ފިލްމު ފެސްޓިވަލަކަށް ޗައިނާގެ ބަތަލާއަކު އަތްދަބަހުގެ ބަދަލުގައި ގެންދިޔަ ޕްލާސްޓިކް ކޮތަޅަށް އާއްމުންގެ ސަމާލުކަން ލިބިއްޖެ

ޖަންގް ޖިންގްޔީ ބެއިޖިންގް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގެ ރެޑް ކާޕެޓުގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބެއިޖިންގް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓުގައި ޗައިނާގެ މަޝްހޫރު ބަތަލާ ޖަންގް ޖިންގްޔީ، އަގުބޮޑު ދަބަހެއްގެ ބަދަލުގައި އާދައިގެ ރީނދޫ ކުލައިގެ ޕްލާސްޓިކް ކޮތަޅެއް ހިފައިގެން ހުރުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ގިނަ ބަޔަކު ހީކުރީ މިއީ ބެލެންސިއާގާގެ އަގުބޮޑު 'ޓްރޭޝް ޕައުޗް' ކަމަށެވެ. ނަމަވެސް، ފަހުން އެނގުނު ގޮތުގައި މިއީ އޭނާގެ އާ ފިލްމު 'ދަ ވަން' ގައި ކުޅޭ ކެރެކްޓާ ދައްކުވައިދޭން އޭނާ ކުރި ކަމެކެވެ. މިއީ ފެޝަނުގެ ތެރޭގައި ލިބުނު ފުރުސަތެއްގެ ބޭނުން ހިފައިގެން ކުރި އާޓިސްޓިކް މަސައްކަތެކެވެ.

  • ޖަންގް ޖިންގްޔީ ފެސްޓިވަލަށް ހާޒިރުވީ ޕްލާސްޓިކް ކޮތަޅަކާއެކުއެވެ
  • އާންމުން މިކަން ގުޅުވީ ބެލެންސިއާގާގެ 1800 ޑޮލަރުގެ ދަބަހަކާއެވެ
  • މިއީ އޭނާގެ އާ ފިލްމުގެ ކެރެކްޓާ ރަމްޒުކޮށްދޭން ކުރި ކަމެއްކަން ހާމަވިއެވެ
  • ފިލްމު ދަ ވަން ގައި އޭނާ ކުޅެނީ އަޑުއިވުމުން މަހުރޫމްވެފައިވާ އާއިލާއެއްގެ މެމްބަރެކެވެ

ބެއިޖިންގް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގެ ރެޑް ކާޕެޓުގައި ޗައިނާގެ މަޝްހޫރު ބަތަލާ ޖަންގް ޖިންގްޔީ، "ކުނި ކޮތަޅަކާ" ވައްތަރު ދަބަހެއް ހިފައިގެން ހުރުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.

މި ފެސްޓިވަލްގެ ރެޑް ކާޕެޓުން ޖަންގް ފެނުނުއިރު، އާންމުކޮށް މިފަދަ ހަފުލާތަކުގައި ބޭނުންކުރާ އަގުބޮޑު ފަރުމާގެ ކްލަޗް ނުވަތަ ދަބަހުގެ ބަދަލުގައި އޭނާ ހިފައިގެން ހުރީ ރީނދޫ ކުލައިގެ އާދައިގެ ޕްލާސްޓިކް ކޮތަޅެކެވެ. މިއާއެކު ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

އުމުރުން 26 އަހަރުގެ މި ބަތަލާ ކަޅުކުލައިގެ ހެދުމެއްގައި ވަރަށް ފުރިހަމައަށް ފެނުނު ނަމަވެސް، އެންމެންގެ ދޫތަކުގައި އޮތީ އޭނާ ހިފައިގެން ހުރި އާދައިގެ "ދަބަހުގެ" ވާހަކައެވެ.

ބައެއް ސަޕޯޓަރުން ވަނީ މިއީ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ބެލެންސިއާގާގެ 'ޓްރޭޝް ޕައުޗް' އާ އެއްގޮތް އެއްޗެއް ކަމަށް ބުނެފައެވެ. ސަޕޯޓަރުން ސިފަކުރި ބެލެންސިއާގާގެ އެ ދަބަހަކީ ކުނި އަޅާ ކޮތަޅަކާ އެއްގޮތަށް ފަރުމާކޮށްފައިވާ، 1,800 އެމެރިކާ ޑޮލަރަށް ވިއްކާ އަގުބޮޑު އުފެއްދުމެކެވެ.

މި އުފެއްދުމާ ގުޅޭގޮތުން ބެލެންސިއާގާގެ ކްރިއޭޓިވް ޑައިރެކްޓަރު ޑެމްނާ ބުނެފައި ވަނީ، ދުނިޔޭގެ އެންމެ އަގުބޮޑު ކުނި ކޮތަޅު ހެދުމުގެ ފުރުސަތު ދޫކޮށްލަން ބޭނުންނުވީ ކަމަށާއި، ފެޝަނުގެ ދުނިޔޭގައި މިފަދަ ތަފާތު ކަންކަމަށް މީހުން ޝައުގުވެރިވާނެ ކަމަށެވެ.

ޖަންގް ޖިންގްޔީ މަޝްހޫރު މޮޑެލް ނައޯމީއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ޖަންގްގެ މި ފެނުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ޖޯކު ޖަހައި، ތަފާތު 'މީމްސް' ތައް ހިއްސާކޮށްފައެވެ.

"ޖަންގް ޖިންގްޔީ 1,790 ޑޮލަރުގެ ބެލެންސިއާގާ ދަބަހެއް ދައްކާލަނީ... އެކަމަކު މުޅި ދުނިޔެއަށް އެއީ ހަމަ އަހަރެމެން ބާޒާރު ކުރަން ގެންގުޅޭ ކޮތަޅު" އެކްސްގައި މީހަކު ލިޔެފައިވެއެވެ.

ނަމަވެސް، ފަހުން މިކަން ތަހުގީގުކުރި ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ޖަންގް ހިފައިގެން ހުރީ ބެލެންސިއާގާގެ އަގުބޮޑު ދަބަހެއް ނޫނެވެ. އެއީ ހަމަ އާދައިގެ ރީނދޫ ކުލައިގެ ޕްލާސްޓިކް ކޮތަޅެކެވެ.

ރިޕޯޓްތައް ބުނާގޮތުން އޭނާ މިގޮތަށް އަމަލުކުރީ އެއްވެސް ބްރޭންޑެއް ރަމްޒުކޮށް ފެޝަނެއްގެ ގޮތުގައެއް ނޫނެވެ. އެއީ އޭނާގެ އެންމެ ފަހުގެ ފިލްމު "ދަ ވަން"ގައި ކުޅެފައިވާ ކެރެކްޓާއާ ގުޅުވައިގެން، ފިލްމުގެ ވާހަކަ ރަމްޒުކޮށްދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި ފިލްމުގައި ޖަންގް ކުޅެފައި ވަނީ އަޑުއިވުމުން މަހުރޫމްވެފައިވާ އާއިލާއަކަށް އުފަން އަޑު އިވުމުގެ ނަސީބު ލިބުމު ހަމައެކަނި މެމްބަރުގެ ކެރެކްޓާއެވެ.

ޖަންގް ޖިންގްޔީގެ މަގުބޫލު ޗައިނީޒް ޓެލެވިޒަން ސީރީސްތަކުގެތެރޭ "ލައިޓާ އެންޑް ޕްރިންސެސް"ގެ އިތުރުން "ހިޑްން ބްލޭޑް" ހިމެނެއެވެ.

comment ކޮމެންޓް