ހިމަބިއްސަށް ޕޮޒިޓިވްވި ދިވެހި ޒުވާނަކު މަރުވެއްޖެ

އެމްބިއުލާންސެއް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހިމަބިއްސަށް (މީސަލްސް) ޕޮޒިޓިވްވެ، ފަރުވާ ދެމުންދިޔަ ދިވެހި ޒުވާނަކު މިއަދު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މި ބަލީގައި މަރުވެފައިވަނީ ގދ. ފިޔޯރީ، ޑްރީމީލައިޓް، އިބްރާހީމް ދިޔާޝް ރަޝީދު (24 އަހަރު) އެވެ.

އޭނާ މަރުވީ ހިމަބިއްސަށް ޕޮޒިޓިވްވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި ޒުވާނާއަކީ އިމިއުން ސިސްޓަމް ކޮމްޕްރޮމައިޒްވެފައިވާ ނުވަތަ ބަލިތަކުން ދިފާއުވުމަށް ހަށިގަނޑުގެ ތެރޭގައި މަސައްކަތްކުރާ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ފަރާތެކެވެ.

ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވާ ކޭސްތައް ފެންނަމުންދާތީ، އެކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ދޭތެރެއަކުން މި ބަލީގެ ކޭސްތައް ރާއްޖެއިން ފެންނަމުންދެއެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ސިއްހީ އިދާރާތަކުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު