އިންޑިއާގައި އޮންނަ އޭއައި އިމްޕެކްޓް ސަމިޓުގައި އެތައް ފުރުސަތެއް، ދިވެހީން ބައިވެރިވުމަށް ދައުވަތު ދެއްވައިފި

އިންޑިއާގައި އޮންނަ އޭއައި އިމްޕެކްޓް ސަމިޓާ ބެހޭ މައުލޫމާތު އިންޑިއާ ހައިކޮމިޝަނަރު ޖީ. ބަލަސުބްރަމާނިއަން ދެއްވަނީ -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

އަންނަ މަހު، އިންޑިއާގައި އޮންނަ، ބޮޑެތި ޓެކް ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިމްޕެކްޓް ސަމިޓުގައި ދިވެހި ޓެކް ވިޔަފާރިތަކަށާއި މި ދާއިރާގެ މީހުން ބައިވެރިވާން އިންޑިއާ ހައިކޮމިޝަނަރު ޖީ. ބަލަސުބްރަމާނިއަން އެދިވަޑައިގެންފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ވަނީ މި ސަމިޓާ ގުޅުންހުރި މައުލޫމާތު ހިއްސާކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވައިފައެވެ. ހޯމްލޭންޑް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ކިނާނަތު ވެސް ބައިވެރިވެވަޑައިގެންނެވި މި ހަފްލާގައި ހައިކޮމިޝަނަރު ޖީ.ބަލަސުބްރަމާނިއަންއާއި، ރާއްޖޭގައި ހިންގާ ޓެކް ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެވެވަޑައިތެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު ބަލަސުބްރަމާނިއަން ވިދާޅުވީ، އިންޑިއާގައި މި ސަމިޓު ބޭއްވުމަކީ މި ސަރަހައްދުގައި އޭއައި އާއި ޓެކްނޮލިޖީ ކުރިއެރުވުމުގައި އެ ގައުމުން އިސްނަގައި އަދާކުރާ ދައުރު އިތުރަށް ފާހަގަވާ ކަމެއް ކަމަށެވެ. އަދި

އަދި މިއީ ތަރައްގީވަމުން އަންނަ ގައުމެއްގައި މި ސަމިޓު ބާއްވާ ފުރަތަމަ ފަހަރުކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ. އަދި 100 އަށްވުރެ ގިނަ ގައުމުން، އެ ގައުމުތަކުގެ ސަރުކާރުތަކުގެ އޮފިޝަލުންނާއި، ޓެކް ކުންފުނިތަކާއި، އެކި ދާއިރާތަކުގެ މީހުން ބައިވެރިވާ ކަމަަށް ވެސް ސަފީރު ފާހަގަކުރެއްވިއެވެ.

މި ސަމިޓުގައި މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް ވެސް ބައިވެރިވާނެ ކަމަށާއި އެ ފަދަ ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް އެެއްތަން ވާނެ ކަމަށެވެ.

ހައިކޮމިޝަނުން ބުނި ގޮތުގައި، ދިވެހީންނަށް ވެސް މި ފުރުސަތު އެބައޮތެވެ. އަދި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ހައިކޮމިޝަންގައި އެދުމުން އެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި އެހީތެރިވާނެ ކަމަށް ވެސް ބުންޏެވެ.

އަންނަ މަހު މި ސަމިޓު އޮންނާނީ، 16އިން 20އަށް އިންޑިއާގެ ވެރިރަށް ނިއުދެއްލީގައެވެ.

comment ކޮމެންޓް