ހަފުތާއެއް ތެރޭ ޚަރަދު ކުޑަ ކުރުމުގެ ޕްލޭން ރައީސަށް ހުށަހަޅާނަން: ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ރައީސް ޑރ. މުއިއްޒު: ވިދާޅުވީ، -- ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، ދިވެހިރާއްޖޭގެ މާލީ ހާލަތު ހަރުދަނާކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ އުފުލުންތަކާއި މާލީ މާކެޓްތަކުގެ ވޮލަޓިލިޓީގެ ސަބަބުން ރާއްޖޭގެ ކޭޝް ފްލޯއަށް ވަނީ ނޭދެވޭ އަސަރުތަކެއް ކުރަން ފަށާފައެވެ. މި ހާލަތު ދެނެގަނެ، ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ފަށާފައެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހާމަކުރެއްވި ގޮތުގައި، މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދައުލަތުން ޚަރަދު ކުރާ ދާއިރާތައް އިތުރަށް މުރާޖައާ ކުރަން ޖެހެއެވެ. ޚާއްސަކޮށް، ބަޖެޓުން ރައްކާތެރިކުރެވޭނެ ފައިސާ ހޯދައި، އެ ފައިސާ އިގްތިސާދީ އެހެން ކަންކަމަށް ބޭނުންކުރުމަކީ މިވަގުތު އެންމެ ބުއްދިވެރި ގޮތެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަމާ ގުޅޭ ފުރިހަމަ ޕްލޭނެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭނެއެވެ. ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ކުރާ ބޭރު ދަތުރުތައް މަދުކުރުމެވެ. މިހާރު އަމަލުކުރަމުންދާ ގޮތަކީ، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ހުއްދަ ނުދިނުމެވެ. އޭގެ ބަދަލުގައި، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށް މިނިސްޓްރީން ދަނީ އިރުޝާދު ދެމުންނެވެ. މިއީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

  • މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވުން.
  • ޚަރަދު ކުޑަކުރުމުގެ ޕްލޭން ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ރައީސަށް ހުށަހެޅުން.
  • ސަރުކާރުގެ ބޭރު ދަތުރުތައް މަދުކޮށް، އޮންލައިންކޮށް ކަންކަން ހަމަޖެއްސުމަށް އިސްކަންދިނުން.
  • ހަނގުރާމަ ހުއްޓުނަސް އިގްތިސާދު އާންމު ހާލަތަކަށް އައުމަށް މަދުވެގެން ހަތަރު މަސް ދުވަސް ނަގާނެކަމަށް ބެލެވުން.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިހާރުގެ ހާލަތަށް ބަލައި، ޚަރަދު ކުރެވޭނެ ދާއިރާތަކާއި ބަޖެޓުން ރައްކާކުރެވޭނެ ދާއިރާތައް ބަލައި، އެކަމުގެ ޕްލޭނެއް ކުރިއަށް އޮތް ހަފުތާއެއް ތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ހާމަކުރައްވައިފިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭން ޚަރަދުކުޑަ ކުރުމުގެ ފިޔަވަޅުތައް ނާޅާ ކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.

އެހެން އެކަން އޮއްވައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، އެ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ބަލަމުން އަންނަ ކަމަށެވެ.

އެ ކަމުގެ މަޝްވަރާތައް ފިނޭންސް މިނިސްޓްރީގެ ޓީމަކުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު --- ފޮޓޯ: ރައީސް އޮފީސް

ފައިނޭންސް ކުރެވޭނެ ކޮންމެވެސް މެކޭނިޒަމެއް ގެންނަން ޖެހޭނެ. ޓޯޓަލް ފައިނޭންސިން އެވެއިލަބަލް ވާނެ އަދަދަށް ވެސް ބަދަލު އަންނާނެ މިހާ ބޮޑު މާކެޓް ވޮލަޓިލަޓީއެއް އައިމާ. އެހެންވީމަ އެ ގޮތަށް ބަލާފައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭ އަޅުގަނޑު ރައީސް އަރިހަށް ދާނަންފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ނަމަވެސް، ރައީސަށް ހުށަހަޅާ ޕްލޭނަކީ ފަހަރުގައި އާންމު ކުރެވިދާނެ އެއްޗެއް ނޫން ކަމަށާއި މުހިންމު ކަންކަން ހާމަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާހިރުންނާ ހަވާލާދީ، ޒަމީރު ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓާލި ކަމަށްވީ ނަމަވެސް އާންމު ހާލަތަކަށް ދާން އެންމެ މަދުވެގެން ހަތަރު މަސްވާނެއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ދައުލަތުގެ ކޭޝް ފްލޯއަށް އަސަރުތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެހެންވެ، އެ ކަމަށް ސަމާލުވެ، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ މަސައްކަތްތައް ކުރާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

އެއް ކަމަކަށް ޒަމީރު ފާހަގަކުރެއްވީ، ބޭރަށް ކުރާ ދަތުރުތައް މިވަގުތަށް ހުއްޓާލައި، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ކުރަން ނޫނީ ހުއްދަ ނުދޭ ކަމެވެ. މިގޮތުން، އޮންލައިންކޮށް ކަންކަން ހަމަޖައްސަން މަޝްވަރާ ދެމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް