ފެބްރިޒިއޯ ވެސް ދިވެހީންނާ އެކު މަހަށް، ބުނީ ރާއްޖެ ޚާއްސަ ކަމަށް

ފެބްރިޒިއޯ ދިވެހީންނާ އެކު: މިއީ އޭނާގެ ހަތަރުވަނަ ދަތުރު -- ފޮޓޯ/ ފެބްރިޒިއޯ

ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ އެއް ނޫސްވެރިއާ ކަމަށްވާ ފެބްރީޒިއޯ ރޮމާނޯ ރާއްޖެއަށް ކުރި ހަތަރުވަނަ ދަތުރުގެ ތަޖުރިބާއާ އެކު ރާއްޖެއަކީ ހުރިހާ ގޮތަކުން ވެސް އޭނާއަށް ވަރަށް ޚާއްސަ ތަނެއް ކަމަށް ބުނެފިއެވެ.

އޭނާ ބުނީ، މި ޖާދޫވީ ޤައުމުގެ ފަޚުރުވެރި ގްލޯބަލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން، ރާއްޖެއަށް ޝުކުރު އަދާކުރާ ކަމަށެވެ. މިއީ ރާއްޖެ އިޝްތިހާރުކުރާ އެމްބެސެޑަރަކަށްވީ ފަހުން ފްބްރިޒިއޯ ރާއްޖެއަށް ކުރި ފުރަތަމަ ޒިޔާރަތެވެ.

އޭނާ ބުނީ، ރާއްްޖެއަކީ އާ ހަރަކާތްތައް ތަޖުރިބާކޮށްލުމާއި އަރާމުކޮށްލަން އެންމެ ރަނގަޅު މަންޒިލު ކަމަށެވެ.

ފެބްރިޒިއޯ ވަނީ ރާއްޖެއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެ ގޮތުން ގުދުރަތީ ރީތިކަމުގެ އިތުރުން ދިވެހީންނަކީ މިހާތަނަށް އޭނާއާ ބައްދަލުވި އެންމެ އޯގާތެރި މީހުން ކަމަށް ވެސް ފެބްރިޒިއޯ ބުންޏެވެ.

ފެބްރިޒިއޯ ވަނީ ރާއްޖޭގެ ގުދުރަތީ ރީތި ތަންތަން ބަލައިލައި، މަހަށް ވެސް ޖައްސާލައިފައެވެ. ތަފާތު ރެސްޓޯރެންޓުތަކާއި ކާނާގެ ރަހަ ވެސް ބެލިއިރު، ރާއްޖޭގެ ފުޓުބޯޅަ ވެސް ކުޅުނު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، ރާއްޖެއަކީ ދުނިޔެ މަތީގެ ސުވަރުގެ ކަމަށެވެ.

https://sun.mv/204170

ޔޫޓިއުބް، ފޭސްބުކް އަދި އިންސްޓަގްރާ ފަދަ ޕްލެޓްފޯމްތަކުގައި އެތައް މިލިއަަން މީހުން ފޮލޯކުރާ ފެބްރީޒިއޯ ރޮމާނޯ މަޝްހޫރުވެފައިވަނީ ފުޓްބޯޅަ ޓްރާންސްފަރުތަކާ ބެހޭ މަޢުލޫމާތު ދިނުމުގައި ލިބިފައިވާ ތަޖުރިބާއާއި ހުނަރުވެރިކަމުންނެވެ. އޭނާގެ މަޝްހޫރު ޖުމްލައަކީ "ހިއާ ވީ ގޯ!" މިއެވެ. މި ޖުމްލަ އޭނާ ބޭނުންކުރަނީ ފުޓްބޯޅަ ކުޅުންތެރިންގެ ޓްރާންސްފަރު މުޢާމަލާތްތައް ނިމުމަކަށް އައިސް، އެކަން ޔަޤީންވުމުން އެކަން އިޢުލާނުކުރުމުގެ ގޮތުންނެވެ.

މި ފަހުން މެދުއިރުމަތީގެ މަޝްހޫރު ޔޫޓިއުބަރު ޚާލިދު އަލް އާމިރީ ވެސް ވަނީ ރާއްޖެ ޒިޔާރަތްކޮށް، ދިވެހީންގެ ދިރިއުޅުން ތަޖުރިބާކޮށްލައިފައެވެ. އެ ފޮޓޯތަކާއި ވީޑިއޯތަކަށް ވެސް ބޮޑު މަގުބޫލުކަމެއް ލިބުނެވެ.

comment ކޮމެންޓް