ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ތުރުކީ ސަރުކާރުން, ހަދިޔާކުރާ މަނަވަރު ނުވަތަ މިސައިލް ބޯޓަކީ 44 އަހަރު ވެފައިވާ އުޅަނދެއް ކަމަށް, އެ ގައުމުގެ ނޫސްތަކުން ބުނެފިއެވެ.
އެ މަނަވަރު ރާއްޖެއަށް ހަދިޔާ ކުރަން ތުރުކީ ސަރުކާރުން ނިންމާފައިވާކަން ފުރަތަމަ ހާމަ ކޮށްފައިވަނީ ތުރުކީގެ ނޫސްތަކުންނެވެ. އޭގެ ފަހުން ރޭ ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ ތުރުކީން ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާކުރަން ނިންމައިފައިވާ ކަމަށް ބުނެފައެވެ.
އެ ބޯޓު ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއާ ތުރުކީވިލާތާ ދެމެދު ގާއިމުކޮށްފައިވާ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް މިނިސްޓްރީން ބުނެއެވެ. އެއީ ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ވަސީލަތް ފޯރުކޮށްދިނުމާއި އަސްކަރީ ތަމްރީނު ދިނުމާގުޅޭ އެއްބަސްވުމެކެވެ.
ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނީ ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް އެޅި އެ ފިޔަވަޅަކީ، ރައީސްގެ ލަނޑުދަނޑިއަށް ވާސިލުވުުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އުޅަނދުގެ ތަފްސީލް
ތުރުކީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތުރުކީން ރާއްޖެއަށް ހަދިޔާކުރަނީ TCG Volkan (P-343) ނަމަކަށް ކިޔާ އަސްކަރީ މަނަވަރެކެވެ. އެއީ ތުރުކީ ނޭވީއަށް 1981ވަނަ އަހަރުގެ މޭ މަހު ޚިދުމަތަށް ނެރުނު ބޯޓެކެވެ. މި ބޯޓަށް މިދިޔަ އަހަރު 43 އަހަރު ވުމާއެކު ވަނީ ޓެސްޓުތައް ހެދުމަށާއި، ޓްރެއިނިންތަކަށް ބޭނުންކުރާ އުޅަނދަކަށް ބަދަލުކޮށްފައެވެ.
ޑޯގަން ކްލާހުގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނަށް ނިސްބަތްވާ ބޯޓު ފަރުމާކުރުންތެރިއެއްކަމަށްވާ ލާރްސަން ވާފްޓެވެ.

ޓީސީޖީ ވޮލްކަން ޕީ 343 --
ޓީސީޖީ ވޯލްކަންގެ ޓެކްނިކަލް ސްޕެސިފިކޭޝަން
- ދިގުމިން: 58.1 މީޓަރު
- ބީމް: 7.62 މީޓަރު
- ޑްރާފްޓު: 2.74 މީޓަރު
- ދުވެލި: ގަޑިއަކު 70 ކިލޯމީޓަރާ ހަމައަށް
- ރޭންޖު: 1،940 ކިލޯމީޓަރު
- ފަޅުވެރިން: 45 މީހުން
މަނަވަރުގައިހުރި ހަތިޔާރު ސިސްޓަމްތަކާއި ސެންސަރުތައް
- 2x ހާޕޫން އެންޓި ޝިޕް މިސައިލް (ހަތަރުގުނަ ބޮޑުކުރެވޭ)
- 1x76mm އޮޓޯ މެލާރާ ނޭވަލް ގަން
- 1x35mm ޓްވިން ބެރަލް އެއާ ޑިފެންސް ގަން
- 2x7.62mm މެޝިން ގަން
- VM-28/41 ރާޑަރު، LIOD Mk-2 ފަޔާ ކޮންޓްރޯލް ރާޑަރު، ޑިކޯއީ ލޯންޗަރު

ޓީސީޖީ ވޮލްކަން ޕީ 343 --
ކަނޑުމަގުން ޑޮކްލޭންޑިން ބޯޓެއްގައި ރާއްޖެއަށް މި މަނަވަރު ޖޫން މަހުގެ ނިޔަލަށް ގެނެވޭނެކަމަށް ބެލެވެއެވެ. އެއާއެކު ތުރުކީ ނޭވީގެ ޚާއްސަ ޓީމަކުން އެ ބޯޓު ދިވެހި އަސްކަރިއްޔާއާ ހަވާލުކުރާނެއެވެ. އެ މަސައްކަތް ޖުލައި މަހުގެ ތެރޭ ނިންމާނެއެވެ.
ތުރުކީގެ ނޭވަލް އިންސްޓިޓިއުޓުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާގައި ނޭވީއިން އަސްކަރީ މަނަވަރުތައް ރިޓަޔާކުރަނީ ޚިދުމަތުގައި 40 އަހަރުވުމުން، ފަސް އަހަރު ތެރޭއެވެ. މިއީ އަސްކަރީގޮތުން ބޭނުންކުރާ ކަނޑު އުޅަނދުފަހަރުގެ އޮޕަރޭޝަނަލް މުއްދަތު އިތުރުކުރުުމުގެ ގޮތުން އޮންނަ ގަވައިދެކެވެ.
