ބްލޫ ލެގޫން ލަގްޒަރީ ރެސިޑެންސަސް މަޝްރޫޢުގެ ފުރަތަމަ މަރުހަލާ ނުވަތަ 'އާލީ ފޭސް' ގެ ދަށުން ކަނޑައަޅާފައިވާ ޚާއްސަ އަގުތައް، ރަމަޟާން މަހުގެ ނިޔަލަށް ދަންމާލައިފިކަމަށް އެ މަޝްރޫއުގެ ޑިވެލޮޕަރުން އިއުލާންކޮށްފިއެވެ.
ބްލޫ ލެގޫނުން މައުލޫމާތު ދޭ ގޮތުގައި، "އާލީ ފޭސް" މަރުހަލާގެ އަގުތަކުގައި ވިއްކުމަށް ކަނޑައެޅި އެޕާޓްމަންޓުތަކުގެ އަދަދު މިހާރު ވަނީ އެބްލޫ ލެގޫންގެ ޓީމަށް ހާސިލްކުރެވިފައެވެ. ނަމަވެސް ބަރަކާތްތެރި ރޯދަމަހަށް ޚާއްސަކޮށް ބްލޫ ލެގޫންގެ ޑިވެލޮޕަރުން ވަނީ މި އަގުތަކުގައި ލަގްޒަރީ އެޕާޓްމަންޓުތައް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ރޯދަމަހުގެ ނިޔަލަށް އިތުރުކޮށްދޭން ނިންމައިފައެވެ. އެގޮތުން އީދު ބަންދަށްފަހު އަގުތަކަށް ބަދަލު އަންނާނެތީ، މިހާރުގެ ޚާއްސަ އަގުތަކުގައި އެޕާޓްމަންޓް ބުކްކުރުމުގެ އަގުހުރި ފުރުސަތުގެ ބޭނުން ހިފުމަށް އެ ކުންފުންނިން ވަނީ އެދިފައެވެ.
މިދިޔަ މަހު އޮތް ބިންގާ އެޅުމުގެ ރަސްމިއްޔާތަށްފަހު، ރެސިޑެންޝަލް ޓަވަރުތަކާއި ކޮމާޝަލް އާކޭޑުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ދަނީ ކުރިއަށެވެ. މިހާރު ސައިޓުގައި ބިން ކޮނުމާއި ފައުންޑޭޝަންގެ މަސައްކަތްތައް ފެށިފައިވާއިރު، މިއީ މަޝްރޫޢު ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށް ޑިވެލޮޕަރުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއްކަމަށް ކުންފުނިން ބުންޏެވެ.

ބްލޫ ލެގޫން ލަގްޒަރީ ރެޒިޑެންސް މަޝްރޫއަށް ބިން ކޮނުމާއި ފައުންޑޭޝަން މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ/ ބްލޫ ލެގޫން ލަގްޒަރީ ރެޒިޑެންސް
މި މަޝްރޫޢުގެ ދަށުން އަލަށް ތަޢާރަފުކުރި 'ކޮމިއުނިޓީ ރިވޯޑްސް ޕްރޮގްރާމް' އަކީ ރާއްޖޭގައި މިގޮތަށް ތަޢާރަފުކުރި ފުރަތަމަ ރިފަރަލް ސްކީމެވެ. މި ޕްރޮގްރާމްގެ ދަށުން، މިހާރު އެޕާޓްމަންޓް ބުކްކޮށްފައިވާ ފަރާތަކުން އާ ކަސްޓަމަރަކު ތަޢާރަފުކޮށްދީފިނަމަ، އެ ފަރާތެއްގެ އެޕާޓްމަންޓުން އެއް އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. މީގެ ސަބަބުން މާލީ މަންފާގެ އިތުރުން، އެ ތަނެއްގައި ދިރިއުޅޭނެ އަވަށްޓެރިން އިޚްތިޔާރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.
ބްލޫ ލެގޫން ލަގްޒަރީ ރެސިޑެންސަސްއަކީ އިންޑިއާގެ މަޝްހޫރު އާކިޓެކްޓް ހަފީޒް ކޮންޓްރެކްޓަރު ފަރުމާކޮށްފައިވާ، ތަނަވަސް ދިރިއުޅުމަކާއި ރައްކާތެރިކަން ލިބޭނެހެން ބިނާކުރާ ތަނެކެވެ. މި މަޝްރޫޢުގައި ހިމެނޭ އެޕާޓްމަންޓްތަކަކީ ހުޅުމާލޭގައި ހުންނާނެ އެންމެ ތަނަވަސް އެޕާޓްމަންޓްތަކެވެ. އޭގެ ތެރޭގައި 1,035 އަކަފޫޓުން ފެށިގެން 1,875 އަކަފޫޓާ ދެމެދުގެ އެކި ސައިޒުގެ ދެ ކޮޓަރިއާއި، ތިން ކޮޓަރީގެ އެޕާޓްމަންޓު އެޕާޓްމަންޓްތައް ހިމެނެއެވެ.
މީގެ އިތުރުން، 35,000 އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެއް މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމުގެ ވަސީލަތްތަކަށް ވަނީ ހާއްސަކުރެވިފައެވެ. އޭގެ ތެރޭގައި ޖިމް، ޕްރައިވެޓް ތިއޭޓަރު، އަދި 4,500 އަކަފޫޓުގެ އައުޓްޑޯ ޕާކެއް ހިމެނޭ 'ކްލަބްހައުސް' އާއި، ދެ ޓަވަރު ގުޅުވައިދޭ 18 ވަނަ ފަންގިފިލާގައިވާ 24,000 އަކަފޫޓުގެ 'ޓެރަސް ގާޑަން' ހިމެނެއެވެ.
މިހާރުވެސް ދެ ޓަވަރުން އެޕާޓްމަންޓްތައް ބުކްކުރެވެން ހުރިއިރު، ޝައުގުވެރިވާ ފަރާތްތަކުން ހުޅުމާލޭގައި ހުންނަ ބްލޫ ލެގޫން ސޭލްސް އޮފީހަށް ޒިޔާރަތްކޮށް، އެޕާޓްމަންޓުތަކާ ބެހޭ މައުލޫމާތު ހޯއްދަވައި، ވީއާރު ޓުއަރ މެދުވެރިކޮށް އެޕާޓްމަންޓްތައް ބަލާލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.