، މިހާރު ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

https://sun.mv/208651

މިހާރު ކުރިއަށްދާ ސްޓްރަކްޗަރަލް ރިފޯމްތަކުގެ ސަބަބުން ސިޔާސީ މަގާމުތަކުގެ އަދަދު ފާހަގަކުރެވޭ މިންވަރަކަށް ދަށްވާނެ،" ސަރުކާރުގެ ބަޔާނުގައިވެއެވެ.

"700 އަކީ ބަދަލުވަމުންދާ މިންގަނޑެއް. އެއީ މެނިފެސްޓޯގައި ހިމެނޭ ވައުދެއް ނޫން. މެނިފެސްޓޯގެ ހުރިހާ ވައުދުތަކެއް ވަނީ އާންމުކޮށް ފެންނަން ހުންނާނެހެން ޝާއިއުކޮށްފައި. ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަސްލު އަދަދު ސޯލިހު ސަރުކާރުގައި ވެސް ހާމަކޮށްފައެއް ނުވޭ. މިހާރު ކުރިއަށްދާ އިދާރީ އޮނިގަނޑުގެ އިސްލާހީ ބަދަލުތަކާއެކު، މިހާރު ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެ،" ސަރުކާރުގެ "ދަ ފީޑްސް" އެކައުންޓުން ބުނެފައިވެއެވެ.

https://sun.mv/221300

ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމަށްވެސް މި މައުލޫމާތުތަކުން އެނގެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އިންތިގާލީ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ވިދާޅުވެފައިވަނީ އާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި އަދަދަކީ ވުޒާރާތަކާއި، ރައީސް އޮފީހާއި، ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ ގެކޮޅުތައް ހިމެނޭހެން ކަނޑައެޅި އަދަދެއް ކަމަށް އޭނާ އޭރު ވިދާޅުވިއެވެ.

އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް 2 ނޮވެމްބަރ 2023ގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ --

"އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މި ވަނީ، ސަރުކާރު އެކުލަވާލުމުގައި ސިޔާސީ މަގާމުތަކާ ގުޅޭ ގޮތުން މުހިންމު ނިންމުމެއް ނިންމަވާފައި. އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރުމަށް،" ފިރުޒުލް އޭރު ވިދާޅުވި އެވެ.

ނަމަވެސް، ސަރުކާރުގެ މިހާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ ސިޔާސީ މަގާމުތަކުގެ އަދަދު 700 ގައި ހިފެހެއްޓުމަކީ ރިޔާސީ ވައުދެއް ނޫން ކަމަށާއި، އެއީ ހަމައެކަނި އިންތިގާލީ މަރުހަލާގެ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.

"މިސާލަކަށް 700 ވަޒީފާއަކީ ރިޔާސީ ވައުދެއް ނޫން. އެއީ ރިޔާސީ ވައުދެއް ނޫން. އެކަމަކު އިންތިގާލީ މަރުހަލާގައި އަމާޒެކޭ އެއީ،" މުންދު ވިދާޅުވިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ، ނޫސްވެރިކަމުގެ ދަރަޖަ ދަށްވަނީ ހަމައެކަނި ސަރުކާރުގެ ސަބަބުން ނޫން ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

އެހެން ނަމަވެސް މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އަށް ވުރެ ގިނަ ކަމަށެވެ.

އެހެންނަމަވެސް ސަރުކާރުން މިހާތަނަށް ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސިޔާސީ މަގާމުތަކުގެ އަދަދު ވީހާ ވެސް މަދުކުރުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށެވެ. އަދި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ވީހާވެސް ގިނަ މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށާއި، އެކަން ކުރާނީ ވަކި އަދަދެއް ހަމަކުރުމުގެ ބަދަލުގައި މަސައްކަތުގެ ނަތީޖާއަށް ބަލައިގެން ކަމަށްވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.

comment ކޮމެންޓް