ދިރާގު 3X3 ޗެލެންޖް ބާސްކެޓް މުބާރާތް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.
ދިރާގުން ބުނީ މި މުބާރާތް ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 19ވަނަ ދުވަހާ ހަމައަށް ކަމަށެވެ. މި މުބާރާތް އޮންނާނީ ޔޫތު ސެންޓަރުގެ އިންޑޯ ކޯޓުގައެވެ.
ޓައިަޓަންސް ބާސްކެޓް އެކެޑަމީން އިންތިޒާުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މަގްސަދަކީ ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް އެ މީހުންގެ ހުނަރުތައް ދައްކައިލަން ލިބޭ ވާދަވެރި ފުރުސަތެއްކަމަށް ދިރާގުން ބުންޏެވެ.
މުބާރާތް ކުރިއަށްދާބނީ އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ހަ އުމުރުފުރާއަކަށް ބަހައިލައިގެންނެވެ. އެއީ އަށް އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، އަދި 19 އަހަރުން ދަށެވެ.
ދިރާގަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެކެވެ. މީގެ އިތުރުން ވެސް އިޖްތިމާއީ ގިނަ ކަންކަމަަށް އެ ކުންފުނީގެ އެހީތެރިކަން ލިބެއެވެ.