''އެލައިޑް ހުޅުމާލެ ރަން''ގެ ފޯރި ހިއްސާކޮށްގެން، އެއާޕޮޑްސް ޕްރޯ 3އެއް ހޯދުމުގެ ފުރުސަތު

އެލައިޑް އިންޝުއަރެންސް އިން، "ޝެއަރ ދަ ރަން" ގެ ނަމުގައި ޚާއްސަ ގިވްއަވޭ ކެމްޕެއިނެއް ފަށައިފި--/ފޮޓޯ، އެލައިޑް

އެލައިޑް އިންޝުއަރެންސްގެ ފަރާތުން ޝެއާ ދަ ރަން ގެ ނަމުގައި އިންސްޓަގްރާމްގައި ޚާއްސަ ގިވްއަވޭ ކެމްޕެއިނެއް ވަނީ ފަށައިފައެވެ. މި ހަރަކާތަކީ ކުރިއަށް އޮތް އެލައިޑް ހުޅުމާލެ ރަން 2026 އަށް ތަރުހީބުދޭ ފަރާތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ގިވްއަވޭގައި ބައިވެރިވެގެން އެންމެ ގިނަ ސްޓޯރީ ހިއްސާކުރާ ނަސީބުވެރި އެއް ފަރާތަކަށް އެޕަލް އެއާޕޮޑްސް ޕްރޯ 3އެއް ލިބޭނެއެވެ.

  • އެލައިޑް އިންޝުއަރެންސްއިން ޝެއާ ދަ ރަން ގެ ނަމުގައި ގިވްއަވޭއެއް ފެށުން
  • އެންމެ ގިނަ ސްޓޯރީ ހިއްސާކުރާ ފަރާތަކަށް އެޕަލް އެއާޕޮޑްސް ޕްރޯ 3އެއް ލިބުން
  • ބައިވެރިވުމަށްޓަކައި އިންސްޓަގްރާމް ސްޓޯރީގައި ފޮޓޯ ނުވަތަ ވީޑިއޯ ހިއްސާކުރަންޖެހުން
  • ޕްރައިވެޓް އެކައުންޓްތަކުން ސްކްރީންޝޮޓް މެސެޖުކޮށްގެން ބައިވެރިވެވޭނެކަން

އެލައިޑް އިންޝުއަރެންސްއިން، "ޝެއާ ދަ ރަން"ގެ ނަމުގައި ޚާއްސަ ގިވްއަވޭ ކެމްޕެއިނެއް ފަށައިފިއެވެ.

އެ ކުންފުނިން ބުނީ މިއީ ކުރިއަށް އޮތް އެލައިޑް ހުޅުމާލެ ރަން 2026 އާ ގުޅިގެން، އެކަމަށް ތަރުހީބު ދިން، ކުންފުނީގެ ވަފާތެރި އޮންލައިން ކޮމިއުނިޓީއަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިޔަށްގެންދާ ހަރަކާތެއް ކަމަށެވެ.

އެލައިޑުން ބުނީ މިދިޔަ ހޯމަ ދުވަހު ފަށައިފައިވާ އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފޮލޯވަރަކަށް އެޕަލް އެއާޕޮޑްސް ޕްރޯ 3އެއް ލިބޭނެ ކަމަށެވެ.

އެ ގިވްއަވޭގައި ބައިވެރިވުމަށް ކުރަންޖެހޭ ކަމަކީ، އެލައިޑް ހުޅުމާލެ ރަން 2026ގެ ފޯރިގަދަކަން ދައްކުވައިދޭ ފޮޓޯ ނުވަތަ ވީޑިއޯ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ހިއްސާކުރުމެވެ.

އެލައިޑް ގިވްއަވޭގައި ބައިވެރިވާނީ އިންސްޓަގްރާމްގައި @allied.mv ފޮލޯ ކުރުމަށްފަހު، އެލައިޑް އިންޝުއަރެންސްގެ ދުވުމާ ގުޅުން ހުރި ޕޯސްޓްތައް އިންސްޓަގްރާމް ސްޓޯރީގައި ޝެއާކުރާނީއެވެ. މިގޮތަށް ޝެއާކުރާއިރު، ސްޓޯރީ ގައި @allied.mv ޓެގް ކޮށް #AlliedHulhumaléRun2026 ހޭޝްޓެގް ހިމަނަންޖެހެއެވެ. އެގޮތުން އެންމެ ގިނައިން ސްޓޯރީ ޝެއާ ކުރާ ފޮލޯވަރަށް ހަދިޔާ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެލައިޑުން ވަނީ، އިންސްޓަގްރާމްގައި ޕްރައިވެޓް އެކައުންޓް ބޭނުންކުރައްވާ ފަރާތްތަކުން، ޝެއާ ކޮށްފައިވާ ސްޓޯރީގެ ސްކްރީންޝޮޓެއް @allied.mv ގެ ޑައިރެކްޓް މެސެޖަށް ފޮނުއްވުމުން ވެސް ބައިވެރިވެވޭނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް