ފެމެލީ ކޯޓުގެ އިސް ޤާޟީ ކަމަށް ޢަބްދުﷲ ނަޝީދު އައްޔަނުކުރަން ނިންމައިފި

ފެމެލީ ކޯޓުގެ އިސް ޤާޟީ ކަމަށް ޢަބްދުﷲ ނަޝީދު އައްޔަނުކުރަން ނިންމައިފި --

ފެމެލީ ކޯޓުގެ އިސް ޤާޟީގެ މަޤާމަށް އަލްއުސްތާޛު ޢަބްދުﷲ ނަޝީދު އައްޔަނުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމަވާފައެވެ. މި މަޤާމަށް މީހަކު ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތެއް ކަމަށް ކޮމިޝަނަށް ފެނިފައިވަނީ ޢަބްދުﷲ ނަޝީދެވެ. އޭނާއަކީ ޝަރުޢީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ އަދި ތަޢުލީމީ ގޮތުން ފާހަގަކޮށްލެވޭ ފެންވަރެއް ހާސިލުކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

  • ފެމެލީ ކޯޓުގެ އިސް ޤާޟީގެ މަޤާމަށް ޢަބްދުﷲ ނަޝީދު އައްޔަނުކުރުން
  • ޖޭއެސްސީން އިންޓަވިއު ކުރުމަށްފަހު ނިންމި ނިންމުމެއް
  • ޝަރުޢީ ދާއިރާގައި 21 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިފައިވުން
  • މީގެ ކުރިން ކްރިމިނަލް ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާފައިވުން

ފެމެލީ ކޯޓަށް އިސް ޤާޟީ ކަމަށް އަލްއުސްތާޛު ޢަބްދުﷲ ނަޝީދު އައްޔަނުކުރަން މިއަދު ނިންމައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ކުރި އިއުލާނުގައި ބުނީ ފެމެލީ ކޯޓަށް އިސް ޤާޟީއަކު ހޯދުމަށް ކުރި އިއުލާނުގެ ދަށުން ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު އިސް ޤާޟީ ކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ އެ ކޯޓުގެ ޤާޟީ ޢަބްދުﷲ ނަޝީދު ކަމަށެވެ.

އަދި އޭނާ ޢައްޔަނުކުރުމަށް މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ނަޝީދަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން މާސްޓާ އޮފް ލޯ އަދި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީޢާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ނަޝީދު ވަނީ މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުކަމާއި، ނ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓުކަމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ އިތުރުން ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަގާމް އަދާކުރައްވާފައިވެއެވެ.

ޝަރުޢީ ދާއިރާގައި 21 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ނަޝީދު، ފެމެލީ ކޯޓުގެ ޤާޟީކަމަށް އައްޔަންކުރީ މާރިޗު 24، 2016 ގައެވެ.

comment ކޮމެންޓް