ފަތުރުވެރިކަމުގެ ޑިޖިޓަލް ލައިފްލައިން: ދިރާގުން ގުޅުވައިދޭ ޒަމާނީ ވިއުގަ

ދިރާގުގެ މައި އޮފީސް: ފަތުރުވެރިކަމަށް ދިރާގުން ގުޅުވައިދެނީ ޒަމާނީ ވިއުގައެއް -- ފޮޓޯ/ ދިރާގު

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކާމިޔާބީ މިއަދު އެންމެ ބޮޑަށް ގުޅިފައިވަނީ ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރާއެވެ. ފަތުރުވެރިންނަށް ފުރިހަމަ ތަޖުރިބާއެއް ދިނުމަށާއި، ރިސޯޓުތަކުގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް މެދުކެނޑުމެއްނެތް އިންޓަނެޓްގެ ޚިދުމަތް އޮތުމަކީ މަޖުބޫރުކަމެކެވެ. ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން އަންނަނީ ފައިބަރ ބްރޯޑްބޭންޑާއި، 5ޖީ އަދި ކްލައުޑް ސޮލިއުޝަންތައް މެދުވެރިކޮށް މި ޑިޖިޓަލް ލައިފްލައިން ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރަމުންނެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ފައިބަރ އިންޓަނެޓާއި މޮބައިލް ކަވަރޭޖް ފޯރުކޮށްދީ، ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ދިރާގުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ސްމާޓް ޓެކްނޮލޮޖީތަކުގެ ބޭނުން ހިފުމަށް ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ މަގުފަހިވެފައެވެ.

  • ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ސަތޭކަ އިންސައްތަ ފައިބަރ އިންޓަނެޓް އަދި މޮބައިލް ކަވަރޭޖް ފޯރުކޮށްދީފައެވެ.
  • އޫކްލާގެ ސްޕީޑްޓެސްޓް އެވޯޑްސްއިން ރާއްޖޭގެ އެންމެ ހަލުވި އަދި އެންމެ މޮޅު 5ޖީ ނެޓްވޯކްގެ އެވޯޑު ދިރާގަށް ވަނީ ލިބިފައެވެ.
  • ސައިބަރ ސެކިއުރިޓީއާއި ޑޭޓާ ރައްކާތެރިކުރުމަށްޓަކައި ހުޅުމާލޭގައި ރާއްޖޭގެ ފުރަތަމަ ޓިއަރ 4 ގެ ސެޓިފައިޑް ޑޭޓާ ސެންޓަރު ވަނީ ގާއިމުކޮށްފައެވެ.
  • އާޓިފިޝަލް އިންޓެލިޖެންސް އަދި ސްމާޓް ރިސޯޓު ޓެކްނޮލޮޖީތަކަށް ބޭނުންވާ ހަލުވި ކަނެކްޓިވިޓީ ދިރާގުގެ 5ޖީ ވިއުގަ މެދުވެރިކޮށް ލިބިގެންދެއެވެ.
  • ދިރާގުގެ މި އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދުނިޔޭގެ ބާޒާރުގައި ވާދަވެރިކޮށް ދެމެހެއްޓުމަށް އެޅޭ މުހިންމު ބިންގަލެކެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ހަމައެކަނި ރީތި ގޮނޑުދޮށްތަކާއި ސާފު މޫދުގެ މައްޗަށް ބިނާވެފައިވާ ސިނާއަތެއް ނޫނެވެ. މިއަދު މި ސިނާއަތުގެ އެންމެ މުހިންމު އެއް ބިންގަލަކީ ޑިޖިޓަލް ގުޅުމެވެ.

ރީތި ދޮންވެލީގެ ފޮޓޯތައް މުޅި ދުނިޔެއަށް ފެންނަހެން އެ ހުންނަނީ އެ ގުޅުމުގެ ތެރެއިންނެވެ.

ފަތުރުވެރިންނަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށާއި، ރިސޯޓުތަކުގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށާއި، ދުނިޔޭގެ ބާޒާރުގައި ވާދަވެރިކަން ދެމެހެއްޓުމަށްޓަކައި މެދުކެނޑުމެއްނެތް އިންޓަނެޓާއި މުވާސަލާތީ ވިއުގައެއް އޮތުން ވަނީ މަޖުބޫރުވެފައެވެ. މިކަން އެންމެ ބޮޑަށް ގުޅިފައިވަނީ މި އަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހު (ޑަބްލިއުޓީއައިއެސްޑީ)ގެ ޝިއާރު ކަމަށްވާ “ޑިޖިޓަލް ލައިފްލައިންސް: ގުޅިފައިވާ ދުނިޔެއެއްގައި ވިލުންތެރިކަން ވަރުގަދަކުރުން” މި މައުޟޫއާއެވެ.

