އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް މި މަހު މީހަކު އައްޔަންކުރެވޭނެ: ސީއެސްސީ

ސިވިލް ސާވިސް ކޮމިޝަން: -- ފޮޓޯ/ ސީއެސްސީ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް މި މަހުގެ ތެރޭގައި މީހަކު އައްޔަންކުރެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ބުނެފައެވެ. މި މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މައިމޫނާ އަބޫބަކުރު މިއަހަރުގެ ފުރަތަމަ ދުވަހު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. އެހެންކަމުން އެ މަގާމަށް މީހަކު ހޯދުމަށް ފެބްރުވަރީ މަހު އިއުލާނުކުރުމަށްފަހު، މިހާރު ރިކްރޫޓްމަންޓް މަރުހަލާ ވަނީ ނިމިފައެވެ. ކުރީގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާއަކީ ސިއްހީ ދާއިރާއަށް 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ، އަދި ޚާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

  • އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް މި މަހު މީހަކު އައްޔަންކުރާނެކަން ސީއެސްސީއިން ހާމަކުރުން.
  • މަގާމު ހުސްވީ ކުރިން ހުންނެވި މައިމޫނާ އަބޫބަކުރު މިއަހަރުގެ ފުރަތަމަ ދުވަހު ރިޓަޔާކުރެއްވުމުން.
  • މަގާމުގެ ރިކްރޫޓްމަންޓް މަރުހަލާ މިހާރު ވަނީ އެއްކޮށް ނިމިފައި.
  • މައިމޫނާއަކީ ސިއްހީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކުރެއްވި އަދި ކޮވިޑް-19 ގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލުގެ މަގާމަށް މިމަހުގެ ތެރޭ މީހަކު އައްޔަންކުރެވޭނެ ކަމަށް، ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި މައިމޫނާ އަބޫބަކުރު، މި އަހަރުގެ ފުރަތަމަ ދުވަހު މަގާމުން ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. އެހެންވެ، އެ މަގާމަށް މީހަކު ހޯދުމަށްޓަކައި ސިވިލް ސާވިސް ކޮމިޝަނުންވަނީ، މިދިޔަ ފެބްރުވަރީ މަހު އިއުލާނުކޮށްފައެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ނާސިޙް 'ސަން'އަށް މިއަދު ވިދާޅުވީ، އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް މި މަހު ތެރޭ މީހަކު އައްޔަންކުރެވޭނެ ކަމަށެވެ.

"ޑިރެކްޓަރު ޖެނެރަލް ޕަބްލިކް ހެލްތުގެ ޕޯސްޓުގެ ރިކްރޫޓްމަންޓް ޕްރޮސެސް ނިމި، އެ މަގާމަށް މީހަކު މިމަހު އައްޔަންކުރެވޭނެ،" ނާސިޙް ވިދާޅުވިއެވެ.

އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުން ރިޓަޔާކުރެއްވިކަން މައިމޫނާ ހާމަކުރެއްވީ މިދިޔަ ޖަނަވަރީ މަހުގެ ހަތްވަނަ ދުވަހެވެ. 'ސަން'އިން ސުވާލުކުރުމުން މައިމޫނާ ވިދާޅުވީ، ރިޓަޔާކުރެއްވީ، އުސޫލުތަކާ އެއްގޮތަށް އަމިއްލަ ސަބަބަކަށްޓަކައި ކަމަށެވެ.

https://sun.mv/216439

މައިމޫނާ، އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އައްޔަނުކުރެއްވީ ނޮވެމްބަރު 17، 2016ގައެވެ. ތިރީސް ފަސް އަހަރަށް ވުރެ ގިނަ ދުވަހު ސިއްހީ ދާއިރާއަށް ޚިދުމަތްކޮށްދެއްވި، މައިމޫނާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަކުރެވުނީ ކޮވިޑް-19ގެ ދުވަސްވަރެވެ.

ސިއްހީ ދާއިރާއަށް މުހިންމު މަސައްކަތްތަކެއް އޭނާ ވަނީ ކޮށްދެއްވައިފައެވެ.

ކޮވިޑްގެ އާލަމީ ވަބާ، ރާއްޖެއަށް ހަލުވިކަމާއެކު ފެތުރެމުންދިޔައިރު މައިމޫނާ ވަނީ އުނދަގޫ ނިންމެވުންތަކެއް ނިންމަވައި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އަދި އެ ދުވަސްވަރު އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވެވިއެވެ.

comment ކޮމެންޓް