Dhiraagu
Ooredoo

ހާފިޒުން ދަސްވެނިވުމުގެ ފުރަތަމަ ޖަލްސާ، 24 ހާފިޒުން ސަނަދު ހާސިލުކޮށްފި

ޒުވާން 24 ހާފިޒުންނާއެކު ފުރަތަމަ ފަހަރަށް ހާފިޒުންގެ ދަސްވެނިވުން ކުލަގަދަކޮށް ފާހަގަކޮށްފި --- ފޮޓޯ/ ރައީސް އޮފީސް

ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ހާފިޒުން ދަސްވެނިވުމުގެ ގޮތުން އެކަމަށް ޚާއްސަ ޖަލްސާއެއް ސަރުކާރުން ފުރަތަމަ ފަހަރަށް ބާއްވައި، ހާފިޒުންނަށް ސަނަދު ހަވާލުކޮށްފިއެވެ.

ADK GENERAl

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. އަދި ހާފިޒުންނަށް ސަނަދު ހަވާލުކޮށްދެއްވީ ވެސް އެ މަނިކުފާނެވެ.

މި އަހަރު ހާފިޒުކަމުގެ ސަނަދު ލިބުނީ:

  • ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް މުޙައްމަދު މިޝްޢަލް ޢާޡިމް (ހ. ލައިޓްލައިން / މާލެ)
  • ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ރައްޔާން އަޙްމަދު މުޙައްމަދު (ދޫރެސް / ޏ. ފުވައްމުލައް)
  • ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ފާޠިމަތު މަންހާ ބިންތް އިސްމާޢީލް (އަސުރުމާގެ / ވ. ތިނަދޫ)
  • ޢުމުރުން 14 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ޢާއިޝަތު ޒީކް ރިޔާޟް (އޯޝަން / ސ. ފޭދޫ)
  • ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަބްދުﷲ އަޙްސަން ސަޢީދު (ޑިއަރެސްޓް / ސ. ފޭދޫ)
  • ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް އުވައިސް ބިން ޢިނާޒް (ވައިލެޓްވިލާ / ގދ. ރަތަފަންދޫ)
  • ޢުމުރުން 17 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ އާމިނަތު ޢިލްމާ ޠަލްޙަތު (މ. ރިހިރާޅު / މާލެ)
  • ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް އާތިކު ޢަބްދުއްސައްތާރު (ނިރު / ނ. މާފަރު)
  • ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޒަލަފް ބިން ނާފިޢު (ޝާދީ ވިލާ / އދ. މަހިބަދޫ)
  • ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް މުޞްޢަބް ބިން ފައިޞަލް (ބަގީޗާމަންޒިލް / ކ. ގުރައިދޫ)
  • ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް އަޙްމަދު ރައީފް މުޙައްމަދު (ގުލްފާމްހިޔާ / ރ. މަޑުއްވަރީ)
  • ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ޢާއިޝަތު ސާއިބަތު މުޙައްމަދު ރިކްޒާން (ފެމެލީ / ޅ. ނައިފަރު)
  • ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަބްދުﷲ ޙަޔާން ރަމީޒް (ގުރަހަ / ޅ. ނައިފަރު)
  • ޢުމުރުން 14 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢާސިރު ޢާރިފް ޔޫސުފް (އަޅިވިލާގެ / ބ. އޭދަފުށި)
  • ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢާރިޝް ޢަބްދުﷲ އިބްރާހިމް (ޢާޒް / ޅ. ނައިފަރު)
  • ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޒާލިފް މަދީޙް، (ހިޔާވަހި / ޅ. ނައިފަރު)
  • ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަބްދުﷲ ޒަކްވާން މުޙައްމަދު ރިކްޒާން (ފެމެލީ / ޅ. ނައިފަރު)
  • ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ މަރްޔަމް ޙުނާ ޙަސަން (ހައިވޭ / ޏ. ފުވައްމުލައް)
  • ޢުމުރުން 23 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ބިލާލް ބިން އަޙްމަދު (ގ. ހީނާ ހިޔާ / މާލެ)
  • ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ޢާއިޝަތު ލިޒީ (ވެހި / ށ. މިލަންދޫ)
  • ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަލާވީ އައްޔޫބު ބިން މުޙައްމަދު ޝުޖާޢު (މއ. ރަތްއެންދެރި / މާލެ)
  • ޢުމުރުން 18 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ނަބާހަތު ޢަބްދުﷲ (ސެލްވޭޝަން / އއ. ހިމަންދޫ)
  • އުމުރުން 66 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް އިބްރާހީމް ނަފީސް ޙުސައިން (ކޮންގްރެސް / އައްޑޫ ސިޓީ ހިތަދޫ)
  • އުމުރުން 14 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ފާޠިމަތު ޢީޝަލް އަޙްމަދު (މ. ކިރިލި / މާލެ)

ޒުވާން 24 ހާފިޒުންނާއެކު ފުރަތަމަ ފަހަރަށް ހާފިޒުންގެ ދަސްވެނިވުން ކުލަގަދަކޮށް ފާހަގަކޮށްފި --- ފޮޓޯ/ ރައީސް އޮފީސް

އެ ޖަލްސާގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ ވެސް ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާ ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ، މިހާތަނަށް 250 ކުދިންނަށް ހާފިޒުކަމުގެ ސަނަދު ދީފައިވާ ކަމަށާއި އިތުރު 630 ދަރިވަރުން މިހާރު ވެސް ކިޔަވަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭ ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކުދީންގެ އަދަދު 1000 އަށް އެރުވުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޒުވާން 24 ހާފިޒުންނާއެކު ފުރަތަމަ ފަހަރަށް ހާފިޒުންގެ ދަސްވެނިވުން ކުލަގަދަކޮށް ފާހަގަކޮށްފި --- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން ވަނީ ހާފިޒުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)އިން ގަބޫލުކުރާ މިންގަނޑަށް ބަދަލުކޮށްފައެވެ. އަދި ހާފިޒުން ޢުމްރާއަށް ފޮނުވުމުގެ ޚާއްސަ މަޝްރޫއެއްވެސް ސަރުކާރުން ވަނީ ފަށާފާއެވެ.

މީގެ އިތުރުން ކޮންމެ ދަރަޖައެއްގައި ހާފިޒަކު ފާސްވި ނަމަވެސް ރައީސްގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Redstar
comment ކޮމެންޓް

comment ސިޓީރަށް

4 day 19 hour ago

ޢާއިޝަތް (ސ.ފޭދޫ) ޢަބްދުﷲ (ސ.ފޭދޫ) އިބްރާހިމް (އައްޑޫ ސިޓީ ހިތަދޫ) ކޮންމއވެސް އެއްގޮތަކަށް ލިއަން ދަސްކޮއްބަލަ. ސ ވެއްޖެއްޖެއްޔާމް ސ. ސިޓީ ވެއްޖެއްޔާމް ސިޓީ