މީދޫ ކައުންސިލް ރައީސް ހޮވުމަށް ނެގި ވޯޓުގައި، ވޯޓު ލާން ނުދާ މީހެއް ވެސް ހިމެނޭހެން ވޯޓުލާފައި އޮތް މައްސަލައެއް

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރެއިން: މީދޫ ކައުންސިލް ރައީސް ހޮވުމަށް ވޯޓު ލާން ނުދާ މީހެއް ވެސް ހިމެނޭހެން ވޯޓުލާފައި އޮތް މައްސަލައެއް ހުށަހަޅައިފި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ނުލާ މީހެއްގެ ނަމުގައި ވޯޓުލާފައިވާކަމަށް ބުނެ އެމްޑީއޭއިން އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯއަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ އުފެދިފައިވަނީ ލ. ފޮނަދޫ ތިން ނަންބަރު ވޯޓު ފޮއްޓަށް ރަޖިސްޓަރީކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން އެކަކު ވޯޓުލާން ނުދާއިރުވެސް، ހަތަރު މީހުން ވޯޓުލާފައިވާކަމަށް ރަސްމީ ނަތީޖާއިން ދައްކާތީއެވެ. މި މައްސަލައަކީ އިންތިޚާބުގެ ނަތީޖާއަށް ސީދާ އަސަރުކުރާނެ މައްސަލައެއްކަމަށް އެމްޑީއޭއިން ދެކެއެވެ. ސަބަބަކީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބިފައިވާއިރު، އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބިފައިވަނީ 392 ވޯޓު ކަމަށް ވުމެވެ. މިއީ އެންމެ ވޯޓެއްގެ ފަރަގެއް ކަމަށްވުމުން، ސައްހަނޫން ވޯޓެއް ހިމެނިފައިވާނަމަ ނަތީޖާ ބާތިލުކުރަންޖެހޭނެކަމަށް އެ ޕާޓީން ބުނެއެވެ.

  • ދ. މީދޫ ކައުންސިލް ރައީސް އިންތިޚާބުގެ ވޯޓުލުމުގައި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ އެމްޑީއޭއިން މައްސަލަ ހުށަހެޅުން.
  • ލ. ފޮނަދޫ ވޯޓު ފޮއްޓަށް ރަޖިސްޓަރީކުރި މީހަކު ވޯޓު ނުލާއިރުވެސް އޭނާގެ ނަމުގައި ވޯޓުލާފައިވުން.
  • ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓުންގެ ދެމެދުގައި ހުރީ އެންމެ ވޯޓެއްގެ ފަރަގެއް ކަމަށްވުން.
  • އެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލުވެދާނެތީ މިއީ ބާތިލު އިންތިޚާބެއްކަމަށް ކަނޑައަޅައިދިނުމަށް އެދުން.

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުގައި ލ. ފޮނަދޫ ތިން ނަންބަރު ވޯޓު ފޮއްޓަށް ރަޖިސްޓާކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން އެކަކު ވޯޓުލާފައި ނުވާއިރު، އެ އަދަދަށް ހަތަރު މީހުން ވޯޓު ލާފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނަތީޖާއިން ދައްކާތީ، އެ މައްސަލަ ބަލައިދިނުމަށް އެދި އެމްޑީއޭގެ ފަރާތުން ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުގައި، ވޯޓުގެ ނަތީޖާއަށް އަސަރު އަންނަ ފަދަ ބޮޑު މައްސަލައެއް ފާހަގަވެފައިވާތީ އެމްޑީއޭގެ ފަރާތުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސަށް އެޑްރެސްކޮށް، މައްސަލައެއް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ފާހަގަކުރި ގޮތުގައި މީދޫ ކައުންސިލް ހޮވުމަށް ވޯޓުލުމަށް ލ. ފޮނަދޫ ތިން ނަންބަރު ވޯޓު ފޮއްޓަށް ރަޖިސްޓާކޮށްފައިވާ ކަމަށް ދައްކަނީ އެންމެ ހަތަރު މީހުންނެވެ. އެ ހަތަރު މީހުންގެ ތެރޭގައި ހިމެނިފައިވާ ޞަފީނާޒް މުޙައްމަދު، ދެތަނޑިމާގެ، ދ. މީދޫ، އެ ދުވަހު ހުރީ މީދޫގައި ނަމަވެސް އެ ފޮއްޓަށް ޖުމްލަ ހަތަރު މީހުން ވޯޓުލާފައިވާ ކަމަށް އީސީގެ ރަސްމީ ނަތީޖާއިން ފެންނަން އެބައޮތް ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ދުވަހު ވޯޓުލުމަށް އޭނާ ފޮނަދުއަށް ގޮސްފައިނުވާކަން މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

އެ މައްސަލަ، އޭނާގެ ފަރާތުން ފުލުހަށް ވެސް ހުށަހަޅައި ބަޔާން ދީފައިވާކަން މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

މިހާރު އީސީން އާއްމުކޮށްފައިވާ ނަތީޖާއަށް ބަލާއިރު، ޕިއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބިފައިވާއިރު، އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބިފައިވާ ކަމަށް ދައްކަނީ 392 ވޯޓުކަން އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ފޮނަދޫގެ ތިން ނަންބަރު ވޯޓު ފޮއްޓަށް ވޯޓު ނުލާ މީހެއްގެ ނަމުގައި ވޯޓުލާފައިވާކަން ސާބިތުވާތީއާއި، އެކަމުގެ ސަބަބުން އެ އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފައިވާތީ އެމްޑީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީއޭއިން ބުނި ގޮތުގައި ސުވާލު އުފެދިފައިވާ ވޯޓުގެ އަދަދަކީ ކެންޑިޑޭޓެއްގެ ވޯޓުގެ ފަރަގަށް ބަދަލުއަތުވެދާނެ ކަމެއް ކަމަށްވާއިރު، ސުވާލު އުފެދިފައިވާ ވޯޓުގެ ފަރަގަށް ބަދަލު އައުމުގެ ސަބަބުން އެއީ ވޯޓުގެ ފައިނަލް ނަތީޖާއަށް އަސަރުކުރާނެ އަދަދެކެވެ. އެހެންކަމުން އެ އިންތިޚާބު ސައްހަކަމަށް ނުބެލެވޭނެކަން ސުޕްރީމް ކޯޓުގެ މީގެ ކުރީގެ ނިންމުމަކުން ވެސް ހާމަވާ ކަމަށާއި، މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބަކީ ބާތިލު އިންތިޚާބެއް ކަމަށް ބަލަންޖެހޭ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

"ވީމާ އިސްވެ ބަޔާންކުރި އެންމެހާ ކަންކަމަށް ރިއާޔަތްކޮށް، އެ މައްސަލަ ތިޔަ ކޮމިޝަނުން ބަލައްވައިދެއްވައި، ވީހާވެސް އަދުލުވެރިކަމާއެކު، ވީ އެންމެ އަވަހަކަށް މި މައްސަލަ ނިންމަވައި ދެއްވައި، އެކަމުގައި ތިޔަ ކޮމިޝަނުން ނިންމެވި ނިންމެވުން ހިއްސާކޮށްދެއްވުން އެދެން،" އެމްޑީއޭގެ މައްސަލައިގައި އެދިފައިވެއެވެ.

comment ކޮމެންޓް