ޚިޔާނާތުގެ ތުހުމަތުގައި މަގާމުން ވަކިކުރި ޝައްމާންގެ ގެ، ފުލުހުން ބަލާ ފާސްކޮށްފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް ޝައްމާން މުހައްމަދު "ސަން" އަށް އިންޓަވިއުދެއްވަނީ: ޚިޔާނާތުގެ ތުހުމަތުގައި ވަކިކުރި ޝައްމާންގެ ގެ، ފުލުހުން ބަލާ ފާސްކޮށްފި -- ފޮޓޯ/ އިމިގްރޭޝަން

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުކޮށް, އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުން ވަކިކުރި، މުޙައްމަދު ޝަމްއާން ވަހީދުގެ ގެ ފުލުހުން ބަލާ ފާސްކޮށްފިއެވެ.

ޝަމްއާން މަގާމުން ވަކިކުރީ ރޭގެ ވަގުތެއްގައެވެ.

އޭނާ މަގާމުން ވަކިކުރިއިރު ފުލުހުން ރޭ ވަނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުން އަންނަކަމުގެ ކޮރަޕްޝަން މައްސަލައެއް ތަހުގީގުކުރަން ފަށައިފައިވާ ކަމަށް ބުނެފައެވެ. އަދި އެ މައްސަލައާ ގުޅިގެން ރޭ މާލޭ ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ރޭ ފުލުހުން ބުންޏެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ އެ މައްސަލައިގައި ޝައްމާންގެ ގެ ވެސް ރޭ ބަލައި ފާސްކޮށްފައެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ޝައްމާން ނުހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.

މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ވެސް ތުހުމަތުކޮށް ތަހުގީގު އަންނަނީ ހިންގަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޝަމްއާން ވަހީދު ރޭ މަގާމުން ވަކިކުރުމާއެކު، ހަމަ ރޭ އެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙުމަދު ފަސީހު ވަނީ އައްޔަނުކޮށްފައެވެ.

https://sun.mv/203944

އިމިގްރޭޝަން ކޮންޓްރޯލަރުކަމަށް ޝަމްއާން އައްޔަންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 19 ނޮވެމްބަރު 2023ގައެވެ.

އޭގެ ކުރިން ޝަމްއާން އިމިގްރޭޝަންގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ނަމަވެސް، މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ތެރޭ ޝަމްއާން ހުންނެވީ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައެވެ. އެ މައްސަލައިގައި ޝަމްއާން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް މައްސަލަ ހުށަހަޅައިފައިވެއެވެ.

ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލަރުކަމުގައި ހުންނަވައިގެން ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ދޮޅު އަހަރެއްހައި ދުވަސްތެރޭ ކުރި މަސައްކަތަކީ ގިނަ ބައެއްގެ ތައުރީފް ލިބުނު މަސައްކަތެކެވެ.

https://sun.mv/203942

އެގޮތުން ހޯމްލޭންޑް ޓެކްނޮލޮޖީއާއި، އިމިގްރޭޝަން ގުޅިގެން ހިންގަމުން އައި އޮޕަރޭޝަން ކުރަނގީގައި ވެސް އެ އިދާރާއިން މިހާތަނަށް މުހިންމު މަސައްކަތްތަކެއް ކޮށް، ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތުވަނީ އެއްކޮށްފައެވެ.

މީގެ އިތުރުން މާލޭގައި ހުރި ބިދޭސީން ނުގަަވައިދުން ވިޔަފާރިކޮށް، ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށް ހިންގި ރެއިޑު އޮޕަރޭޝަންތަކުން ވެސް ގިނަ މައްސަލަތަކެއް އާންމުންނާ ހަމައަށް ތިލަވެފައިވެއެވެ.

އެ ކަންކަމަށް ވެސް ގިނަ ބައެއްގެ ތައުރީފް ލިބުނެވެ.

comment ކޮމެންޓް