އަންނަ އަހަރުން ފެށިގެން ރޯދަ މަހު ސްކޫލުތައް ބަންދުކުރަނީ

މިޑްޓާމް ބަންދަށް ފަހު ކުދިން އެނބުރި ސްކޫލަށް ދަނީ: ސްކޫލުތައް ހުޅުވުނީ ދެ ހަފުތާގެ ބަންދަކަށް ފަހު -- ސަން ފޮޓޯ/ މުހައްމަދު ހަމްޒާ

ކިޔަވައިދޭ ދުވަސްތައް ނޫނީ ގަޑިތައް ނުގެއްލޭގޮތަށް، ކޮންމެ އަހަރަކު ވެސް މުޅި ރަމަޟާން މަސް އެއްކޮށް ސްކޫލުތައް ބަންދުކުރެއްވުމަށް ހަމަޖައްސަވައިދެއްވޭތޯ ބެއްލެވުމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާޢީލް ޝަފީޢުއަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ADK GENERAl

އެ މަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" މި ނަމުގައި ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަހަރު އެކަޑެމިކް ކަލެންޑަރުގައި ހަމަޖެއްސުމަށް ކުރިން އޮތީ މި އަހަރުގެ ރަމަޟާން މަހުގެ އެއް ހަފުތާ ފިޔަވައި މުޅި ރަމަޟާން މަސް ބަންދުކުރާ ގޮތަށް ކަމުގައެވެ.

އެހެންނަމަވެސް, ފަހުން އެކި ކަންކަން ހަމަޖެއްސުމަށް ފަހު މުޅި ރަމަޟާން މަސް ބަންދުކުރައްވާގޮތަށް ކަންކަން ހަމަޖެއްސެވުމުން ގިނަ ބެލެނިވެރިންގެ ފަރާތުން އެ ކަމަށް އެދެވޭ، ރަނގަޅު ހިޔާލުތަކެއް ލިބިވަޑައިގެންނެވިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ރަމަޟާން މަސް ބަންދުކުރުމަކީ ގިނަ ބެލެނިވެރިން އެދޭކަމެއް ކަމުގައި އެ މަނިކުފާނަށް ފާހަގަވާތީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަމަޟާން މަސް ސްކޫލުތައް އެއްކޮށް ބަންދުކުރުމުން ލިބޭ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، މިކަމުގެ ސަބަބުން ދަރިވަރުންނާ ބެލެނިވެރިން ވެސް އަޅުކަމުގައި ވަގުތު ހޭދަކުރުމަށް މަގުފަހިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވިދާޅުވީ، ރަމަޟާން މަހަށްފަހު އީދު ބަންދާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން، މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކުރަން ޖެހޭނެކަން އެ މަނިކުފާނު ޤަބޫލުފުޅުކުރައްވާކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު މުޅި ރޯދަމަހު ސްކޫލުތައް ބަންދުކުރިއިރު، ރޯދަމަހުގެ ފަހު 10 އަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ. އެ ގޮތުން، މި މަހު 20 އިން ފެށިގެން އަންނަ މަހު ފަހަކާ ހަމައަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ.

comment ކޮމެންޓް