ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއެކު އަންނަނީ މަޝްވަރާކުރަމުން، ބޭނުންވާ އެހީތެރިކަން ދޭން ތައްޔާރު: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް: ބީއެމްއެލުން ބުނީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އެހީތެރިކަން ދޭން ތައްޔާރު ކަމަށް -- ފޮޓޯ/ ބީއެމްއެލް

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ފަތުރުވެރިން އަންނަ މިންވަރު މަދުވެ، ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް މާލީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މިފަދަ ހާލަތެއްގައި ރާއްޖޭގެ ގައުމީ ބޭންކު، ބީއެމްއެލްގެ ދައުރަކީ ވަރަށް މުހިންމު ދައުރެކެވެ. ބޭންކުން މިހާރު އަންނަނީ ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކާ ގުޅިގެން، މި ހާލަތުން އަރައިގަތުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ. ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި، އެ ބޭންކުން ދަނީ ރިސޯޓު އޮޕަރޭޓަރުންނާއި، ގެސްޓްހައުސްތައް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކާ މެދުނުކެނޑި މަޝްވަރާ ކުރަމުންނެވެ. މި މަޝްވަރާތަކުގެ މަގްސަދަކީ އެ ވިޔަފާރިތަކަށް ކުރިމަތިވަމުންދާ މާލީ ގޮންޖެހުންތައް ދެނެގަތުމެވެ. ބޭންކުން ވަނީ މި ހާލަތުގައި ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންޝަލް ފެސިލިޓީތައް ފޯރުކޮށްދީ، އެހީތެރިކަން ދިނުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. އަދި ހަނގުރާމައިގެ ސަބަބުން ހާލަތު ބަދަލުވަމުންދާ ގޮތް ބަލައި، ވިޔަފާރިތަކަށް ލުއިފަސޭހަތައް ހޯދައިދިނުމަށް ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ރިސޯޓުތައް ހިންގުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއެކު މިކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ބޭންކުތަކާ ވާހަކަދައްކައިގެން ހައްލު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި މަހުގެ 28 އިން ފެށިގެން މިހާތަނަށް 496 ފުލައިޓު ވަނީ ކެންސަލްވެފައެވެ. ނަމަވެސް، މި ހާލަތުން އަރައިގަތުމަށްޓަކައި އާ އެއާލައިންތައް ގެނައުމަށް މަސައްކަތްކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އިތިއޯޕިއަން އެއާލައިނާއެކު ސޮއިކޮށް ދަތުރުތައް ފެށުމަށް ކުރާ މަސައްކަތްތައް ހިމެނެއެވެ.

  • މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަމަށް ހައްލު ހޯދުމަށް ބީއެމްއެލްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
  • ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް މާލީ ގޮންޖެހުންތައް ކުރިމަތިވެފައިވާތީ، އެ ފަރާތްތަކަށް ބޭނުންވާ ފައިނޭންޝަލް ފެސިލިޓީތައް ފޯރުކޮށްދިނުމަށް ބޭންކުން ވަނީ އެއްބަސްވެފައެވެ.
  • ފަތުރުވެރިކަމުގެ ސިނާއަތުގެ 496 ފުލައިޓު ކެންސަލްވެފައިވާއިރު، މި ހާލަތުން އަރައިގަތުމަށްޓަކައި އާ އެއާލައިންތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދެއެވެ.
  • ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި ވިޔަފާރިތަކާ ގުޅިގެން މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.

މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކާއެކީ މަޝްވަރާކުރަމުން އަންނަ ކަމަށާއި، ފަތުރުވެރިކަމަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް، ގައުމީ ބޭންކު ބީއެމްއެލުން މިއަދު ބުނެފިއެވެ.

ބީއެމްއެލުން ބުނީ، މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އެ ސިނާއަތުގެ މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން، ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"މިގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ހިނގަމުންދޭ،" ބީއެމްއެލުން ބުންޏެވެ.

ކުރިއަށް ހުރި ދުވަސްތަކުގައި، ހަނގުރާމައިގެ ސަބަބުން ހާލަތު ބަދަލުވަމުން އަންނަ ގޮތް ބޭންކުން ބަލަމުން ގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުން ބޭނުންވާ ހާލަތްތަކުގައި އެހީތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، އެ ސިނާއަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ، ދެމެހެއްޓެނިވި ސިނާއަތެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ.

އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން، ފަތުރުވެރިން މަދުން އައުމުން ހިންގުމަށް ދަތިވެފައިވާ ރިސޯޓުތަކަށް ގައުމީ ބޭންކު، ބީއެމްއެލުން ފައިނޭންޝަލް ފެސިލިޓީ ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

https://sun.mv/219840

ޠާރިޤް ވިދާޅުވީ، ރިސޯޓުތަކަށް އަންނަ ފަތުރުވެރިން މަދުވުމުން އެ ތަންތަން ހިންގުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާއެކު މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން، މިހާރު ހިންގުމަށް ދަތިވެފައި ހުރި ރިސޯޓުތަކަށް މާލީ އެހީ ދިނުމަށް ބޭންކުތަކާ ވާހަކަދެއްކުމަށް މަޓީން އެދުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގައި ކުރާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފައެވެ. ތާރިގު ވިދާޅުވި ގޮތުގައި، މިދިޔަ މަހު 28އިން އިއްޔެއާ ހަމައަށް 496 ފުލައިޓު ވަނީ ކެންސަލްވެފައެވެ.

ނަމަވެސް، ފުލައިޓުތައް އަންނަ މިންވަރު އިތުރުކޮށް، އާ އެއާލައިންތަކާ އެކު އެއްބަސްވުންތައް ހެދުމަށް މަސައްކަތްކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން، އިތިއޯޕިއަން އެއާލައިނާ އެއްކޮށް ސޮއިކޮށް، ދަތުރުތައް ފަށަން ތައްޔާރުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް