ރޯދަ އިނާޔަތް ނުލިބޭތީ ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް 33 ޝަކުވާ

ލޭބާ ރިލޭޝަންސް އޮތޯރެޓީ: ރޯދަ އިނާޔަތް ނުލިބޭތީ 33 ފަރާތެއްގެ ޝަކުވާ ލޭބާ ރިލޭޝަންސްއަށް --

ރޯދަ އިނާޔަތް ނުލިބޭތީ 33 މީހަކު ޝަކުވާ ހުށަހަޅާފައި ވާކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެފިއެވެ.

ވަޒީފާއާބެހޭ ގާނޫނު ނަންބަރުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް، ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭން ޖެހެއެވެ.

ލޭބާ ރިލޭޝާންސް އޮތޯރިޓީން ވަނީ، ރޯދަމަސް ފެށުމުގެ ކުރިން، ވަަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުލިބޭނަމަ، އެކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ހުށަހެޅޭނެ ކަމަށް ބުނެފައެވެ.

އެކަމާ ގުޅޭ ގޮތުން 'ސަން'އިން ސުވާލު ކުރުމުން އެ އޮތޯރިޓީން ވަނީ ރޯދަ މަހުގެ މިހާތަނަށް އައިއިރު 33 މީހަކު ރޯދަ އިނާޔަތުގެ ޝަކުވާ އެ އޮތޯރިޓީއަށް ހުށަހަޅާފައި ވާކަމަށް ބުނެފައެވެ.

ރޯދަ މަސް ފެށޭއިރު، 'ޕޭ ލީވް'ގެ ތެރެއިން ސްކޮލާޝިޕް މުވައްޒަފުންނާއި 'ނޯޕޭ ލީވް'ގައި ތިބި މުވައްޒަފުންނަށް އިނާޔަތް ނުދޭން ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ. އެ ލީވްތަކުގެ ތެރެއިން ލީވެއްގައި ހުރި މުވައްޒަފަކު ވަޒީފާއަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އިނާޔަތް ދޭން މިނިސްޓްރީން ވަނީ ބުނެފައެވެ.

https://sun.mv/202738

ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންގެ އިތުރުން ގާނޫނުން ލިބޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށް ވެސް ރޯދަ އިނާޔަތް ދޭންޖެހޭނެ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނީ ބުނެފައެވެ.

comment ކޮމެންޓް