4 ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަކޮށް، 1،200 ޖާގައިގެ ވަގުތީ ޕާކިން ޒޯނެއް ހުޅުމާލޭގައި ހުޅުވައިފި

އޮޅުހިޔާ އާ ޖެހިގެން ހުޅުވި ވަގުތީ ޒޯނު: 1،200އަށް ވުރެ ގިނަ އުޅަނދުފަހަރު ޕާކްކުރެވޭ މި ޒޯނު ޚާއްސަކޮށްފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް --- ފޮޓޯ/ އެޗްޑީސީ

މާލެ ސަރަހައްދުގައި ދުއްވާ ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރާނެ ވަގުތީ ޒޯނެއް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ތަރައްގީކުރި މި ޕާކިން ޒޯން ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ އޮޅުހިޔާ ފެސިލިޓީއާ ޖެހިގެން ހުޅުވި މި ޕާކިން ޒޯނުގައި 1،200އަށް ވުރެ ގިނަ، ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޕާކުކުރެވޭނެ ކަމަށެވެ.

މި ޕާކިން ޒޯނު ހުޅުވައިދެއްވުމަށްފަހު އަމީން ވިދާޅުވީ، މި ޕާކިން ޒޯނުގެ ސަބަބުން މާލޭގައި ދިމާވެފައިވާ އުޅަނދުފަހަރު ޕާކުކުރުމުގެ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށެވެ. އަދި އުޅަނދުފަހަރު ޕާކުކުރާނެ ތަނެއް ނުލިބުމުގެ ސަބަބުން އާންމު ތަންތަނުގައި އުޅަނދުފަހަރު ޕާކުކޮށްފައި ހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރު ވިދާޅުވީ، ޕާކުކުރުމުގެ ދަތިތައް ހައްލުކުރުމަށްޓަކައި ޕާކިން ބިލްޑިންތަކެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސަރުކާރުން ހުޅުމާލޭގައި އަޅާ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް، އަމީން އިއްޔެ ވިދާޅުވެފައިވެއެވެ.

https://sun.mv/214971

ފާހަގަކުރެވޭ ގޮތުުގައި ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރު ނެގުމަށް ފުލުހުން އޮޕަރޭޝަނެއް ފެށީ އިއްޔެ ހަވީރެވެ. އެ އޮޕަރޭޝަނުގެ ދަށުން މިއަދު ހަވީރު 4:30 އާ ހަމައަށް ޖުމްލަ 252 އުޅަނދެއް ނަގައި ތިލަފުއްޓަށް ފޮނުވާލާފައިވާ ކަމަށް، ފުލުހުން މިއަދު ބުންޏެވެ.

comment ކޮމެންޓް