މިއަދުގެ ފަތުރުވެރިން އުންމީދުކުރަނީ މުވާސަލާތުކުރުމަށާއި، ދުރުގައި ހުރެގެން މަސައްކަތްކުރުމަށާއި، ޑިޖިޓަލް މުނިފޫހިފިލުވުމަށާއި، އޮންލައިން ޚިދުމަތްތައް ހޯދުމުގެ އިތުރުން އެ މީހުންގެ ތަޖުރިބާތައް ވަގުތުން ވަގުތަށް މީސްމީޑިއާގައި ހިއްސާކުރުމަށް ފުރިހަމަ ކަނެކްޓިވިޓީއެއް ލިބުމަށެވެ. އެހެންވެ، މި ޑިޖިޓަލް ލައިފްލައިން ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުން އަދާކުރަނީ ވަރަށް މުހިންމު ދައުރެކެވެ.

ދިރާގުން ސަބްމެރިން ކޭބަލް ސިސްޓަމް ގާއިމުކުރުން: އެ ސިސްޓަމާ އެކު ރާއްޖެ ވަނީ އިންޓަނެޓް ސުޕަރ ހައިވޭއާ ގުޅުވާލާފައި --- ފޮޓޯ/ ދިރާގު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުރިފައިވާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީ އުޅަނދުތަކުގެ އިތުރުން ޑައިވް ސެންޓަރުތަކާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ އެހެނިހެން ފަރާތްތަކުން ބަރޯސާވަނީ ވިލުންތެރި ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރަކަށެވެ. މީގެ ތެރޭގައި ރިޒަވޭޝަން ހެދުމާއި، ފައިސާ ދެއްކުމުގެ ނިޒާމުތަކާއި، ކްލައުޑް އޮޕަރޭޝަންތަކާއި، ސްމާޓް ޓެކްނޮލޮޖީތަކުގެ އިތުރުން ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހިމެނެއެވެ. ދިވެހިރާއްޖޭގެ ގުޅުމުގެ ގޮތުން ދިރާގުން އަންނަނީ ފައިބަރ ބްރޯޑްބޭންޑާއި، މުޅި ރާއްޖެއަށް ފެތުރިފައިވާ މޮބައިލް ކަވަރޭޖާއި، 5ޖީ ޚިދުމަތްތަކާއި، ކްލައުޑް ސޮލިއުޝަންތަކުގެ އިތުރުން ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރު މެދުވެރިކޮށް ފަތުރުވެރިކަމުގެ ސިނާއަތް ބާރުވެރިކުރުވަމުންނެވެ.

މި ގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 އިންސައްތަ ފައިބަރ-ޓު-ދަ-ހޯމް ކަވަރޭޖް ފޯރުކޮށްދިން ފުރަތަމަ އަދި ހަމައެކަނި މުވާސަލާތީ ޚިދުމަތްދޭ ކުންފުނީގެ ގޮތުގައި ދިރާގު ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، ދިރާގުގެ 100 އިންސައްތަ މޮބައިލް ނެޓްވޯކް ކަވަރޭޖުގެ ސަބަބުން، ޖިއޮގްރަފީ ގޮތުން ވަކިވަކިން އޮންނަ ރަށްތަކާއި ދުރު ހިސާބުތަކުގައި ހަރަކާތްތެރިވާ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށާއި ފަތުރުވެރިންނަށް އަބަދު ވެސް ގުޅިފައި ތިބުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.

ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ދިރާގުގެ ލިމިޓެއް ނެތް ހައި ސްޕީޑް ފައިބަރ ފޯރުކޮށްދިނުން -- ފޮޓޯ/ ދިރާގު

މޯބައިލް އިނޮވޭޝަންގައި ދިރާގުން ހޯދަމުންދާ ކުރިއެރުންތަކަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެކެވެ. މި އަހަރު ސްޕެއިންގެ ބާސެލޯނާގައި ބޭއްވި މޮބައިލް ވޯލްޑް ކޮންގްރެސްގައި، އޫކްލާގެ ސްޕީޑްޓެސްޓް އެވޯޑްސްއިން ދިރާގަށް ވަނީ ރާއްޖޭގެ “އެންމެ ހަލުވި 5ޖީ ނެޓްވޯކް”، “އެންމެ މޮޅު 5ޖީ ނެޓްވޯކް”، އަދި “އެންމެ މޮޅު 5ޖީ ގޭމިންގ އެކްސްޕީރިއަންސް” ގެ އެވޯޑު ލިބިފައެވެ. މި އެވޯޑުތަކަކީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސްހިސާބުތަކަށް ބިނާކޮށް ދީފައިވާ އެވޯޑުތަކެކެވެ. މި ކުރިއެރުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ފޯރުކޮށްދޭ ގެސްޓް ސާވިސްތަކާއި، ސްމާޓް ރިސޯޓު ޓެކްނޮލޮޖީތަކާއި، ޑިޖިޓަލް ތަޖުރިބާތަކުގެ އިތުރުން ފަތުރުވެރިންނާއި ވިޔަފާރިތަކަށް ބޭނުންވާ އިތުބާރު ހުރި ހަލުވި ކަނެކްޓިވިޓީ ކަށަވަރުވެގެންދަނީ މި 5ޖީ ވިއުގަ މެދުވެރިކޮށެވެ.

