ގިނަ ވަގުތު ސްކްރީންތަކަށް ބަލަން ހުރުމުގެ ސަބަބުން ލޮލަށް ބާރު ބޮޑުވެ، ބޮލުގައި ރިއްސުމާއި ފެންނަ އެއްޗެހި ފުސްވުމަކީ މިއަދުގެ ދިރިއުޅުމުގައި ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. ނަމަވެސް، މިފަދަ އަލާމާތްތަކަށް ފަރުވާކުޑަކޮށް، ލޯ ޗެކްކުރުން ފަސްކުރުމަކީ ދިގު މުއްދަތުގައި ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް އައިކެއާ އޮޕްޓިކަލް އިން ހާމަކުރެއެވެ.
އައިކެއާ އިން ފާހަގަކުރާ ގޮތުގައި، ގަވާއިދުން ލޯ ޗެކްކުރުމަކީ ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި، ފެނުމަށް އަންނަ ކުދިކުދި ބަދަލުތައް ދެނެގަތުމަށް ކޮންމެހެން މުހިންމު ކަމެކެވެ. ގިނަ ފަހަރަށް ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކަށް އިންސާނާގެ ހަށިގަނޑު އަމިއްލައަށް ހޭނެމުންދާއިރު، އެކަން އިހުސާސް ކުރެވެނީ މައްސަލަ ބޮޑުވާ ހިސާބުންނެވެ. އެހެންކަމުން، ބޮލުގައި ރިއްސުމާއި ލޯ ފުސްވުން ފަދަ ކަންކަމަކީ ލޮލުގެ ފަރުވާއަށް ބޭނުންވެފައިވާ ކަމުގެ ކުރީގެ ނިޝާންތަކަކަށް ވެދާނެއެވެ.

ލޮލުގެ ޚާއްސަ ޑޮކްޓަރެއް، ޕޭޝަންޓަކަށް ފަރުވާ ދެނީ -- ފޮޓޯ/ އައިކެއާ
ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެދެމުންދާއިރު، ފޯނު ކޯލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދުމަށް ކިއޫގައި މަޑުކުރުމުގެ ބަދަލުގައި، ކަސްޓަމަރުންގެ ވަގުތު ސަލާމަތްކޮށްދިނުމަށް އައިކެއާ އިން ވަނީ ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އައިކެއާގެ އަމާޒަކީ ކޮންމެ ކަސްޓަމަރަކަށް ވެސް އެއްވެސް ތަކުލީފެއް ނެތި، އަވަސްކަމާއެކު ލޮލުގެ ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.
ކޯލް ކިއުގައި ގިނަވަގުތު ހޭދަކުރުމުގެ ބަދަލުގައި އައިކެއާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު އެޕޮއިންޓްމެންޓް ބުކް ކުރެވޭނެއެވެ. މީގެ އިތުރުން، ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް 7201026 އަށް މެސެޖު ކޮށްގެން ވެސް ވަރަށް ފަސޭހަކަމާއެކު އެޕޮއިންޓްމެންޓް ކަށަވަރު ކުރެވޭނެއެވެ.
މި އިންތިޒާމްތަކުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މައުލޫމާތު ސާފުކޮށް ބޭނުންވާ ވަގުތަކަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ވީމާ، ލޮލުގެ ފެނުމަށް ކުޑަވެސް ބަދަލެއް އައިސްފައިވާނަމަ ނުވަތަ ސްކްރީންތަކަށް ބަލާއިރު އުނދަގޫވާނަމަ، ލަސްނުކުރައްވައި އޮންލައިންކޮށް އެޕޮއިންޓްމެންޓް ހަދައިގެން ލޯ ޗެކްކުރުމަކީ ދުޅަހެޔޮ ފެނުމަކަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އައިކެއާ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދާނެ ގޮތް: