އައިކެއަރ ނަޔާ ރޯދަ ހަދިޔާ: 30 ޕަސެންޓުގެ ޑިސްކައުންޓާއި ލަންކާ ދަތުރެއް ހޯދުމުގެ ފުރުސަތު!

އައިކެއަރ އޮޕްޓިކަލްސް: ހަތަރު މީހުންގެ ލަންކާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައި --- ފޮޓޯ/ އައިކެއާ

ރޯދަ މަހަށް ޚާއްސަކޮށް "ނަޔާ ރޯދަ ހަދިޔާ 2026"ގެ ނަމުގައި އައިކެއަރ އޮޕްޓިކަލްސްއިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އައިކެއަރއިން ބުނީ، މިއީ، ކަސްޓަމަރުންނަށް ބޮޑެތި ޑިސްކައުންޓްތަކަކާއެކު އާއިލާ ނުވަތަ ރައްޓެހިންނާއެކު އަގުހުރި ތަޖުރިބާއެއް ކޮށްލުމުގެ ފުރުސަތެއް ފަހިކޮށްދިނުމަށް ރޭވިފައިވާ ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަނުން އެންމެ ފާހަގަކުރެވޭ އިނާމަކީ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ލިބޭ ސްރީލަންކާގެ ހަތަރު ރޭގެ އާއިލީ ދަތުރެވެ. ހަތަރު މީހުންގެ އާއިލާއަކަށް ދެވޭ މި ދަތުރުގެ ތެރޭގައި ހިމެނެނީ:

  • ދެކޮޅު ފްލައިޓް ޓިކެޓް
  • ހުރުމުގެ އިންތިޒާމް
  • ތިން އިރުގެ ކެއުން
  • ލަންކާގެ މަޝްހޫރު ތިން މަންޒިލް ކަމަށްވާ ކެންޑީ، ނުވަރައެލިޔާ އަދި އެލާ ބަލާލުމުގެ ފުރުސަތު

މީހަކު އައިކެއާގެ ފިހާރައަކުން ވިޔަފާރި ކުރަނީ-- ފޮޓޯ: އައިކެއާ

އެ ގުރުއަތުގައި ބައިވެރިވެވޭނީ އައިކެއަރގެ އައުޓްލެޓްތަކުން އެއްފަހަރާ 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ. އައިކެއަރއިން ބުނީ، ޕްރޮމޯޝަންގެ މުއްދަތު ހަމަވުމުން ނަސީބުވެރި ފަރާތް ހޮވައި، އައިކެއަރގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އިޢުލާން ކުރާނެ ކަމަށެވެ.

މި ޕްރޮމޯޝަން މުއްދަތުގައި އައިކެއަރއިން ހޮވާލެވިފައިވާ ވަކި ބްރޭންޑްތަކެއްގެ ފްރޭމާއި އަވިއައިނުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އައިކެއާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ޝަރުތުހަމަވާ ވިޔަފާރިތަކަށް 500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހު 26ގެ ނިޔަލަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އައިކެއަރ އޮޕްޓިކަލްސްގެ ހުރިހާ ފިހާރަތަކެއްގައި މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ.

comment ކޮމެންޓް