Ooredoo
Ooredoo

ހަމާސް ނައްތާލުމުގައި އިސްރާއީލަށް ވާގިވެރިވުމަށް ޣައްޒާގެ ރައްޔިތުންނަށް ގޮވާލައިފި

ޔޫރަޕުން ޣައިރު ގާނޫނީ ގޮތެއްގައި ފަލަސްތީނަށް ހިޖުރަކޮށްގެން އުޅޭ ޔަހޫދީ ދިފާއީ ވަޒީރު އިސްހާގް ކާޓްސް

ޣައްޒާ (20 މާޗް 2025) : ޣައްޒާގެ ރައްޔިތުންނަށް ސަލާމަތް އޮތް ހަމައެކަނި ގޮތަކީ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމަށް އިސްރާއީލަށް އެހީތެރިވެދިނުމާއި ހަމާސް ޖަމާއަތް ނައްތާލުމުގައި (ހަމާސްގެ އަތުން ހަތިޔާރު ނިގުޅައި ގަތުމުގައި) އިސްރާއީލަށް އެއްބާރުލުން ދިނުމުން ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްހާގް ކާޓްސް ބުނެފިއެވެ.

Ooredoo

ރޭ ހާރުގެ ވަގުތުގައި އިސްރާއީލުން ޣައްޒާގެ ތިން ސަރަހައްދެއްގައިވާ އާންމުން ދިރިއުޅޭ ފޭލިގެތަކަށް ހަމަލާދީ އާންމުންގެ 71 މީހަކު ޝަހީކޮށް 150 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލުމަށްފަހު އިސްރާއީލުގެ ދިފާއީ ވަޒީރު ޣައްޒާގެ ރައްޔިތުންނަށް ގޮވާލީ އަސީރުން މިނިވަން ކުރުމުގައާއި ހަމާސް ނައްތާލުމުގައި އިސްރާއީލަށް އެހީތެރިވެ ދިނުމަށެވެ.

"އިސްރާއީލުގެ ހަމަލާތަކުން ސަލާމަތްވާން ބޭނުންނަމަ ޣައްޒާގެ ރައްޔިތުން ޖެހޭނީ އަސީރުން މިނިވަންކުރުމަށް އިސްރާއީލަށް އެހީތެރިވެދޭން. އަދި އިސްރާއީލު ސިފައިންނާ ގުޅިގެން ހަމާސްއާ ދެކޮޅަށް ތެދުވެ ހަމާސްގެ އަތުގައިވާ ހަތިޔާރު އަތުލުމުގެ މަސައްކަތް ފަށަން. މިކަންތައް އިސްރާއީލަށް ކޮށްދިނުމުން ސަލާމަތުން ޣައްޒާއިން ބޭރުވެ އެހެން ގައުމަކަށް ހިޖުރަ ކުރުމުގެ ފުރުސަތު ޣައްޒާގެ ރައްޔިތުންނަށް ދޭނަން،" އިސްރާއީލުގެ ދިފާއީ ވަޒީރު ކާޓްސް ޣައްޒާގެ ރައްޔިތުންނާ މުޚާތަބުކޮށް ބުނެފައިވެއެވެ.

އިސްރާއީލު ސިފައިންގެ ރޭޑިއޯ މެދުވެރިކޮށް ޣައްޒާގެ ރައްޔިތުންނަށް ދިން މެސެޖެއްގައި ކާޓްސް ބުނެފައިވަނީ "ޣައްޒާގެ އެއްވެސް ރައްޔިތަކު ޣައްޒާގައި އެ މީހުންނަށް މުސްތަގްބަލް އޮތްކަމަށް ގަބޫލުކޮށްގެން ނުވާނެ" ކަމުގައެވެ. "ފުރުސަތު ދިނަސް ދެވެނީ ހަމައެކަނި ޣައްޒާއިން ބޭރުވުމުގެ ފުރުސަތު" ކާޓްސް ބުނެފައިވެއެވެ.

އިސްރާއީލުން ޝަހީދުކޮށްލާފައިވާ ޣައްޒާގެ ރައްޔިތުން

ޔޫރަޕްގެ ގައުމެއްކަމަށްވާ ޕޮލެންޑުން ފަލަސްތީނުގެ ބިމަށް ޣައިރު ގާނޫނީ ގޮތުން ހިޖުރަކޮށްގެން އުޅޭ ކާޓްސް، ޣައްޒާގެ ރައްޔިތުންނަށް އިންޒާރު ދެމުން ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރި ޣައްޒާގެ ޕްލޭންގައިވާ ގޮތަށް ޣައްޒާގެ ރައްޔިތުންނަށް މުސްތަގްބަލެއް ނުވަތަ ދިރިއުޅުމެއް ލިބޭނީ ޣައްޒާ ދޫކޮށް އެހެން ގައުމަކަށް ހިޖުރަކޮށްގެންނެވެ. އެނޫން ގޮތެއް ނޯންނާނެއެވެ.

ހަމާސްގެ އަތްދަށުގައިވާ އަސީރުން މިނިވަންކުރުމުގައާއި ހަމާސްގެ އަތްދަށުގައިވާ ހަތިޔާރުތައް ނިގުޅައި ގަތުމުގައި އިސްރާއީލަށް އެއްބާރުލުން ދީފިނަމަ ޣައްޒާ ދޫކޮށް އެހެން ގައުމަކަށް ހިޖުރަ ކުރުމުގެ ފުރުސަތު ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލުން ދޭނެ ކަމަށް ކާޓްސް ބުންޏެވެ. އަދި މިއީ ރަނުގެ ފުރުސަތެއްކަމަށާއި މި ފުރުސަތުގެ ބޭނުން އަވަހަށް ހިފުމަށް ވެސް ޣައްޒާގެ ރައްޔިތުންނަށް ކާޓްސް ގޮވާލިއެވެ.

