މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮށްވައި މިރޭ ފެނިގެން އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ މައްޗަންގޯޅީގައި ހުންނަ ގެއެއްގައި ހަބަރު ހުސްވެފައި މީހަކު އޮތްކަމުގެ މައުލޫމާތު މިރޭ 12:22 ކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުން އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާ ދެއްވައި އޮފިޝަލް ވިދާޅުވިއެވެ.

އެއީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މިއީ ގުދުރަތީ މަރެއްތޯ ނުވަތަ ނޫންތޯ ނިންމާނީ ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށާއި އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް