ކުޑަކުދިން ކުޅޭނެ ތަނަކާއި ފުޑް ޓްރަކްތަކަކާއެކު ހިއްތަން މައިޒާން އަލުން ހުޅުވައިފި

ތަރައްގީކުރުމަށްފަހު އަލުން ހުޅުވި ހިއްތަން މައިޒާން: އެ ތަނުގައި ޕްލޭ ކޯނާއަކާއި، ފުޑް ޓްރަކްތަކެއް ވަނީ ބަހައްޓާފައި -- ސަން ފޮޓޯ/ އަހުމަދު އިޔާދު

ކުޑަކުދިން ކުޅޭނެ ތަނަކާއި، ފުޑް ޓްރަކްތަކަކާއެކު ހިއްތަން މައިޒާން ތަރައްގީކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.

ހިއްތަން މައިޒާން މަރާމާތަށް ބަންދުކުރީ 2024 ވަނަ އަހަރެވެ.

އެ ތަނުގައި ހިމާޔަތްކޮށްފައިވާ ބޮޑު ބިޔަ ގަހެއް ހުންނައިރު، އެ މައިޒާން ހުންނަނީ އެ ގަހުގެ ވަށައިގެންނެވެ.

ތަރައްގީކުރުމަށްފަހު އަލުން ހުޅުވި ހިއްތަން މައިޒާން: އެ ތަނުގައި ޕްލޭ ކޯނާއަކާއި، ފުޑް ޓްރަކްތަކެއް ވަނީ ބަހައްޓާފައި -- ސަން ފޮޓޯ/ އަހުމަދު އިޔާދު

އެ މައިޒާން އަލުން ހުޅުވިއިރު ކުޑަކުދިން ކުޅޭނެ ޕްލޭ ކޯނާއެއް ވަނީ ހަދައިފައެވެ. އަދި ކުޑަކުދިން ގޮވައިގެން އާއިލާތަކުން އައިސް ތިބެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.

ހަމައެއާއެކު ފުޑް ޓްރަކްތަކެއް ވެސް ވަނީ އެ މައިޒާނުގައި ބަހައްޓައިފައެވެ. އެއީ ޓޭކް-އަވޭ އަށް ކާތަކެތި ވިއްކާ ފުޑް ޓްރަކްތަކެކެވެ.

މާލޭ ސިޓީ ކައުންސިލުން, މާލޭގެ އެކި ސަރަޙައްދު ތަކުގައި ހިތްފަސޭހަ މައިޒާންތައް ތަރައްގީކުރަން ފެށީ 2023 ވަނަ އަހަރެވެ. އެ މަސައްކަތަކީ މާލެ ސިޓީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ "ހިތްފަސޭހަ މަގުމަތި" އަދި "ޗާލު މާލެ ސިޓީ" އަމާޒަށް ވާސިލްވުމަށްޓަކައި ކުރާ މަސައްކަތެކެވެ.

comment ކޮމެންޓް