ދެހާސްތޭވިސް ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ފަށާފައިވާ ހަނގުރާމައާއި ނަސްލު ނައްތާލުމުގެ ގަތުލުއާންމުތައް ހުއްޓާލުމުގެ އެއްބަސްވުމުގައި މީގެ ދެމަސް ބައި ކުރިން ސޮއިކޮށް އެ އެއްބަސްވުން ތަންފީޒު ކުރުމުގެ ފުރަތަމަ މަރުހަލާ ވަނީ ނިންމާލާފައެވެ. ފުރަތަމަ މަރުހަލާ ނިމުމަށްފަހު އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ދެވަނަ މަރުހަލާއަށް ދިޔުމަށް ދެކޮޅު ހަދައި އަލުން ޣައްޒާއަށް ހަމަލާދީ ގަތުލުއާންމުތައް މީގެ ދެދުވަސް ކުރިން ފަށާފައެވެ.

ނަތަންޔަހޫ ބުނިގޮތުގައި ޣައްޒާއަށް އިސްރާއީލުން ދޭން ފަށާފައިވާ ހަމަލާތަކުގެ ގަދަފަދަކަމާއި އިސްރާއީލު ބޭނުން ކޮންމެ ކަމެއް ވެސް އިސްރާއީލު ކުރާނެކަމާއި އެކަން ހުއްޓުވޭނެ ފަރާތެއް ނުހުންނާނެކަން ޣައްޒާގެ ރައްޔިތުން ވަރަށް ސީރިޔަސްކޮށް ދަންނަންވާނެއެވެ. އަދި ހަމަލާތައް މިހާރު ދެނީ ކުރިޔަށްވުރެ މާވަރުގަދަކޮށް ކަމަށް ވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ.

އިސްރާއީލުން މީގެ ދެ ދުވަސްކުރިން ޣައްޒާއަށް ދިން ޙަމަލާތަކުގައި 412 މީހުން ޝަހީދުކޮށް 500 އަށް ވުރެގިނަމީހުން ވަނީ ޒަޚަމްކޮށްލާފައެވެ. މިއާއެކު ޣައްޒާގެ ބޮޑުބައެއްވަނީ ޣައްޒާގެ އާންމުންގެ ލޭގެ ކޯރަކަށް ހަދާލާފައެވެ. ޣައްޒާގެ އެތަންމިތަނުން ފެންނަނީ ޝަހީދުކޮށްލާފައިވާ އެތަށް ސަތޭކަ ބައެއްގެ ހަށިތަކާއި ޒަޚަމްކޮށްލުމުގެ ސަަބަބުން ފަރުވާނުދެވި ރޮއި ވޭން އުފުލަމުންދާ މީހުންގެ ގިސްލުމުގެ އަޑުތަކެވެ.

Redstar
comment ކޮމެންޓް

comment ތެހެރާން

2 week 4 day ago

ފަލަސްތީނުބިމުން އެބައިމީހުން ބޭރުކުރަންގޮވާނުލާ ތިޔަ ޝައިތާނުން ފަލަސްތީނުގެބިންދޫކޮށް ކަލޭމެންއައިތާކަށް ފޮށިތަންމަތިބަނދެ ކިހިއްޔަށްޖަހައިގެން ދިއުމަށްގޮވާލަން މާތާހިރުވާނެ!!!!!!!

comment ޭައަހްމަދު

2 week 4 day ago

ޥި ވިލް ކިލްޔޫ

comment ރަޝީދު

2 week 4 day ago

ވާއެއްޗެއް ވާންވީ. ޣައްޒާ ރައްޔިތުން ޣައްޒާ ދޫކޮށް ނުދާނެ. ހަމަޔަޤީނުންވެސް ޔަހޫދީންގެ ގަތުލްއާންމު ހުއްޓުވޭނެ ގަދަފަދަ ބާރެއް ވޮޑިގެންވޭ. އެއިލާހު އެ ރައްޔިތުންގެ ހާލަތު ގާތުން ބައްލަވާނެ. ޔާﷲ އިބާއިލާހުގެ ކޯފާ މިތިބަ ޝައިތޯނުންތަކަށް ފާކުރައްވާދޭވެ. އެމީހުންގެ ރޭވުންތައް ވިއްސިވިހާލި ކޮށްދެއްވާދޭވެ. ޣައްޒާގެ ރައްޔިތުންނަށް ހެޔޮރަޙުމަތްލައްވައި ކެތްތެރިކަން ދެއްވާށި! އާމީން.

comment ދީދީ

2 week 4 day ago

މިފެންނަނީ މުސްލިމުންގެ ނިކަމެތިކަން. ފަލަސްތީނާއި އިންވެގެން އެތިބަ މުއްސަނދި މުސްލިމް ގައުމުތަކުގެ ވެރިން އެތިބީ ދުނިޔޭގެ އެދުމާއިގެން މުސްލިމުންގެ މައްޗަށް ކާފަރުންނަށް ބައިއަތުހިފައިގެން.

reply ދޮން ބަބުރު ސޮރު

2 week 4 day ago

އެނޫން ގޮތެއް އެވެރިންނަށް ނެތް، އޭ ހުސް ބޯތަކެއް