މިއީ ޒަމާނީ ފަތުރުވެރިން އެންމެ ބޮޑަށް ބޭނުންވާ ކަންކަމެވެ. ދިރާގުގެ މި އިންވެސްޓްމަންޓްތަކަކީ ސީދާ ފަތުރުވެރިކަމުގެ ކުރިއެރުމާ ގުޅިފައިވާ ކަންކަމެވެ.

ދިރާގަށް ލިބުނު އެވާޑްތައް: އޫކްލާގެ ސްޕީޑްޓެސްޓް އެވޯޑްސްއިން ދިރާގަށް ވަނީ ރާއްޖޭގެ “އެންމެ ހަލުވި 5ޖީ ނެޓްވޯކް”، “އެންމެ މޮޅު 5ޖީ ނެޓްވޯކް”، އަދި “އެންމެ މޮޅު 5ޖީ ގޭމިންގ އެކްސްޕީރިއަންސް” ގެ އެވޯޑު ލިބިފައި -- ފޮޓޯ/ ދިރާގު

ޑިޖިޓަލް އޮޕަރޭޝަންތައް ފުޅާވަމުންދާ ވަރަކަށް، ސައިބަރ ސެކިއުރިޓީއާއި ޑޭޓާ ރައްކާތެރިކުރުމަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި ކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ދިރާގުން ވަނީ ރާއްޖޭގެ ފުރަތަމަ ޓިއަރ 4 ސެޓިފައިޑް ޑޭޓާ ސެންޓަރު ހުޅުމާލޭގައި ހުޅުވާފައެވެ. މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ސައިބަރ ސެކިއުރިޓީ ވަރުގަދަވެ، ފަތުރުވެރިކަމުގެ މުހިންމު ނިޒާމުތަކާއި ފަތުރުވެރިންގެ މަޢުލޫމާތުތައް ރައްކާތެރިކުރެވި، ވިޔަފާރިތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް މަގުފަހިވެއެވެ. އަދި، މުޅި ގައުމަށް ރައްކާތެރި ކްލައުޑް އަދި ހޯސްޓިން ޚިދުމަތްތައް ހޯދުމަށް ވެސް މިކަމުގެ ސަބަބުން ފަސޭހަވެއެވެ.

ދިރާގުން ގާއިމުކުރި ޑޭޓާ ސެންޓަރު: މިއީ ޒަމާނީ ރާއްޖެއަކަށް މުހިންމު އިންވެސްޓްމަންޓެއް -- ފޮޓޯ/ ދިރާގު

ވިލުންތެރި އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ އިންފްރާސްޓްރަކްޗަރއަކަށް ދިރާގުން ކުރަމުންދާ އިންވެސްޓްމަންޓްތަކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށާއި، އިންނޮވޭޝަނަށް އަދި ދުނިޔޭގެ ބާޒާރުގައި ވާދަވެރިކަން ދެމެހެއްޓުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ. ޑިޖިޓަލް ލައިފްލައިންތައް ވަރުގަދަކުރުމަށް ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހު ގޮވާލާ ގޮވާލުމާ އެއްގޮތަށް، ދިރާގުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދެމުންނެވެ. އަތޮޅުތެރެއަށް ޑޭޓާ ސެންޓަރުތައް ފުޅާކުރުމާއި، 5ޖީ ވިއުގަ އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެކަން ޔަގީނެވެ.

ޚާއްސަކޮށް އަތޮޅުތެރޭގައި ހިންގާ ރިސޯޓުތަކުން ކްލައުޑް ޚިދުމަތްތަކަށް ބަދަލުވަމުންދާ މި ދަނޑިވަޅުގައި، ދިރާގުގެ މި އިންވެސްޓްމަންޓްތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ޑިޖިޓަލް މުސްތަގުބަލު ބައްޓަންވެގެންދާނެ ގޮތް ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. ދިރާގަކީ ފަތުރުވެރިކަމުގެ މި ޑިޖިޓަލް ލައިފްލައިން ގުޅުވައިދޭ އެންމެ މުހިންމު ވިއުގައެކެވެ.

comment ކޮމެންޓް