ވ. އަތޮޅު ކައިރީ އޮތް ސަފާރީއެއްގައި އަލިފާން ރޯވެ، އަނދަނީ

ވ. އަތޮޅު ކައިރީ އޮތް ސަފާރީއެއްގައި އަލިފާން ރޯވެ، އަނދަނީ -- ފޮޓޯ/ އެމްއެންޑީއެފް

ވ. އަތޮޅު ކުޑައަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ނަމަވެސް އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

އެ ސަފާރީގައި ތިބި މީހުންގެ އަދަދާއި މީހަކަށް އަނިޔާވި ކަމެއް ވެސް މިހާތަނަކަށް ސާފެއް ނޫނެވެ.

އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި ސަފާރީގެ ކުރީކޮޅުގައި އޮތީ އަލިފާން ވަރަށް ބޮޑަށް ރޯވެފައެވެ.

comment ކޮމެންޓް