28 ފުޅި ރަލާއެކު ބުރިޖު މަތިން ހައްޔަރުކުރި ދެ ބިދޭސިއެއް ޑީޕޯޓުކޮށްލަނީ

ބަނގުރަލާއެކު ބުރިޖު މަތިން ހައްޔަރުކުރި ދެ ބިދޭސީން: ދެ މީހުން ޑީޕޯޓުކޮށްލަން ވަނީ އިމިގުރޭޝަނާ ހަވާލުކޮށްފައި --- ފޮޓޯ: ފުލުހުން

ހުޅުމާލެއިން މާލެއަށް ބަނގުރާ އުފުލި ބަންގްލަދޭޝްގެ ދެ ރައްޔިތަކު ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި މީހުން އަތުލައިގަތީ 28 ފުޅި ބަނގުރަލާއެކު ބުރިޖު މަތިންނެވެ. ފުލުހުން މި މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ ދެ މީހުން އިމިގްރޭޝަން މެދުވެރިކޮށް ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

  • ހުޅުމާލެއިން މާލެއަށް ބަނގުރާ އުފުލި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި.
  • އެ މީހުންގެ އަތުން 28 ފުޅި ބަނގުރާ ފެނިފައިވޭ.
  • މައްސަލަ ބެލުމަށްފަހު އިމިގްރޭޝަނާ ހަވާލުކޮށް ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން.
  • މިފަދަ މައްސަލަތައް ފާއިތުވި ދުވަސްތަކުގައި އިތުރުވަމުންދާކަން ފާހަގަކުރެވޭ.

ހުޅުމާލޭން މާލެއަށް ބަނގުރާ އުފުލަނިކޮށް ދެ ބިދޭސިއަކު ހިފަހައްޓައި، ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ، ބަންގްލަދޭޝަށް ނިސްބަތްވާ، އުމުރުން 33 އަހަރުގެ މީހާއާއި 36 އަހަރުގެ މީހާ ހައްޔަރުކުރީ، ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކުރީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ކޮންޓެއިނަރު ޖެޓީން މާލެއަށް ބަނގުރާ ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް، ފުލުހުން ބުންޏެވެ.

އިއްޔެގެ ވަގުތެއްގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފުލުހުންނާއި ހައިވޭ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ބުރިޖުމަތިން ދެ މީހުން ހުއްޓުވައި ފާސްކުރިއިރު، 28 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް، ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން ރާއްޖޭން ފޮނުވާލަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، 40 ފުޅި ބަނގުރަލާއި ގިނަ އަދަދެއްގެ ފައިސާއާއެކު، މިމަހުގެ 11ވަނަ ދުވަހު ބަންގްލަދޭޝަށް ނިސްބަތްވާ، 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.

https://sun.mv/219135

މި މައްސަލަތަކުގެ އިތުރުންވެސް، ބަނގުރަލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ފެންމަތިވާ މިންވަރު ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް