ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފްރޫމުތަކުގައި ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެ

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފްރޫމް ސަރަހައްދުގައި އަލިފާން ރޯވެފައި -- ފޮޓޯ: ސޯޝަލް މީޑިއާ

ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާން ރޯވެ، އަނދަން ފަށައިފިއެވެ.

އަލިފާން ރޯވެ އަނދަމުންދަނީ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފް ރޫމްތަކުގައެވެ.

ވިލިނގިލީގެ ކައުންސިލަރު އިބްރާހީމް ރަޝީދު 'ސަން'އަށް ވިދާޅުވީ، އަލިފާން ރޯވީ، ތައުލީމީ މަރުކަޒުގެ ހަތަރު ވަރަކަށް ސްޓާފްރޫމް ހުރި ސަރަހައްދުގައި ކަމަށެވެ.

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފްރޫމް ސަރަހައްދުގައި އަލިފާން ރޯވެފައި -- ފޮޓޯ: ސޯޝަލް މީޑިއާ/ އައްސާން

އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ މީގެ ގަޑިއެއް ހާއިރު ކުރިން ކަމަށާއި، އަލިފާން ނިއްވުވުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިންނާއި ރައްޔިތުން މަސައްކަތްކުރަމުން އަންނަ ކަމަށް، އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަލިފާން އަދިވެސް ކޮންޓްރޯލް ނުވާ ކަމަށާއި، ކޮންޓްރޯލްކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ނެތް،" އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އަދި ފުލުހުންނާއި، ސިފައިންގެ ބަހެއް މި ހާދިސާއާ ގުޅިގެން ނުލިބެއެވެ.

comment ކޮމެންޓް