ކޮޓަރި އަނދާ އަޅިއަށް، 7 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

އަލިފާނުގެ ހާދިސާގައި އަނދާފައިވާ ކޮޓަރި -- ފޮޓޯ: އެންޑިއެންއޭ

ހުޅުމާލޭގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ގެއްލުން ލިބުނު 7 ފަރާތަކަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ލޮޓް 11395 ގައެވެ. އަލިފާނުގެ ސަބަބުން އެ ގޭގެ އެއް ކޮޓަރި އެއްކޮށް އަނދައި ހުލިވެފައިވާއިރު، އެހެން ކޮޓަރިތަކަށާއި ސިޓިން ރޫމަށް ވަނީ ދުމާއި އަލިފާނުގެ އަސަރުކޮށްފައެވެ. ހާލުގައި ޖެހުނު ފަރާތްތަކަށް 5 ދުވަހުގެ މުއްދަތަށް ކެއިން ބުއިމާއި އަންނައުނު އަދި ބޯހިޔާވަހިކަން އެ އޮތޯރިޓީން ވަނީ ހަމަޖައްސައިދީފައެވެ.

  • ހުޅުމާލޭ ލޮޓް 11395 ގައި ހިނގި އަލިފާނުގެ ހާދިސާ.
  • ގެއެއްގެ އެއް ކޮޓަރި އެއްކޮށް އަނދައި، އެހެން ތަންތަނަށް ގެއްލުންވުން.
  • ގެއްލުން ލިބުނު 7 މީހަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދިނުން.
  • 5 ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިން ބުއިމާއި އަންނައުނު ހަމަޖައްސައިދިނުން.

ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއްގެ ކޮޓަރިއެއްގައި ރޯވެ، ހަތް މީހަކަށް ވަގުތީ ބޯހިޔާވެހިކަން ދީފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިރޭ ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ، އަލިފާން ހިފާފައިވަނީ ހުޅުމާލެ ލޮޓް 11395 ގައި ކަމަށެވެ. އަދި، އެ ހާދިސާގައި އެ ގޭގެ ކޮޓަރިއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އެ އޮތޯރިޓީން މިއަދު ހަވީރު ވަނީ ބުނެފައެވެ.

މިރޭ އެ އޮތޯރިޓީން ހިއްސާކޮށްފައިވާ އެންމެ ފަހުގެ އަޕްޑޭޓުގައި ވަނީ ލިބުނު ގެއްލުމުގެ ސަބަބުން އެ ގޭގެ އެއް ކޮޓަރި އެއްކޮށް އަނދާފައިވާ ކަމަށެވެ. އަދި، ގޭގެ ދެން ހުރި ކޮޓަރިއާއި ސިޓިން ރޫމަށް ވެސް ކަޅު ދުމާއި އަލިފާނުގެ އަސަރު ކޮންމެ ވެސް ވަރަކަށް ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެހެންވެ، އެ އޮތޯރިޓީގެ ފަރާތުން އެ ގޭގައި ދިރިއުޅުނު ހަތް މީހަކަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސާދީފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ދާދި ފަހުން ވަނީ ހުޅުމާލޭ ހިޔާ ޓަވަރެއްގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި އެ ޓަވަރުގެ 38 އެޕާޓުމަންޓެއްގެ ނަރުދަމާއާއި ފެން ހޮޅިއަށް ވަނީ ގެއްލުން ލިބިފައެވެ.

comment ކޮމެންޓް