ގިނަ އަދަދެއްގެ ބަނގުރަލާ އެކު އަނެއްކާ ވެސް ބިދޭސީއެއް ހައްޔަރުކޮށްފި، ޑީޕޯޓްކޮށްލަނީ

ހައްޔަރުކުރި ބިދޭސީ މީހާ: އެ މީހާ ހައްޔަރުކުރީ ބަނގުރާ ވިއްކުމުގެ ތުހުމަތުގައި -- ފޮޓޯ/ ފުލުހުން

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން އަނެއްކާ ވެސް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑުރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސޮލައިމާން ބޮޔަން، ބަންގްލަދޭޝް (34އ) އެވެ. އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ތަނެއް ބަލައި ފާސްކުރިއިރު 51 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، އޭނާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް