ދިވެހި ބޭންޑް ''ޓޫ އޮފް އަސް''ގެ ދެވަނަ ހުށަހެޅުމުން އަނޫ މާލިކު ހައިރާންކޮށްލައިފި

އިންޑިއާގެ ޓީވީ ދޫރްދަރްޝަނުން މިހާރު ދައްކަމުންދާ މިޔުޒިކް ރިއަލިޓީ ޝޯ ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލްގައި ވާދަކުރާ ރާއްޖޭގެ ބޭންޑް "ޓޫ އޮފް އަސް"އިން ހުށަހެޅި ދެވަނަ ލަވައަށް ފަނޑިޔާރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިއްޖެއެވެ.

ރޭ ދެއްކި ޝޯގައި އިންޑިއާގެ މަޝްހޫރު މިޔުޒިކް ޑިރެކްޓަރު އަނޫ މާލިކު ގެސްޓް ޖަޖެއްގެ ގޮތުގައި ވަނީ ބައިވެރިވެފައެވެ.

އެ ޝޯގައި ޓޫ އޮފް އަސް ބޭންޑުން ހުށަހެޅީ ދިވެހި ދެ ލަވަ އެއްކޮށްލައިގެން އުފައްދާފައިވާ މެޑްލީއެކެވެ. އެއީ ރާއްޖޭގައި އަމިއްލަ ރާގުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް ތަރި، މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)ގެ 'މޮޅު އޮޑި'އާއި މޭނާ ހައްސާނުގެ 'މިލަމިލަ ހަނދުވަރު' ލަވައެވެ.

މިޔުޒިކް ޑިރެކްޓަރު އަނޫ މާލިކު ---

އެ ލަވަތައް ހުށަހެޅި ގޮތް ފުރިހަމަކަމުން އަނޫ މާލިކުގެ ތަޢުރީފު ވަރަށް ބޮޑަށް ލިބުނެވެ.

އޭނާ ވަނީ އެއީ ވަރަށް ތަފާތު އަދި ފަހުގެ ތާރީޚެއްގައި ފެނުނު އެންމެ މޮޅު ހުށަހެޅުމުގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ބޭންޑުގެ ލީޑަރު އަހުމަދު އަދުހަމްގެ ހުނަރުވެރިކަމަށް އަނޫ މާލިކު ވަރަށް ތަޢުރީފު ކުރިއެވެ.

ދިވެހި ބޭންޑް ޓޫ އޮފް އަސްގެ ބައިވެރިންތަކެއް ----

މި ބޭންޑުގައި އަދުހަމްގެ އިތުރަށް ހިމެނެނީ ޢަބްދުالله ޝަމްރޫޚާއި މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަޙްމަދު ޖަޝީމެވެ.

ބެޓްލް އޮފް ބޭންޑްސްއަކީ މިދިޔަ ތިން އަހަރު އިންޑިއާގެ ބޭންޑްތަކަށް ޚާއްޞަކޮށްގެން ދޫރްދަރްޝަނާއި ސަރެގަމަ ގުޅިގެން ގެނެސްދޭން ފެށި ޝޯތަކެކެވެ. ނަމަވެސް، މިއަހަރު މި ޝޯގައި ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވެވޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

https://sun.mv/204557

ރާއްޖޭގެ އިތުރުން އަފްޣާނިސްތާނާއި މޮރިޝަސްއާއި ތަޖިކިސްތާނާއި ސިންގަޕޫރާއި ރަޝިއާއާއި ނޭޕާލާއި ސްރީލަންކާއާއި ސްޕެއިންގެ އިތުރަށް އިގިރޭސިވިލާތުން މި މުބާރާތުގައި ބޭންޑުތައް ބައިވެރިވެފައިވެއެވެ.

comment ކޮމެންޓް