މާލެ އަދި ހުޅުމާލެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ބާރަށް ގުގުރުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ. ކަރަންޓު ކެނޑިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ހިސާބުތަކުންނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މީގެ ކުރިންވެސް މި މަހުގެ ތެރޭގައި އެކި ފަހަރުމަތިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވަނީ ކަރަންޓު ކެނޑިފައެވެ. އެގޮތުން ބިންގަނޑު ކޮނުމުގެ ތެރޭގައި ކޭބަލަށް ގެއްލުންވެގެން އަށް ގަޑިއިރަށްވެސް ކަރަންޓު ކެނޑިފައިވެއެވެ.
- ވިއްސާރަވެ ބާރަށް ގުގުރުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުން.
- މޫސުމާ ބެހޭ ގައުމީ އިދާރާއިން ކ. އަތޮޅުން ލ. އަތޮޅަށް ރީނދޫ ސަމާލު ނެރުން.
- މީގެ ކުރިން ކޮނުމުގެ ތެރޭގައި ކޭބަލަށް ގެއްލުންވެގެންވެސް ކަރަންޓު ކެނޑިފައިވުން.
- ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ ބައެއް ހިސާބުތަކަށް މިކަމުގެ އަސަރު ކުރުން.
ވިއްސާރަވެ، ބާރު ގުގުރިއާއެކު، ހުޅުމާލޭގެ ބައެއް ހިސާބުތަކުން މިރޭ ކަރަންޓު ކެނޑިއްޖެއެވެ.
މިގޮތުން، ކަރަންޓު ކެނޑިފައި ވަނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުންނެވެ.
އެ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާއިރު، މާލެއާއި ހުޅުމާލެއަށް ގަދައަށް ވިދައި، ބާރަށް ގުގުރައި، ވާރޭ ވެހެމުންދެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ، ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިރޭ 12:00އިން ފެށިގެން ފަތިހު 05:00އަށް ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް، ރީނދޫ ސަމާލު ނެރެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މީގެ ތިން ދުވަސް ކުރިން މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނެވެ.
https://sun.mv/221085
އޭގެކުރިން، ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން މި މަހުގެ 12 ވަނަ ދުވަހު ވެސް ކަރަންޓު ކެނޑި، އަށް ގަޑިއިރުވިއެވެ.
އެ ދެ ދުވަހު ކަރަންޓު ކެނޑިފައިވަނީ، ކޮނުމުގެ ތެރެއިން ކޭބަލަށް ގެއްލުންވެގެން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.