ކާތިކް، ކުޑަ ކުއްޖަކާ ލޯބީގެ ގުޅުން ބޭއްވި ކަމަށް ބުނެ ފާޑުކިޔުން

ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަން--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ކާތިކް އާރްޔަން އުމުރުން 17 އަހަރުގެ ކުއްޖަކާ ހިތާވެގެން އުޅޭ ކަމަށް ބުނެ މީޑިއާތަކުން ޚަބަރު ފެތުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެކްޓަރަށް އަމާޒުވެއްޖެއެވެ.

މީޑިއާތަކުން ކާތިކް ކުއްޖަކާ ހިތާވެގެން އުޅޭ ކަމަށް ބުނެފައި ވަނީ އާ އަހަރު ފެށުމާ ދިމާކޮށް ކާތިކް ގޯއާއަށް ކުރި ޗުއްޓީ ދަތުރުގެ ފޮޓޯތަކުން ކާކުން ނޭނގޭ ފުރާވަރުގެ އަންހެން ކުއްޖަކު އެކްޓަރާ އެކު ހުރި މަންޒަރު ފެނުމާ ގުޅިގެންނެވެ.

ކާތިކަށްވުރެ އުމުރުން ހަގު ކާކުން ނޭނގޭ ކުއްޖަކާ އެކު އެކްޓަރު ހުރި މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމާ އެކު މީޑިއާތަކުން އެކަމުގެ ހަގީގަތް ބެލުމަށްފަހު އެ ކުއްޖާ ކަމަށް ބެލެވޭ އަންހެން ކުއްޖެއްގެ ވަނަވަރު ވަނީ ހާމަކޮށްފައެވެ.

ރެޑިޓްގް މެމްބަރުން އެ ޕްލެޓްފޯމްގައި އަންހެންކުއްޖާގެ ފޮޓޯތައް ހިއްސާކުރަމުން ބުނެފައި ވަނީ ކާތިކް އުޅެނީ 18 އަހަރު ވެސް ނުފުރޭ އެކްޓަރަށް ވުރެ އެތައް އަހަރެއް ހަގު ކުއްޖަކާ ހިތާވެގެން ކަމަށެވެ.

ކާތިކް އެންމެ ފަހުން އުމުރުން ހަގު ކުއްޖަކާ ހިތާވީ އުމުރުން 37 އަހަރުގެ އަންހެނަކާ އެކު އެކްޓަރަށް އުޅެން ފަސޭހަ ނުވާނެތީ ކަމަށާއި ބޭނުން ގޮތަކަށް އެ އުމުރުގެ މީހެއްގެ ވިސްނުން ބަދަލުކޮށްނުލެވޭނެކަން އެކްޓަރަށް ވިސްނުމުން ކަމަށް ބައެއް މީހުން ރެޑިޓްގައި ބުނެފައިވެއެވެ.

އެކްޓަރު ހިތާވެގެން އުޅޭ އުމުރުން 17 އަހަރުގެ އަންހެން ކުއްޖާ އަކީ އިނިގިރޭސިވިލާތުގެ ޔުނިވަސިޓީއެއްގައި ކިޔަވަމުން އަންނަ ގްރީސްއަށް ނިސްބަތްވާ ކުއްޖެއް ކަމަށް ވެސް ނޫސްތަކުގައި ވަނީ ބުނެފައެވެ.

މި ޚަބަރުތައް އިންޑިއާގެ ނޫސްތަކުގައި ލިޔެ ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އައި ނަމަވެސް މިހާތަނަށް މިކަމާ ގުޅޭގޮތުން އެކްޓަރުގެ ޓީމުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މީގެކުރިންވެސް ބޮލީވުޑްގެ ޒުވާން ބަތަލާއިންނާ އެކު ލޯބީގެ ގުޅުން ބޭއްވިކަމުގެ އަޑުތައް އަރާފައިވާ ކާތިކް ލޯބީގެ ގޮތުން ގުޅުން ބަތަލާއިންގެތެރޭ ސާރާ އަލީ ޚާން، އަނަނިޔާ ޕާންޑޭ އަދި ދެކުނު ބަތަލާ ސްރީލީލާ ހިމެނެއެވެ.

ކާތިކް އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ މަހުގެ 25 ގައި ރިލީޒްކުރި ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"އިންނެވެ.

comment ކޮމެންޓް