ނަމަވެސް ޚިދުމަތުގައި އިތުރަށް ބޭނުންކުރާނަމަ އެ އުޅަނދުފަހަރަށް ބޮޑެތި ބަދަލުތައް ގެނެއެވެ. އެގޮތުން 1993 ވަނަ އަހަރު ތުރުކީއިން ވަނީ, (TCG Barbaros (F-244 ކިޔާ ބޯޓެއް މަރާމާތަށް ފަހު އަލުން ހިދުމަތަށް ނެރެފައެވެ. އެ މަނަވަރުގައި އާ ރާޑަރު ސިސްޓަމްތަކާއި ހަތިޔާރު އެޅުވުމަށްފަހު އިތުރު 10 ވަރަަކަށް އަހަރަށް ބޭނުންކުރެވޭ ވަރަށް ވަނީ އާކޮށްފައެވެ.
comment ވޯލް
1 week 17 hour ago
އެއްލާލަން ކާރި ވީމަ ރާއްޖެ ބޮލަށް ޖެހީދޯ.
comment ހަޖަމު ނުވާ ސނ
1 week 1 day ago
ނާއިލު އެ މަނަވަރަށް ބަލައިގެން ވެސް ނުވާނެ. ކަލެއަށް ކޮން ބެހޭ ކަމެއް 80 އަހަރު ވެފައި އޮތަސް؟ އެ އޮތިއްޔާ ނިމުނީނު
comment ގަޒް
1 week 1 day ago
އެހެންވީމާ ތިބޯޓަކީ 1981 ގައި ބޭލިބޯޓެއް. ތީތި ހަދާފައި ހުންނާނީ 1970 ގެ އަހަރުތަކުގެ ޓެކްނޮލޮޖީއަކަށް. ވީމާ ތިއީ މިހާރު އައުޓްއޮފް ޑޭޓް ވެގެން ޑީކޮމިޝަން ކޮއްލާހިސާބުގައި އޮތް އެއްޗެއް. ދެން ހިނގާ މީތި ގެނެސް މިއީ ޒަމާނީ ދިފާއީ ބާރެއްކަމަށް ހަދައިގެން އޭތި ރެނޮވޭޓްކޮއްގެން ހަވާ އަރުވާފަ މާފަތި އަޅުވާފަ އަލަށް ބަނދެފަ އޮތް އެއްޗެއްގޮތުގައި ސިފަކޮއްގެން ދައްކާލަމާ. ރައީސުލް ޖުމްހޫރިއްޔާ ތީގެ ބިންގާވަސް އަޅަންވާނެ. ސޭކްއިސްތާނުގައި ކަންކަން ކުރަންވާނީ މިގޮތަށް.
comment އައިމަން
1 week 1 day ago
ދިވެހީން ބުނަންވީ ދިވެހިންނަށް ކަމުަދަނީ ކޮންކަމެއްކަން... ރޯދައަށް ބެހި މަސްކޭސް ކަމުނުދޭ އެއިގެ މަސް މަދޭކިޔާފައި ފާޑުކީ މީހުންވެސް ހަމަ ކިޔުޖެހިގެން ގޮސް ތިބެ އެވެސް ނެގި ނަގައިގެން ކެއި ވަރަށްވެސް މީރުކަމަށްވަނީ އެމަސްދަޅު... އެހެންވީމާ މިހާލަތުގައި ލިބުނީ ބައުދަގަނޑު ކަމަށްވިޔަސް ކުރަންބޭނުންވާ ކަންކަން ވަންޏާ އޯކޭ، އިންޑިއާއިން ހަދިޔާކުރި އުޅަނދު ފަހަރަށްވެސް ބަސްބުނި އެކަމަކު އެވެސް ފަހުން އޯކޭ، ލިބޭ މިންވަރަށް ޝުކުރުކުރާ މީހުން މަދުވުމާއި ނިއުމަތަށް ފުރަގަސްދީ އުޅޭމީހުން ގިނަވުމީވެސް ގިޔާމަތުގެ އަލާމާތެއްކަމަށް މި ބަލަނީ وآلله اعلم
reply ސަފް
1 week 16 hour ago
ރައްޔިތުން އަބަދުވެސް ގޯސްވާނީ...އެހެންނުން.
comment ތަޖުރިބާ
1 week 1 day ago
44 އަހަރުވީމަ ތަޖުރިބާ ހުންނާނެތާދޯ؟!
comment ސަންދީޕް
1 week 1 day ago
ކިރާލަން ރަންގަޅު ދަގަނޑު ގަނޑެއް.. ބޮލަ ފީފާ ވެތިފަ ތިބޭނަމަ މިކަހަލަ ކޮސް އަޅާނެއެވެ.
comment ޔަމް
1 week 1 day ago
ތިއީ ސަތޭކަ އަހަރު ވެފަ އޮތް އެއްޗަކަސް ރާއްޖޭގެ އަސްކަރިއްޔާއަކަށް ތި ރަނގަޅަކަށް ނުބެލެހެއްޓޭނެ.
comment ސައު
1 week 1 day ago
ހެޔޮ ނުވާނެ ދިވެހިން ލައްވާ މިސޭލު ތަންތަނަށް އަމާޒު ކުރުވަން. މިއީ ހެލިކަޕްޓަރުގަނޑެއް ދުއްވައި ބަލަހައްޓަން އެނގޭ އަސްކަރިއްޔާއެއް އޮތް ތަނެއްނޫން. މިވެރިން އަތަށް މިސޭލު އަމާޒަށް ފޮނުވާ ހަތިޔާރު ދީގެން މިވެރިން ފަރިތަކުރަން ފޮނުވާލާ މިސޭލު ގޮސް މިތާކާރީގައި ދުއްވާ ކުރޫޒް ލައިނާއަކަށްވެސް އަރާފާނެ. ދެން އެފަދަ ބޯޓެއްގައި ތިބޭއެތަކެެއް ބަޔެއްގެ މަރުގެ ޒިންމާ ދިވެހިންނަށް ނަގަން ޖެހި އެންމެފަހުން ދިވެހިންނާއި ހަނގުރާމަ ކުރަން ބޭރު ގައުމުތަކުން އިއުލާން ކޮއްފާނެ. ފުރަތަމަ މިތާގަތިބޭ ސަލާމަތީ ބާރުތަކޭ ކިޔާފަ ތިބޭ މީހުންނަކީ އިންޓެގުރިޓީ ހުރި ރަނގަޅު ޕުރޮފެޝަނަލް ބަޔަކަށް ހަދާށެވެ.
reply އަލީ
1 week 1 day ago
ފަރިތަކުރަން ތިޔަށް ލައްވަންވާނީ ރަބަރު މިސޭލު. ކެކެކެ. އެންމެ ލޯ އަލި މީހުން ތިބެންވާނީ މިސޭލު އަމާޒަށް ލޯންޗުކުރަން.
comment މާއެނގޭ. ބުއްދި،
1 week 1 day ago
ކުޑަގިރި ފަޅަށް ފައްތާފަ ބާއްވަން ގެންނަ ދަބަރައް ވެފާއޮތް ބާ ބޯޓުގަނޑެއް ތީ، ފަތުރުވެރިކަން ކުރިއަރުވަން..
comment ލުގުމާން
1 week 1 day ago
ކަލޭމެނގައި އެބަހުރިތަ ތީތި މެއިންޓެއިން ކުރެވޭ ހާ ގާބިލުކަން؟
reply ސައު
1 week 1 day ago
ކޯޗެއްތޯ މޭންޓޭން ކުރަން އޮންނާނީ.. ތިއީ ބައި ގަރުނު ވާން ކާރިވެފަ އޮތް ދަނގަނޑު ބުރިއެއް. އެއްކަމެއް ނުކުރިޔަސް އޮވެދާނެނުން.
comment ލެފްޓިނެންޓް ޖޯން
1 week 2 day ago
މިޒާތުގެ މަނަވަރެއް ގެ ރަަނގަޅުއުމުރަކީ 30 އަހަރު. 40 އަހަރު ގެ ބޯޓެއްގެ މެއިންޓެނަންސް ކޯސްޓް އިންތިހާއަށް ބޮޑުވާނެ. އާޚިރުގަ ދަބަރަށްވެ ކަނޑުފައްތާ ހިސާބައް ދާނީ
comment ލލ
1 week 2 day ago
ތީތި ބޮޑު އަގުގައި ވިއްކާލެވޭނެ، އަދި ތީތި ރަހުނު ކޮށްފައި ބޮޑު ލޯނެއްވެސް ނެގިދާނެ، ތިއޮތީ ބޮޑު މާވަހަރެއް ލިބިފައި !
comment ހަމަ
1 week 2 day ago
ވަރަށް ފައްކާ
comment މަންމުޓާ
1 week 2 day ago
ތީގެން ކުރެވޭނެ މާބޮޑު ބޭނުމެއް މިރާއްޖެއަކަށް އޮތްހެނެއް ހިޔެއްނުވޭ. ދަރަނި އިންތިހާއަށް ބޮޑުވެފައިވާ މިޤައުމުގައި ތި މަނަވަރަކީ ރިހޭފައިމައްޗަށް ވެއްޓޭ ފޮޔެއް ކަމުގައިވުން ވަރަށް ބޮޑަށް ވައްތަރު. މިބުނީ ތިއެތި ބެލެހެއްޓުމަށް ކުރަންޖެހޭނެ ޚަރަދުގެ ވާހަކަ.