ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކުން ފިޠުރު ޢީދު ފާހަގަކުރުމަށާއި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް 10 ރަށެއްގައި މިއަދު ޢީދު ސައި ބާއްވައިފިއެވެ.
ބީއެމްއެލް އިސްލާމިކުން ބުނީ، ޢީދު ސައި ބޭއްވީ ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން ކަމަށެވެ. އެގޮތުން، ޢީދު ސައި ބޭއްވި ރަށްތަކަކީ:
- މ. މުލި
- ގއ. ގެމަނަފުށި
- ހއ. ދިއްދޫ
- އދ. މަހިބަދޫ
- ލ. ފޮނަދޫ
- ވ. ކެޔޮދޫ
- ސ. ހުޅުމީދޫ
- ނ. ފޮށްދޫ
- ދ. ބަނޑިދޫ

ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި ޢީދު ސައި ބާއްވައިފި---ޕޮޓޯ/ބީއެމްއެލް އިސްލާމިކް
ބީއެމްއެލް އިސްލާމިކުން ބުނީ، މި އަހަރު ޢީދު ސައި ބާއްވާފައިވަނީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކަމަށެވެ. މީގެ އިތުރުން ބީއެމްއެލްއިން މިދިޔަ އަހަރު ވެސް ހަ ރަށެއްގައި ޢީދު ސައި ބާއްވާފައިވެއެވެ.
ޢީދު ސަޔަކީ ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ވަރަށް ގިނަ ރަށްރަށުގައި މިހާރު ވެސް ޢީދު ދުވަހުގެ ހެނދުނު ނާސްތާ އެންމެންނަށް ހަދައެވެ.