މާލެއަށް ލަފައިފުރުމުގެ ޒަމާންވީ ތަކުލީފަށް ހައްލެއް؛ ލޯންޗުތަކަށް ދެ ޓާމިނަލެއް ދެނީ

ރަސްމީ ފާލަން ކައިރީގައި ފުރަން އެއްވެ ތިބި މީހުން: އެ ސަރަހައްދުން ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދޭން ވަނީ މަސައްކަތް ފަށައިފައި -- ފޮޓޯ: މުޙައްމަދު ވަހީދު/ ފޭސްބުކް

އަތޮޅުތެރެއާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗުތަކަށް އަރައިފޭބުމުގައި ދިމާވާ ޒަމާންވީ ތަކުލީފުތަކަށް ހައްލެއް ގެނައުމުގެ ގޮތުން، މާލޭގެ ދެ ފެރީ ޓާމިނަލަކަށް އެ ލޯންޗުތަކަށް ގާތް ކުރެވޭނެ ގޮތް ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮނޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ން ނިންމައިފިއެވެ.

އަތޮޅުތެރެއާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗުފަހަރު އާއްމުކޮށް ފުރަނީ ރަސްމީ ފާލަމުގެ ހުޅަނގުން އޮންނަ ސަރަހައްދާއި މާލޭ ދެކުނު ފަރާތުގައި އޮންނަ ފަޅުންނެވެ.

އެ ސަަރަހައްދު އޮންނަ ގޮތުން، ފޮށިފަދަ ތަކެތި ހިފައިގެން ގިނަ އަދަދެއްގެ މީހުން ހިޔަލެއް ނެތި މަޑު ކުރަން ޖެހެއެވެ. އަދި ލޯންޗުތައް ތޮއްޖެހުމުން، ބައެއް ފަހަރު އެއް ލޯންޗުން އަނެއް ލޯންޗަށް އަރަމުން ވެސް ދާން ޖެހެއެވެ.

https://sun.mv/192288

ފަތުރުވެރިން ވެސް އެގޮތަށް އުޅެން ޖެހޭއިރު، އެ މައްސަލައިގައި އާންމުންގެ ޝަކުވާތައް ގިނައެވެ.

އެ މައްސަލައާ ގުޅުވައި އެމްޓީސީސީއިން މިއަދު ބުނީ، ރަށްރަށުން މާލެއަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަން ނިންމައިފައިވާ ކަމަށެވެ. އެގޮތުން މާލެއާއި އަތޮޅުތަކާ ދެމެދު ލޯންޗު ފެރީ އޮޕަރޭޓްކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލާއި ހުޅުމާލޭ ފެރީ ޓާމިނަލްގެ ބަނދަރު ބޭނުންކުރުމަށް ހުޅުވާލަން ނިންމައިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންވެ، ފަޅު ބޭނުންކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ މެންދުރު 14:00ގެ ކުރީން އެ ކުންފުނީގެ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެމްޓީސީސީން ވަނީ އެދިފައެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ނަންބަރު 7978865 އަށް ގުޅުމުން ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ލޯންޗު ފަހަރަށް ޓާމިނަލެއް ބޭނުންވާ ވާހަކަ ދައްކާތާ އެތައް އަހަރެއް ވެފައިވާއިރު އޭގެ ފަހުން ސަރުކާރުތައް ވެސް ވަނީ ބަދަލުވެފައެވެ. އެމްޓީސީސީން އާރްޓީއެލްގެ މަސައްކަތް ފަށައި އެތައް ރަށެއްގައި ޓާމިނަލްތައް އެޅިއިރު ވެސް މާލޭގައި އެފަދަ ޓާމިނަލެއް ނެތެވެ.

https://www.sun.mv/203134

އާންމުން ދަތި ހާލުގައި ދަތުރުކުރާއިރު، އެ ސަރަހައްދުގައި އޮތް ރަސްމީ ފާލަން ދައުލަތުން ބޮޑެތި ޚަރަދުތައް ކޮށްގެން އަލުން ހަދައި ހުޅުވުމާއެކު، މާލެއާއި އަތޮޅުތަކާ ދެމެދު ދަތުރުކުރާ މީހުންނަށް އޮތް ދަތިތަކުގެ ވާހަކަތައް އަނެއްކާވެސް ވަނީ ދައްކަން ފަށައިފައެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވަނީ އެ ލޯންޗުތަކަށް ޓާމިނަލެއް އަޅުއްވާނެކަމުގެ ވިދާޅުވެފައެވެ. އެގޮތުން އެ ޓާމިނަލް ހަދާނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް