ހުޅުމާލެ, ކެފޭއެއްގައި އަލިފާން ރޯވެ, ގެއްލުންތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ ރޭ 00:58 ކަންހާއިރު, ހުޅުމާލެ ފޭސް އެކެއްގައި ހުންނަ "ބްރަންޗް ހައުސް" ކެފޭގައި ރޯވެގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެއާއެކު ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް ސިފައިން ބުންޏެވެ.
މި ގޮތުން، ފަޔާފައިޓަރުން ކުރި މަސައްކަތުން ކެފޭގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލެވުނީ ރޭ 01:19 ހާއިރު ކަމަށް ސިފައިން ބުންޏެވެ.
މި ހާދިސާގައި އަލިފާންގަނޑު ފެތުރުނު ބަދިގެއަށް އެކިވަރުގެ ގެއްލުން ލިބިފައިވާތަން ފޮޓޯއިން ފެނެއެވެ. ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ސިފައިން އަދި ނުދެއެވެ.
ސިފައިން އިތުރަށް ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށެވެ.