ކުޑަކުދިންގެ ލޮލުގެ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. ފާތިމަތު ނިއުމާ އައިޖީއެމްއެޗުގައި ބައްލަވަނީ

ކުޑަކުދިންގެ ލޮލުގެ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. ފާތިމަތު ނިއުމާ އައިޖީއެމްއެޗުގައި ބައްލަވަނީ -- ފޮޓޯ: އައިޖީއެމްއެޗް

ކުޑަކުދިންގެ ލޮލުގެ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. ފާތިމަތު ނިއުމާ އަޙްމަދު އައިޖީއެމްއެޗާ ގުޅިވަޑައިގެންފިއެވެ.

އައިޖީއެމް ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ޑރ. ފާތިމަތު ނިއުމާ އަޙްމަދަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އެ ޕޯސްޓުގައި ވަނީ، ޑރ. ނިއުމާ އައިޖީއެމްއެޗުގެ ޓީމާ ގުޅިވަޑައިގަންނަވަނީ ކޮންސަލްޓަންޓް ސަބް-ސްޕެޝަލިސްޓް އިން ޕީޑިއޭޓްރިކް އޮފްތަލްމޮލޮޖީ އެންޑް ސްޓްރެބިސްމޮލޮޖީގެ މަގާމުގައި ކަމަށެވެ.

ޑރ. ނިއުމާގެ ތަޖުރިބާއާއި އިލްމީ ގާބިލުކަމުގެ ސަބަބުން، ފަރުވާ ހޯދަން އަންނަ ކުދިންނާއި މުޖުތަމައަށް ނުހަނު ބޮޑު ފައިދާއެއް ކުރާނެ ކަަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކުޑަކުދިންނާއި ޒުވާނުންގެ ލޮލުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމުގެ ކަންބޮޑުވުންތައް ފާއިތުވި އަހަރުތަކުގައި ވަނީ އުފެދިފައެވެ. ޚާއްސަކޮށް، ދުރު ފެންނަ މިންވަރު ދަށްވުމުގެ މައްސަލަތައް އިތުރުކަން، ބައެއް ޑޮކްޓަރުން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް