MTCC
Dhiraagu

ރާއްޖޭގައި 83 ގޭންގު އޮވޭ، އެ ގޭންގުތަކުގައި 97 ކުޑަކުދިން ޝާމިލުވޭ: ހޯމް މިނިސްޓްރީ

އެސްއޯ ފުލުހުންތަކެއް: ރާއްޖޭގައި 83 ގޭންގު އޮވޭ، އެ ގޭންގުތަކުގައި 97 ކުޑަކުދިން ޝާމިލުވޭ -- ސަން ފޮޓޯ

ރާއްޖޭގައި 83 ގޭންގު އުފެދިފައިވާ ކަމަށާއި، އެ ގޭންގުތަކުގައި 97 ކުޑަކުދީން ޝާމިލުވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.

Ooredoo

ސަންގުޓީވީގެ 'ފުރަމެންދަން' ޕްރޮގްރާމުގައި ހޯމް މިނިސްޓްރީގެ ނައިބު މުޙައްމަދު ޝަހީދު ވިދާޅުވީ، ގޭންގުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިނިސްޓްރީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އާއި ފުލުހުންނާ ބައްދަލުކުރި ކަމަށެވެ. އޭގެފަހުން، މިނިސްޓްރީން ގޭންގުތަކާ ބެހޭ މައުލޫމާތު އެއްކުރަން ފެށި ކަމަށާއި އެކަމާ ގުޅޭ ތަފާސްހިސާބުތައް ފުލުހުން އޭރު ހިއްސާކުރި ކަމަށް ޝަހީދު ވިދާޅުވިއެވެ.

އެ ހިސާބުތަކަށް ބަަލާއިރު، ރާއްޖޭގައި ޖުމުލަ 83 ގޭންގު އުފެދިފައިވާ ކަމަށާއި އެ ގުރޫޕުތަކުގައި 97 ކުޑަކުދިން ޝާމިލުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންތަކެއް: މާލޭގައި އެކަނި 45 ގޭންގު އޮވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ގުރޫޕުތަކުގައި އެކްޓިވްކޮށް 3،500 އަށް ވުރެ ގިނަ މެންބަރުން ހަރަކާތްތެރިވާއިރު، މާލޭގައި އެކަނި 45 ގޭންގު އޮންނަ ކަމަށް ޝަހީދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން، މާލޭގައި އުފެދިފައިވާ ގޭންގުތަކުގައި 85 ކުޑަކުދިންނާއި 2،500އަށް ވުރެ ގިނަ މެންބަރުން ހިމެނެއެވެ. އަދި، 31 ގޭންގެއް އަތޮޅުތެރޭގައި އޮންނައިރު، 10 ކުޑަކުދިންނާއި ހާހަކަށްވުރެ ގިނަ މެންބަރުން އެ ގުރޫޕުތަކުގައި ހަރާކާތްތެރިވެއެވެ.

އެހެންވީމައި، މިއީ ވަރަށް ބޮޑު އާބާދީއެއް. 3،500 އޭ މިހެން ދެންނެވި ކަމުގައިވިޔަސް މީގެ ތިން ގުނަ ނުވަތަ ހަތަރު ގުނަ ވެސް ބޮޑުވެދާނެ. އެއީ ރާއްޖެފަދަ ކުޑަ އާބާދީއެއްގެ ނިސްބަތުން ވިސްނާލާނަމަ، ބޮޑު މައްސަލައެއް މިދިމާވަނީހޯމް މިނިސްޓްރީގެ ނައިބު މުޙައްމަދު ޝަހީދު

މި މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އޭނާ ވިދާޅުވީ ކުޑަ އާބާދީއެއް އޮންނަ ރާއްޖޭގައި 3،500 އެއްހާ މީހުން ކުށުގެ ވެށީގައި އުޅުމަކީ ވަރަށް ނުރައްކާތެރި އިންޒާރެއް ކަމަށާއި އެއީ ގައުމެއް ހަލާކުވެދާނެ ކަމުގެ ސިގުނަލެއް ކަމަށެވެ.

ޒަމާނާ އެއްގޮތަށް ތަރައްގީވަމުން އައިސް، މިހާރު ގޭންގުތަކުން ހިންގަނީ މާރާމާރީ އެކަނި ނޫން ކަމަށާއި އެއަށް ވުރެ ފުޅާކޮށް ކުށް ކުރާ ކަމަށް ޝަހީދު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ، ބައިނަލްއަގުވާމީ ޑުރަގު ނެޓުވޯކުތަކާ ގުޅިގެން ދިވެހިރާއްޖެއަށް ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކުރުމުގެ މަސައްކަތް ކުރުމާއި އެ ތަކެތި ގެނެސް ވިއްކުމަށްޓަކައި ކުޑަކުދީން ޝާމިލުކުރުމެވެ.

"ގާނޫނުގައި އެބަ އޮވޭ ޖިނާއީ މަސްއޫލިއްޔަތު އުފުލާނެ އުމުރުތަކެއް އޮތީމައި އޭގެ ނާޖާއިޒު ފައިދާ ނެގުމަށްޓަކައި، އެކަހަލަ ފަރާތްތަކުން ސުކޫލަށްދާ އުމުރުގެ ކުދީންނަށް މަސްތުވާތަކެތި ވިޔަފާރިކުރުމަށް ބާރުއަޅައި، ކުށުގެ ވެއްޓަށް ނެރެން ފަށަނީ،" އޭނާ އިތުރަށް ތަފުސީލުކޮށްދެއްވިއެވެ.

ސްޕެޝަލް އޮޕަރޭޝަން ( އެސްއޯ) ފުލުހުން: ރާއްޖޭގައި 3،500 އެއްހާ މީހުން ގޭންގުތަކުގައި ހަރަކާތްތެރިވާ ކަމަށް ހޯމް މިނިސްޓްރީން ބުނޭ -- ސަން ފޮޓޯ/ ހުސެން ހަސަން

ގޭންގު މައްސަލަތައް ހައްލުކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރަން ފަށަން ޖެހޭ ކަމަށާއި ގޭންގުތައް ހިންގާ ފަރާތްތަކުން ވެސް ޖީލުތައް އިސްލާހުކުރުމަށް އެކަން ކުރުން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ވަނީ، ގޭންގު މައްސަލަތައް ހައްލުކުރުމަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން، ސަރުކާރުގެ ފަރާތުން ވަނީ ގޭންގު ކުށްތަށް ހުއްޓުވުމަށް ހަރުކަށި އަދަބު ލިބޭހެން ބިލެއް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ސާޅީސް ދެ މެންބަރުންގެ އިއްތިފާގުން މިދިޔަ ފެބްރުއަރީ 12ގައި ވަނީ އެބިލު ބަލައިގަނެ، ކޮމިޓީއަށް ފޮނުވާފައެވެ.

https://sun.mv/202500

ބިލު ހުށަހެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން ރައްޔިތުންނާއި މުޖުތަމައު ރައްކާތެރިކުރުމެވެ. އަދި ކަމާގުޅޭ ތަފުސީލީ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި، ހަރުދަނާ ގޮތެއްގައި އަދަބު ތަންފީޒުކުރުމެވެ.

ގޭންގު ކުށްތަކުގެ ބިލު މަޖިލީހަށް ހުށަހަޅުއްވައި، ގޭންގު ކުށްތައް ހުއްޓުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Redstar
comment ކޮމެންޓް

comment ޢަހުމދ

1 week 1 day ago

ގޭންގެއް ހިންގާ މީހެއްކަމަށް މީހުންގެ ފަރާތުން އަޑު އިވިފަައިވާ މީހަކު އެހީއަކަށް އެދުމުން އެހީވެދެވެންނެތްކަމަށް ބުނިފަހުން މިހާރުމިވަނީ އަމިއްލަ މިނިވަންކަންގެއްލި ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހިފައި.

comment ހައްލަކީކޮބާ

1 week 1 day ago

ރައްޔިތުންނަށް ތަފާސްހިސާބެއް މުހިއްމެއް ނޫން. ރައްޔިތުން ބޭނުންވަނީ ހައްލު.

comment ހައްޕުނޑު

1 week 1 day ago

އެދައްކަނީ ޚިޔާލީ ވާހަކައެއް. އެއްވެސް މީހަކު ދައްކާފަ މިއީ ގޭންގު މީހެކޭ. ނުވަތަ އެއްވެސް ގުރޫޕެއް ދައްކާފަ މިއީ ގޭންގު ގުރޫޕެކޭ ބުނަން ހޯމް މިނިސްޓްރީގެ ތިބޭފުޅާއަށް ކެރިދާނެބާ. ގޭންގް ތައް އޮތީ ހޯމްމިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފަބާ. ހާދަ ފަސޭހައިން ތިބުނަނީ 83 ގޭންގު އެބައޮތޭ. ރައްޔިތުންނަށް ދައްކަބަލަ އެންމެ ގޭންގެއްވެސް. ގޭންގުތައް ފޮރުވައިގެން އުޅެނީ ކީއްވެތަ.

comment އަހުމަދު

1 week 1 day ago

މިހިގާދިޔަ އެއްވެސް ސަރުކާރަކަށް ތިޔަކަމެށް ނުހުއްޓުވުނު ، ރައްޔިތުން ސަރުކާރު ތަކަށް ޤާނޫނު ހެދުމުގެ ބާރުވެސް އެބަދޭ ، ދެން ކީއްވެތޯ ސުވާލަކީ މިކަން އެއްވެސް ސަރުކާރަކަށް ނުހުއްޓުވިގެން މިއުޅެނީ ، ބައެއް ރައްޔިތުން ދެކޭގޮތުގައި ކޮންމެ ސަރުކާރެއްވެސް ސި ޔާސީ މަންފާ ހޯދުމަށްޓަކައި ނަހަމަ ގޮތުގައި މި ޒުވާން ކުދިންކޮޅު (ގޭންގުތަކު) ގެ ބޭނުންހިފާ، އެގިތިބެ މިދަނީ ޤައުމުގެ މުސްތަގްބަލް ހަލާކުކޮށް ލަމުން ވަރަށް ވެސް ދެރަ މައްސަލައެއް

comment ބޮ

1 week 1 day ago

މިކަލޭގެ އާ މި ސަރުކާރުގެ އެހެންވެސް ވަޒީރުންގެ މޮޅު ކަމަކީ ތަފާސް ހިސާބު ކިޔާލަ ކިޔާލަ ތިބުން. ބަލަގަ ރައްޔަތުން ނާހައޭ ކިތައް ގޭންގުތޯ އޮތީ، ކަލޭމެން ގެނައީ ގައުމު އަމާންކޮށްދޭނަމޭ ބުނީމަ. އެކަން ކުރާ ތަނެއް ނުފެނޭ

comment ފިއި

1 week 1 day ago

ރާއްޖޭގައި ގޭންގު.. ރާއްޖޭގައި ގޭންގު..ރާއްޖޭގައި ގޭންގު.. ރާއްޖޭގައި ގޭންގު..ރާއްޖޭގައި ގޭންގު.. ރާއްޖޭގައި ގޭންގު... ކިޔަކިޔާ ޔުނިފޯމު އަޅައިގެން ބޮޑު މުސާރަ ނަގައިގެން ގެރިމަސްކައިގެން ކަސްރަތުކުރަން ކަލޭމެން ތިބޭ.

comment ސީ2

1 week 2 day ago

މީ ދިވެޖިރާއްޖޭގެ ތައުލީމި ނިޒާމު ދޯހަޅިކަމުން ދިމާވާ މައްސަލަތަކެއް. މިޤައުމުގެ ސިނާޔަތްތަކަށް ބޭނުންވާ މޭންޕަވާ ތައުލީމީ ނިޒާމުގެ ތެރެއިން ނޫފެދޭކަމުގައިވާނަމަ މިޤައުމުގެ ވަޒީފާތަށް އަދާކުރާނީ ބިދޭސީން. ޒުވާނުންވާނީ ބާކީ، ދެން ދެވޭނީ ގޭންގުތަކާ ދިމާލަން ނޫންތޯ؟ ސިމްޕަލް ބަޓް ނޯ ބޮޑީ ކެއަރސް.

comment ސައްލި

1 week 2 day ago

ސަރުކާރަށް ވުރެ ގޭންގްގެ ބާރު ގަދަ. އިސްތިޢްފާދީ.

comment ލލ

1 week 2 day ago

ތިހުރިހާ މީހުން ހޯދާ ވަގުތުން ޖަލަށް ލާން އެބަޖެހޭ !

comment އަމާންކަން ބޭނުންވާ ރައްޔިތު މީހާ

1 week 2 day ago

ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެތް. ތިކަން ޙައްލުކުރަން ދައުލަތުގެ މުއައްސަސާތަކުން ބޭނުމެއް ނުވޭ. މުއައްސަސާ ތަކޭ ބުނީމަ ގޯސް ވެދާނެ. މުއައްސަސާތަކުގައި ތިބޭ މީހުން ބޭނުމެއް ނުވޭ. ސަރުކާރުތަކަށް ކޮންމެ ފަހަރަކު މަޖުލިސް ލިބޭ. ކީއްވެ ތިކަން ހުއްޓުވޭގޮތަށް ގާނޫނު ނެހެދެނީ. ކީއްވެ އަދަބު ނުދެވެނީ. ފަނޑިޔާރުން ކައިރިން އަހާބަލަ ގާނޫނުގައި ކިހިނެއް ލިޔުނީމަތޯ ކުށްކުރާ މީހުންނާއި ގޭންގުތަކުގައި އުޅޭ މީހުންނަށް އަދަބު ދެވޭނީ. އެމީހުން ބުނާހާ ގޮތަކަށް ލިޔެގެން ވެސް ތިކަން ކުރަންޏާ ކުރެވޭ ވަރަށް ވޭތުވެދިޔަ ދެ ސަރުކާރާއި މިހިނގާ ސަރުކާރަށް ވެސް ރައްޔިތުން އޮތީ ބާރު ދީފައި. ނުކުރެވެނީ އިޚްލާސްތެރިކަން ނެތުމާއި ގޭންގުތަކުގެ ބޭނުން ކޮންމެ ވެސް ގޮތަކުން ސަރުކާރުތަކުން ހިފާތީ. ގޭންގުތަކުގެ ބާރު ދުވަހެއް ދުވަހަކަށް ދަނީ ގަދަވަމުން. ގިނަ ގޭންގުތަކަކީ ކުޅިވަރު ކުލަބެއްގެ ނިވަލުގައި އޮގަނައިޒްވެގެން ހިންގާ ގޭންގުތައް. މިކަމަކީ ސިޔާސީ ބާރުވެެރިން ކުރުވާ ކަންތައްތައްް. މިކަމުގައި އެންމެ ފަހުގެ ތިން ސަރުކާރުން ދައްކާ

comment އަލީ

1 week 2 day ago

މަނިކުފާނު ތިކަންއެނގިގުރެ މަގާމުގެ ބާރު ބޭނުންކޮއްގެން ތިކަހުއްޓުވަންކޮންމަސައްކަތެއްތޯކުރެއްވީ

comment ދިލްސާ

1 week 2 day ago

މަޖިލީހުގަވެސް ސަރުކާރުގެ މަތީމަގާމުތަކުގަވެސް ގޭންގުމީހުން އެބަތިބި ކެބިނެޓްގަވެސް ގޭންގުތަކުބޮޑުންއެބަތިބި މިއަދުގެހާލަތުހުރިގޮތްއެއީ

comment ފައި

1 week 2 day ago

މިއީ 4 ލައްކަ ހަމަނުވާ އާބާދީއެއް. ދެން މިވެނި އެވެނި އަދަދަކަށް ގޭންގުތިއްބޭ ބުނާއިރު އިނގެންޏާ ގޭންގުތަށް ހައްޔަރު ކުރަންވީނުން. ހަމަ ކޮންމެ ދެ މަހުން އެއްމަހު މިވެނި އެވެނި އަދަދަކަށް ގޭންގު ތިއްބޭ ކިޔާލަކިޔާލަ ތިބެންތޯ ފުލުންނަށް ބޮޑު މުސާރަދީފަ ކާރާއި ސައިކަލާއި ހަތިޔާރާއި ދެންވެސް ތިބިއެއްޗަކާއި ދީފަ ގެރިމަސް ކާންދީފަ ތަމްރީނު ދީފަ ތިބެނީ. މިއީ އެފްރިކާ ވަރުގެ ބޮޑު ބައްރަކީތަ މިތާގަ ތިބުނާ ބަޔަކު ނުހޯދިގެން އުޅެންޖެހޭ. ؟

comment ކުޅި

1 week 2 day ago

ކިތަންމެ ނިނަޔަސް ކުރެވޭނެކަމެއް ނެތް ދޯ.. ރައްޔަތުން ބޮލުގަ އަތްވިއްދައިގެން ތިބެންވީ ދެއްތޯ..