ވަރީގެ މައްސަލައެއްގައި ކޯޓަށް މީހަކު ހާޒިރު ނުވެގެން ހޯދަނީ

ވ. ފެލިދޫ ކޯޓް ރޫމް: ވަރީގެ މައްސަލައެއްގައި މީހަކު ހާޒިރު ނުވެގެން ވަނީ އިއުލާން ކޮށްފައި-- ފޮޓޯ: ފެލިދޫ ކޯޓް

ވ. ފެލިދޫ ކޯޓަށް ހުށަހަޅާފައިވާ ވަރީގެ މައްސަލައަކާ ގުޅިގެން, ކޯޓަށް ހާޒިރުވާން އެންގި ދިވެއްސަކު ހާޒިރު ނުވެގެން ކޯޓުން އިއުލާން ކޮށްފިއެވެ.

ފެލިދޫ ކޯޓަށް ހާޒިރު ކުރަން ބޭނުންވެގެން ގެޒެޓުގައި އިއުލާން ކޮށްފައިވަނީ, ހދ.ކުމުންދޫ, ފިރިހެނެކެވެ.

އެ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ އޭނާ ހާޒިރު ކުރަން ބޭނުން ވަނީ, ވަރިވުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުވެފައިނުވާތީ ކަމަށެވެ.

އެހެންކަމުން، އޭނާ މި މަހުގެ 22 ވަނަ ދުވަހުގެ 10:00 އަށް އޭނާގެ ރަށް, ކުމުންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް އިއުލާނުގައި ވަނީ އަންގައިފައެވެ. އަދި އެ ތާރީހާއި ގަޑިއަށް ހާޒިރު ނުވެއްޖެނަމަ، އޭނާގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ނިންމާނެކަން ވެސް އިއުލާނުގައި ވަނީ އަންގައިފައެވެ.

ދުނިޔޭގެ ނިސްބަތުން ވެސް ރާއްޖެއަކީ އެންމެ ވަރިގިނަ އެއް ގައުމެވެ. ނަމަވެސް ވަރީގެ މައްސަލަ ތަކުގައި ކޯޓަށް ހާޒިރު ނުވެގެން މިހެން އިއުލާން ކުރުމަކީ އާއްމު ކަމެއް ނޫނެވެ.

comment ކޮމެންޓް