32 އަހަރުގެ ތަފާތު ހުންނަ ދިވެހި ދެ ލޯބިވެރިން: އެކަކު އަނެކަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ސްޕެޝަލް އޮޕަރޭޝަން ( އެސްއޯ) ފުލުހުން ނިކުމެ މާލޭގެ އެކި ސަރަހައްދުތަކާއި މީހުން ބަލާ ފާސްކުރުން: - ސަން ފޮޓޯ/ ހުސައިން ހަސަން

އުމުރުގެ ތަފާތު ބޮޑު ދިވެހި ދެ ލޯބިވެރިންގެ މެދުގައި މިއަދު ހިނގި ޒުވާބެއް ހޫނުވެ, އެކަކު އަނެކަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ މި މާރާމާރީ ހިނގީ އުމުރުން 64 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކާ ދެމެދު ކަމަށެވެ. އެ ދެ މީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައެއް ކަމަށް ފުލުހުން ބުންޏެވެ.

މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު 10:05 އެހާކަންހާއިރުއެވެ.

މި މާރާމާރީގައި 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މާރާމާރީގައި ދެ މީހުންނަށް ވެސް އަނިޔާވެފައިވާތީ ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

comment ކޮމެންޓް